ވަޒީފާގެ ފުރުޞަތު
ނަންބަރު: 631-A/2026/7
ޕަބްލިޝްކުރި ތާރީޚް: 18 މޭ 2026
ޕަބްލިޝްކުރި ގަޑި: 20:49
ސުންގަޑި: 04 ޖޫން 2026 13:00
ނިލަންދެއަތޮޅު އުތުރުބުރީ ބިލެތްދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އެސިސްޓެންޓް

އިޢުލާނު

މަޤާމު:

ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އެސިސްޓެންޓް

ބޭނުންވާ އަދަދު:

1

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

ޕަބްލިކް ސާވިސް ރޭންކް 3

މަޤާމުގެ ކްލެސިފިކޭޝަން:

ޖުޑީޝަލް ސަޕޯޓް އެސިސްޓަންޓް

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ނިލަންދެއަތޮޅު އުތުރުބުރީ ބިލެތްދޫ މެޖިސްޓްރޭޓް ކޯޓު

މުސާރަ:

 -/8,520 ރުފިޔާ

އެހެނިހެން އެލަވަންސްތަކާއި ޢިނާޔަތްތައް:

  • މަޤާމުގެ އެލަވަންސް: -/2,560 ރުފިޔާ
  • ޙާޟިރީ ޢިނާޔާތް: (ނިކުންނަ ކޮންމެ ދުވަހަކަށް) -/70 ރުފިޔާ
  • ޖުޑިޝިއަރީ ކޮންޓިނިއުޓީ އެލަވަންސް: -/120 ރުފިޔާ (ކަނޑައެޅިފައިވާ އުޞޫލުގެ ދަށުން)
  • ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ
  • ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ޝަރީޢަތާގުޅޭ ކަންކަމުގައި ޙާޟިރުކުރެވޭ ފަރާތްތަކާ ޝަރީޢަތާ ގުޅުންހުރި މުޢާމަލާތްތައް ހިންގުން.
  2. ޝަރީޢަތުގެ މަޖްލިސް ތައްޔާރުކޮށް ބެލެހެއްޓުން.
  3. ކޭސްމެނޭޖްމަންޓް ބޭނުންކޮށްގެން މައްސަލަތަކުގެ ތާވަލު ތައްޔާރުކުރުން.
  4. ރެކޯޑިންގ ބަޔާންލިޔުން.
  5. މައްސަލަތަކާ ގުޅޭ އިދާރީ ލިޔެކިޔުންތައް ސްކޭންކޮށް ފައިލުކުރުން.
  6. ޝަރީޢަތާ ގުޅޭ އިދާރީ އެންމެހައި މަސައްކަތް ކުރުން.
  7. އިދާރީ، ފައިސާއާ ގުޅުންހުރި މަސައްކަތްތައްކުރުން.
  8. ވެރިންގެ ޙާޟިރީއާއި މުވައްޒަފުންގެ ޙާޟިރީއާއި ނުރަސްމީގަޑީގެ ޙާޟިރީއާއި މުވައްޒަފުން ބޭރަށްދާފޮތާއި ވޮޗަރުންގެ ޙާޟިރީ ފުރިހަމަކޮށް ބެލެހެއްޓުން.
  9. މިކޯޓުގެ ސްޓޮކް ބެލެހެއްޓުން.
  10. ކޯޓުގެ އީމެއިލް ޗެކުކޮށް، މެއިލް ރޫޓްކުރަންޖެހޭ ފަރާތްތަކަށް ރޫޓްކުރުން.
  11. ކޯޓަށް އަންނަ ލިޔުންތަކާއި ތަކެތި ބަލައިގަނެ މެމްސް ސޮފްޓްވެއަރގެ ތެރެއިން އެންޓްރީކޮށް ލިޔުންތައް އެޓޭޗްކުރުން.
  12. ކޯޓް ހުޅުވާ ލެއްޕުމުގެ އިންތިޒާމުތައް ހަމަޖެއްސުން.
  13. ކޯޓަށް އަންނަ ލިޔުންތަކާއި ތަކެތި ބަލައިގަނެ މެމްސް ސޮފްޓްވެއަރގެ ތެރެއިން އެންޓްރީކޮށް ލިޔުންތައް އެޓޭޗްކުރުން.
  14. ފާއިތުވި ދުވަހުގެ ޔައުމިއްޔާ ޖެހިގެން އަންނަ ދުވަހު ލިޔެ ޗެކްކުރުމަށްފަހު ފާއިތުވި ހަފްތާގެ ޔައުމިއްޔާ ތަކުގައި ހިނގަމުންދާ ހަފްތާގައި ކޯޓު އެޑްމިނިސްޓްރޭޓަރ ނުވަތަ އެ މަސްއޫލިއްޔަތު އަދާކުރައްވާ ފަރާތް ލައްވާ ސޮއިކުރުވުން.
