ޢާންމު މަޢުލޫމާތު
ނަންބަރު: Q4-SM-IUL-2026-04
ޕަބްލިޝްކުރި ތާރީޚް: 18 މޭ 2026
ޕަބްލިޝްކުރި ގަޑި: 14:09
ސުންގަޑި: 03 ޖޫން 2026 13:00
ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
ވެންޑަރ ރަޖިސްޓްރީކުރުމުގެ ފުރުޞަތު ހުޅުވާލުން

 ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ "ޝޮޕިންގ" އުސޫލުން، ޖުމްލަ އަގު -/35,000 (ތިރީސް ފަސްހާސް ރުފިޔާ) އިން ދަށުގެ މި މަރުކަޒަށް ބޭނުންވާ ތަކެއްޗާއި، ޚިދުމަތް ފޯރުކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ވެންޑަރގެ ގޮތުގައި ރަޖިސްޓްރީކުރުމުގެ ފުރުސަތު ހުޅުވާލަމެވެ.

   ވީމާ، ވެންޑަރއެއްގެ ގޮތުގައި ރަޖިސްޓްރީ ވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 03 ޖޫން 2026 ވާ ބުދަ ދުވަހުގެ 13:00ގެ ކުރިން އިޢުލާނާއެކު ހިމެނިފައިވާ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު، ފޯމުގައި ބަޔާންކުރާ ލިޔުންތަކާއެކު ރަޖިސްޓަރީވުމަށް މި މަރުކަޒުގެ [email protected] އެޑްރެހަށް މެއިލްކުރެއްވުމަށް ދަންނަވަމެވެ. އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް މި މަރުކަޒުގެ ނަންބަރު 6840173 އާ ގުޅުއްވުން އެދެމެވެ.

   މިކަމުގެ މަޤްޞަދަކީ ވީހާވެސް ގިނަ ވިޔަފާރިތަކަށް މި މަރުކަޒުގެ މަސައްކަތްތަކަށް ނުވަތަ ހޯދަން ބޭނުންވާ ތަކެތި ފޯރުކޮށްދިނުމަށް ފުރުސަތު ދިނުމުގައި ފަސޭހަ ގޮތްތަކެއް ޤާއިމްކުރުމެވެ.

                ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާން ކުރީމެވެ.

                01 ޛުލްޙިއްޖާ 1447

                18 މެއި 2026

18 މޭ 2026