ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)213-AD/1/2016/3
ޕަބްލިޝްކުރި ތާރީޚް: 04 ޖަނަވަރީ 2016
ޕަބްލިޝްކުރި ގަޑި: 10:16
ސުންގަޑި: 11 ޖަނަވަރީ 2016 14:00
މޯލްޑިވްސް ޕޮލިޓެކްނިކް
ދިވެހިރާއްޖެ
ލެކްޗަރަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މޯލްޑިވްސް ޕޮލިޓެކްނިކްގެ ފަރާތުން ހިންގުމަށް ހަމަޖެހިފައިވާ ކޯސްތަކުގެ ތެރެއިން "ރެފްރިޖަރޭޝަން އެންޑް އެއަރކޮންޑިޝަނިންގ" ކޯހާއި، "އިލެކްޓްރިޝަން"  ކޯހާއި، "އެންޖީން ރިޕެއަރ އެންޑް މެއިންޓަނަންސް" ކޯހުގައި ކިޔަވައިދޭނެ މީހުން ހޯދަން ބޭނުންވެއްޖެއެވެ.

ބޭނުންވާ މަޤާމް: ލެކްޗަރަރ

ބޭނުންވާ އަދަދު: 3 (ތިނެއް) (1 ރެފްރިޖަރޭޝަން އެންޑް އެއަރކޮންޑިޝަނިންގ، 1 ސެޓްފިކެޓް 3 އިން އިލެކްޓްރިޝަން، 1 ސެޓްފިކެޓް 3 އިން އެންޖީން ރިޕެއަރ އެންޑް މެއިންޓަނަންސް)

މަސައްކަތް ކުރަންޖެހޭ ރަށް: ކ. މާލެ

ބޭނުންވާ ދާއިރާ:   

- ސެޓްފިކެޓް 3 އިން ރެފްރިޖަރޭޝަން އެންޑް އެއާރކޮންޑިޝަނިންގ

- ސެޓްފިކެޓް 3 އިން އިލެކްޓްރިޝަން

- ސެޓްފިކެޓް 3 އިން އެންޖީން ރިޕެއަރ އެންޑް މެއިންޓަނަންސް

އުޖޫރަ: މަސައްކަތުގައި ހޭދަކުރާ ކޮންމެ ގަޑިއެއްގެއިރަކަށް -/200 ރުފިޔާ

ގިންތި: ވަގުތީ

ފެންވަރު/ޝަރުޠު: މި ދާއިރާތަކުން ސެޓްފިކެޓް ލެވެލް 4 ހާސިލުކޮށްފައިވުމާއެކު، 1 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މައިގަނޑު މަސައްކަތްތައް:

ރެފްރިޖަރޭޝަން އެންޑް އެއަރކޮންޑިޝަނިންގ، އިލެކްޓްރިޝަން، އެންޖީން ރިޕެއަރ އެންޑް މެއިންޓަނަންސް، މި ދާއިރާތަކުން މީހުން ތަމްރީނުކުރާ ކޯސްތަކުގައި ކިޔަވައިދިނުމާ ގުޅޭ އެންމެހައި ކަންކަން ކުރުން.

މަސައްކަތަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

ހ. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.                        

އިންޓަވިއު ކުރުން:

ހ. ޕާރޓްޓައިމް ލެކްޗަރަރ އިން ހޮވުމަށް އިންޓަރވިއު އޮންނާނީ، 13 ޖަނަވަރީ 2016 އާއި 19 ޖަނަވަރީ 2016 އާ ދެމެދުގެ ތާރީޚެއްގައެވެ.

ށ. އިންޓަވިއުއަށް ކިޔާނީ، މަސައްކަތަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

ހ- ވަޒީފާއަށް އެދި ހުށަހަޅާ ލިޔުން.

ށ- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

ނ- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (ވެލިޑޭޓްކޮށް އެޓެސްޓްކޮށްފައިވާ)

ރ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

ބ- ކުރިން ވަޒިފާއެއް އަދާކޮށްފައިވާނަމަ، ރެފަރެންސް ލެޓަރ

ތަކެތި ހުށަހަޅަންޖެހޭ އޮފީހާއި، ސުންގަޑި:

- މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، މޯލްޑިވްސް ޕޮލިޓެކްނިކަށް ނުވަތަ މޯލްޑިވްސް ޕޮލިޓެކްނިކްގެ ގއ. ވިލިނގިލި ކެމްޕަސްއަށެވެ. އީމެއިލް ކުރާނަމަ މެއިލްކުރާނީ، މޯލްޑިވްސް ޕޮލިޓެކްނިކްގެ އީމެއީލް [email protected] އަށް ފޮނުވުން އެދެމެވެ.

- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2016 ޖަނަވަރީ 11 ވަނަ ދުވަހުގެ 14:00 އެވެ.

ނޯޓް:

- މި އިޢުލާނާ ގުޅިގެން މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި މަސައްކަތް ހަމަޖައްސައިދެވޭނެއެވެ.

- މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މޯލްޑިވްސް ޕޮލިޓެކްނިކްގެ 3305401 ނަންބަރު ފޯނަށް ނުވަތަ 3305405 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. 

24 ރަބީޢުލްއައްޥަލް 1437

04 ޖަނަވަރީ 2016