  15. މިކޯޓުގެ މުވައްޒަފުންގެ ބައްދަލުވުންތަކުގެ ޔައުމިއްޔާލިޔެ ޔައުމިއްޔާތައް ފާސްކުރުމުން މުވައްޒަފުން ލައްވައި ސޮއިކުރުވައި ނިންމުން.
  16. މި ކްލަސްޓަރގެ ފަނޑިޔާރުންގެ ސަލާމާއި ޗުއްޓީގެ ރެކޯޑް ބެލެހެއްޓުމާއެކު މިކޯޓުގެ މުވައްޒަފުންގެ ސަލާމާއި ޗުއްޓީގެ ރެކޯޑް ބެލެހެއްޓުން.
  17. މިކޯޓުގެ މުވައްޒަފުންނާއި މިކްލަސްޓަރގެ ފަނޑިޔާރުންނަށް ޗުއްޓީ ދިނުމާބެހޭ އެންމެހާ ކަންތައްތައް ކުރުން.
  18. A ސެކްޝަނުން އެކި ފަރާތްތަކަށް ފޮނުވަންޖެހޭ ސިޓީ، މެސެޖް ރިޕޯޓް ފަދަ ހުރިހާ ލިޔުމެއްލިޔެ ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމާއި، ސެކްޝަނަށް ބަލައިގަންނަންޖެހޭ ލިޔުންތައް ބަލައިގަތުމާއި، ފައިލްކުރަންޖެހޭ ލިޔުންތައް ދުވަހުން ދުވަހަށް ފައިލްކޮށް ބެލެހެއްޓުމާއެކުA  ސެކްޝަންގެ ފައިލްތައް ތައްޔާރުކުރުން.
  19. A ސެކްޝަންގެ ފޮތްތައް ބަރާބަރަށް ފުރިހަމަ ކުރަމުން ގެންދިއުމާއި، ދުވަހުން ދުވަހަށް ފުރިހަމަ ކުރަންޖެހޭ ފޮތްތައް ދުވަހުން ދުވަހަށް ފުރިހަމަ ކުރަމުން ގެންދިއުމާއި، މީގެ އިތުރުން އެފޮތްތައް ސާފުތާހިރުކޮށް ރައްކާތެރިކަމާއެކު ބެލެހެއްޓުން.
  20. ކޯޓު އެޑްމިނިސްޓްރޭޓަރ އަންގާ ގޮތެއްގެ މަތިން މި ކްލަސްޓަރގެ (ކޯޓުތައް) ޙަވާލުކުރުމުގެ ކަންތައްތައް ހަމަޖެއްސުމާއެކު އެކަމާބެހޭ ރެކޯޑު ބެލެހެއްޓުން.
  21. މުވައްޒަފުންގެ ރެކޯޑު ފައިލްތައް ތައްޔާރުކޮށް އެފައިލްތައް ބެލެހެއްޓުން.
  22. މަޤާމްތަކުގެ ރަޖިސްޓްރީއާއި ދާއިމީ މުވައްޒަފުންގެ ރަޖިސްޓްރީއާއި ވަގުތީ މުވައްޒަފުންގެ ރަޖިސްޓްރީ ލިޔެ ބެލެހެއްޓުން.
  23. ކޯޓުގެ މަޤާމްތަކަށް މީހުން ލެއްވުމާއި ވަކިކުރުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއެކު، ވަގުތީ ގޮތުން ލައްވާ / ވަކިކުރާ މުވައްޒަފުންނާބެހޭ އެންމެހާ ކަންކަން ކުރުމާއި އޭގެ ރެކޯޑުތައް ބެލެހެއްޓުން.
  24. ފަނޑިޔާރުންގެ ޙާޟިރީ ރިޕޯޓު އަތޮޅުގެ ކޯޓުތަކުން ހޯދައި ޗެކުކުރުމަށްފަހު، މީލާދީ ކޮންމެ މަހެއްގެ 05 ވަނަ ދުވަހުގެ ކުރިން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ފޮނުވުން.
  25. ޑިއުޓީ ރޯސްޓަރ ތައްޔާރުކުރުން.
  26. ކްލަސްޓަރ ކޯޓުތަކަށް ފޮނުވުމަށްޓަކައި މިކޯޓަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ފޮނުވާފައި ހުންނަ ތަކެތި ކްލަސްޓަރ ކޯޓުތަކުން އެދުމުން ވެރިންގެ މަޝްވަރާގެ މަތިން ފޮނުވައި ފުރިހަމަ ކުރަންޖެހޭ ލިޔެކިޔުންތައް ފުރިހަމަ ކުރުން.
  27. އަދި މީގެ އިތުރުންވެސް ވެރިން އަންގާ ރަސްމީ މަސައްކަތްތައް ކުރުން.

