ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: BML/PD/OPN-BID/2016/001
ޕަބްލިޝްކުރި ތާރީޚް: 04 ޖަނަވަރީ 2016
ޕަބްލިޝްކުރި ގަޑި: 09:58
ސުންގަޑި: 14 ޖަނަވަރީ 2016 10:00
ބޭންކް އޮފް މޯލްޑިވްސް ޕލކ.
ދިވެހިރާއްޖެ
ބިން ވިއްކާނެ ފަރާތެއް ހޯދުމާ ބެހޭ

 އެކްސްޕްރެޝަން އޮފް އިންޓަރެސްޓް

ބިން ވިއްކާނެ ފަރާތެއް ހޯދުމާ ބެހޭ

ދަޢުވަތު

ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް.) އިން 8,000 އާއި 12,000 އަކަފޫޓާ ދެމެދުގެ ބިމެއް ގަންނަން ބޭނުންވާތީ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން އީ.އޯ.އައި. ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ގައި ހިމަނަންޖެހޭ މަޢުލޫމާތު

1. ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތުގެ މަޢުލޫމާތު:

  • ނަން
  • ދާއިމީ އެޑްރެސް
  • އައިޑީ ކާޑު ނަންބަރު

2. ބިމުގެ މަޢުލޫމާތު:

  • ބިމުގެ ނަން
  • އެޑްރެސް
  • ބިމުގެ ބޮޑުމިން
  • ވެރިފަރާތްކަން ކަށަވަރުކުރެވޭ ފަދަ ލިޔުމެއް.

3. ބިމުގެ ކުރެހުމެއް (ހަމަމިނަށް ކުރަހާފައިވާ)

އިތުރު މަޢުލޫމާތު

މި މަސައްކަތާ ބެހޭ އިތުރު މަޢުލޫމާތު ހޯދަން ބޭނުންވާނަމަ ބޭންކުގެ މެއިލް އެޑްރެސް [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.

އީ.އޯ.އައި ހުށަހެޅުން

އީ.އޯ.އައި ހުޅަހަޅާނީ ސިޓީއެއް މެދުވެރިކޮށް ބޭންކް އޮފް މޯލްޑިވްސް ހެޑް އޮފީސް ބިލްޑިންގގެ 5 ވަނަ ފަންގިފިލާއަށެވެ. އީ.އޯ.އައި ހުށަހެޅުމުގެ ފަހު މުއްދަތަކީ 14 ޖަނަވަރީ 2016 ވާ ބުރާސްފަތި ދުވަހުގެ 10:00 އެވެ.

ހޮވާނެ ގޮތް

  1. މި އީ.އޯ.އައި. އަކީ ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވާލެވޭ ފުރުޞަތެއްކަމުގައެއް ނުބެލެވޭނެ
  2. ޝަޢުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އީ.އޯ.އައި. ތައް، ހުށަހަޅާ މަޢުލޫމާތުގެ މައްޗަށް ބަލައި ދިރާސާ ކުރެވޭނެ.
  3. އިވެލުއޭޝަނުން ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވޭނެ.
04 ޖަނަވަރީ 2016