ދިވެހިރާއްޖެ
މިއޮފީހުގައި ބާވެފައިވާ ތަކެތި ދުވަހު ނީލަމުގެ އުސޫލުން ނީލަންކިޔުމަށް 18 މޭ 2026 ވީ ހޯމަ ދުވަހު ހުޅުވާލެވުނު ފުރުސަތުގައި އެއްވެސް ފަރާތަކުން ބައިވެރިވެފައި ނުވާތީ އެ ފުރުސަތު އަލުން ހުޅުވާލަމެވެ.
ނީލަންކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ މަޢުލޫމާތާއި ނީލަންފެށޭ އަގު މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.
ނީލަން ކާމިޔާބުކުރާ ފަރާތުން 24 (ސައުވީސް) ގަޑިއިރުތެރޭގައި ނީލަން ކިޔުނު ތަކެތީގެ ފައިސާ މިނިސްޓްރީ އޮފް ފިނޭންސްގެ ބަނޑޭރި ޕޯޓަލް https:/bandeyripay.finance.gov.mv އަށް ދެއްކެވުމަށްފަހު، ތަކެތި 03 (ތިން) ދުވަހުގެ ތެރޭގައި ގެންދަވަން ވާނެއެވެ.
ވީމާ، ނީލަމުގައި ބައިވެރިވެވަޑައިގަތުމަށް ބޭނުންފުޅުވާ ފަރާތްތަކުން 04 ޖޫން 2026 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އަށް ބަންޑާރަނައިބުގެ އޮފީސް / ވެލާނާގެ 6 ވަނަ ފަންގިފިލާއަށް ހާޟިރުވެވަޑައިގަތުމަށް ދަޢުވަތު އަރުވަމެވެ. އަދި ނީލަމަށް ވަޑައިގަންނަވާއިރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނެވުމަށާއި ބަދަލުގައި މީހަކު ފޮނުއްވާނަމަ، އެކަން އެނގޭނެ ލިޔުމަކާއި ދެފަރާތުގެ އައި.ޑީ ކާޑުގެކޮޕީ ގެންނެވުން އެދެމެވެ.
ނިލާމާއި ގުޅޭގޮތުން އިތުރު މައުލޫމާތު ސާފުކޮށްލައްވަން ބޭނުންފުޅުވާ ނަމަ [email protected] އަށް މެއިލް ކޮށްލެއްވުމަށް އެދެމެވެ.
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