މަޤާމުގެ ޝަރުޠުތައް:

  1. ސާނަވީ ނުވަތަ އެ އާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައި ވުމާއެކު، "ސެކަންޑަރީ ސްކޫލް" ނުވަތަ "ހަޔަރ ސެކަންޑަރީ ސްކޫލް" ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން. ނުވަތަ
  2. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 3ގެ ސެޓްފިކެޓެއް ޙާޞިލްކޮށްފައިވުން.

ތަޢުލީމީ ރޮނގު:

 

ޝަރީޢާ އެންޑް ލޯ ދާއިރާ / އެޑްމިނިސްޓްރޭޝަން ދާއިރާ / މެނޭޖްމަންޓް ދާއިރާ / އިންފޮމޭޝަން ޓެކްނޮލޮޖީ ދާއިރާ

 

ގުޅޭ ވަޒީފާގެ ދާއިރާތައް

 

ޝަރީޢާ އެންޑް ލޯ ދާއިރާ / އެޑްމިނިސްޓްރޭޝަން ދާއިރާ / މެނޭޖްމަންޓް ދާއިރާ / އިންފޮމޭޝަން ޓެކްނޮލޮޖީ ދާއިރާ

އެހެނިހެން ޝަރުޠު

  1. ވަޒީފާއަށް އެދި ހުށަހަޅާއިރު، މީލާދީގޮތުން ޢުމުރުން 18 އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން.
  2. ވަޒީފާއަށް ޢައްޔަންކުރެވޭ ކޯޓުގެ (ނުވަތަ އިދާރާގެ) މުވައްޒަފެއްގެ (ނުވަތަ ފަނޑިޔާރެއްގެ) ގާތްތިމާގެ މީހަކު ކަމުގައި ނުވުން.

 2.1 ކާފަ ނުވަތަ މާމަ (ދޮންކާފަ އަދި ދޮންމާމަ ހިމެނޭ ގޮތަށް) ؛ ނުވަތަ

2.2 މަންމަ ނުވަތަ ބައްޕަ (ދޮންމަންމަ އާއި ދޮންބައްޕަ ހިމެނޭ ގޮތަށް)؛ ނުވަތަ

2.3 ދައްތަ ނުވަތަ ބޭބެ (އެއްބަނޑު އެއްބަފާ ނުވަތަ އެއްބަނޑު ނުވަތަ އެއްބަފާ މީހުންނާއި ދޮން މަންމަ ނުވަތަ ދޮންބައްޕަގެ ދަރިން)؛ ނުވަތަ

2.4 އަނބިމީހާ ނުވަތަ ފިރިމީހާ؛ ނުވަތަ

2.5 ދަރިން (ކާފަ ދަރިންނާއި މާމަދަރިން އަދި ދޮންދަރިންވެސް ހިމެނޭގޮތަށް)؛

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ޝަރުޢީ ދާއިރާގެ ވަޒީފާއަށްއެދޭ ފޯމް. (މި ފޯމު ނިލަންދެއަތޮޅު އުތުރުބުރީ ބިލެތްދޫ މެޖިސްޓްރޭޓް ކޯޓުގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެން ހުންނާނެއެވެ.)

 https://f-bileddhoo.courts.gov.mv/downloadables/tw0DkmC9fD.pdf

  2.ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).

