ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)266-MS/266/2026/94
ޕަބްލިޝްކުރި ތާރީޚް: 18 މޭ 2026
ޕަބްލިޝްކުރި ގަޑި: 14:51
ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1447 ވަނަ އަހަރުގެ އަޟްހާ ޢީދު ބަންދާއި ގުޅިގެން ކައުންސިލުން ދެމުންގެންދާ ޚިދުމަތްތައް މެދުކަނޑާލުމާއި ގުޅޭ

1447 ވަނަ އަހަރުގެ އަޟްހާ ޢީދާއި ގުޅިގެން 24 މެއި 2026 އިން 30 މެއި 2026  ގެ ނިޔަލަށް ސަރުކާރު ބަންދު ދުވަސްތަކެއް ކަމުގައި ކަނޑައަޅާފައިވާތީ، މިއިދާރާއިން ދެމުން ގެންދާ ޚިދުމަތްތައް މިމުއްދަތުގެ ތެރޭގައި މެދުކަނޑާލެވޭނެ ވާހަކަ ދަންނަވަމެވެ. މިމުއްދަތުގެ ތެރޭގައި އާންމު ޚިދުމަތާއި އެހެނިހެން މަސައްކަތްތައް ރާއްވަވާފައިވާ ފަރާތްތަކުން މިފަދަ ކަންކަމަށް ބޭނުންވާ ހުއްދަތައް ދުރާލާ ހޯއްދެވުމަށް ދަންނަވަމެވެ.

މި ފުރުސަތުގައި، ރައްޔިތުންގެ ފަރާތުން މިފަދަ ކަންކަމުގައި ދެއްވަމުން ގެންދަވާ އެއްބާރުލެއްވުމަށް ނުހަނު އިޙްލާސްތެރިކަމާއިއެކު ޝުކުރުދަންނަވަމެވެ.

18 މޭ 2026