ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: GS17/2016/001
ޕަބްލިޝްކުރި ތާރީޚް: 04 ޖަނަވަރީ 2016
ޕަބްލިޝްކުރި ގަޑި: 11:05
ސުންގަޑި: 12 ޖަނަވަރީ 2016 10:00
ލ.އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ސްޓޭޝަނަރީއާއި އެހެނިހެން ތަކެތި ހޯދުމަށް

އިޢުލާނު

އަންދާސީހިސާބު ބޭނުންވެއްޖެ

2016 ވަނަ އަހަރު މި މަރުކަޒުގެ އެލް ކޭޖީ އަދި ޔޫ.ކޭ.ޖީ ދަރިވަރުންނަށް ބޭނުންވާ ސްޓޭޝަނަރީއާއި އެހެނިހެން ތަކެތި ހޯދުމަށް ކުރެވުނު ނަންބަރު GS17/2015/061 އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް އަލުން އެ ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 12 ޖަނަވަރީ 2016 ވާ އަންގާރަ ދުވަހު ހެނދުނު 10:00 އަށް މަރުކަޒަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 17 ޖަނަވަރީ 2016 ވާ އާދީއްތަ ދުވަހު ހެނދުނު 10:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

24 ރަބީޢުލްއައްވަލް 1437

04 ޖަނަވަރީ 2016