 3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.

 4. ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޟެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

 5.ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ ނުވަތަ ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ށ)  ރާއްޖޭގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

 6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)  ދައުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރު ޙިއްޞާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ ނުވަތަ ޖަމާޢަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ރ)  ދައުލަތުގެ އުވާލާފައިވާ އިދާރާއެއްގައި، ނުވަތަ އުވާލާފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވާލާފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމްޢިއްޔާ ނުވަތަ ޖަމާޢަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 6 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

މާރކްސް

އަސާސީ ޝަރުޠު ހަމަވުން

30

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް

25

އިންޓަރވިއު

35

ޖުމްލަ

100

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2026 ޖޫން 04 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން، ނިލަންދެއަތޮޅު އުތުރުބުރީ ބިލެތްދޫ މެޖިސްޓްރޭޓް ކޯޓަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި، އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ ޢަދަދަށް ދުވަސް އިތުރުކުރުމަށްފަހު ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓުކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ޢަދަދު 10އަށްވުރެ މަތިނަމަ ޝޯޓްލިސްޓު ކުރުމުގެ އިޚްތިޔާރު ކޯޓަށް ލިބިގެންވެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު، އިމްތިޙާނު އޮންނާނީ، 2026 ޖޫން 09 އިން 2026 ޖޫން 27 އާ ދެމެދު، ނިލަންދެއަތޮޅު އުތުރުބުރީ ބިލެތްދޫ މެޖިސްޓްރޭޓް ކޯޓު ގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

ސްކްރީނިންގ ޕްރޮސެސް ނިމުމުން "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" ޢާންމުކޮށް ފެންނާނެހެން މި ކޯޓުގެ ވެބްސައިޓްގައި ޢާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު ޢާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި ކޯޓަށް ހުށަހަޅަންވާނެއެވެ.

  • މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6740626 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.
  • މި އިޢުލާނާ ގުޅިގެން އީމެއިލް މެދުވެރިކޮށް ފޮނުވާ ފޯމުތައް ބަލައިގަނެވޭނީ އެއް ޑޮކިއުމަންޓެއްގެ ގޮތުގައި ޕީ.ޑީ.އެފް (pdf) ފޯމެޓްގައި ފޮނުވާ ފޯމުތައް އެކަނި ކަމުގައި ދެންނެވީމެވެ. ނުވަތަ ވަކިވަކިން ޑޮކިއުމެންޓް ފޮނުވާނަމަ އެއް މެއިލްގައި ޑޮކިއުމެންޓްތައް އެޓޭޗްކޮށް ފޮނުވުމަށް ދެންނެވީމެވެ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މިއިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
  • އިންޓަރވިއުއަށް ޝޯޓްލިސްޓްކުރެވުނުކަން އަންގާނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވުނު ފަރާތްތަކަށެވެ. އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާއިރު، ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެނައުމަށް ދެންނެވީމެވެ.

މި މަޤާމަށް ކުރިމަތިލާންވާނީ، ކުރިން މަސައްކަތްކޮށްފައިވާ އޮފީސްތަކުންނާއި، އަދި މިހާރުވެސް މަސައްކަތްކުރާ އޮފީހަކުން އެމީހެއްގެ މަސައްކަތާމެދު ދެކޭގޮތް ބަޔާންކޮށްދޭ ރެފްރީޒް ރިޕޯޓު މި ކޯޓުން ހޯދުމާމެދު އިޢުތިރާޟް ނުކުރާނަމައެވެ.

18 މޭ 2026