ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)333/333/2026/32
ޕަބްލިޝްކުރި ތާރީޚް: 18 މޭ 2026
ޕަބްލިޝްކުރި ގަޑި: 11:31
ސުންގަޑި: 20 މޭ 2026 13:00
މާލެއަތޮޅު ތުލުސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1447 ވަނަ އަހަރުގެ އަޟްޙާ ޢީދު ފާހަގަކޮށްދިނުމުގެ މަސައްކަތް ހަވާލުކުރާފަރާތް އާންމުކުރުން

މިއިދާރާއިންދޭ މަޢުލޫމާތާއި އެއްގޮތަށް1447 ވަނަ އަހަރުގެ އަޟްޙާ ޢީދު ފާހަގަ ކޮށްދޭނެ ފަރާތެއް ހޯދަންކުރެވުނު ނަންބަރު 30(IUL)333/333/2026/ އިއުލާނާއި ގުޅިގެން ބިޑް ހުށަހަޅާފައިވަނީ 01 (އެކެއް) ފަރާތުންނެވެ. ހުށަހަޅާފައިވާ ބިޑްތައް މާލިއްޔަތު ޤަވާއިދުގައިވާ ގޮތުގެ މަތީން އިވެލުއޭޝަންހަދާ ބިޑް ކޮމިޓީން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު މިމަސައްކަތް  ތިރީގައިއެވާ ފަރާތާއި ޙަވާލުކުރުމަށް ހަމަޖެހިފައިވާކަން އާއްމުކޮށް އަންގާ އިޢުލާންކުރަމެވެ.

ބީލަން ޙަވާލުކުރަން ނިންމާފައިވާ ފަރާތް

ވިޔަފާރީގެ ނަން: ތުލުސްދޫ ލޯކަލް އޮތޯރިޓީ ކޮމްޕެނީ ލިމިޓަޑް

ހުށަހަޅާފައިވާ އަގު: 594،000.00 (ފަސްލައްކަ ނުވަދިހަ ހަތަރުހާސް ރުފިޔާ)

ހުށަހާޅާފައިވާ ބިޑާގުޅިގެން ޝަކުވާހުށައެޅުމަށް ކަނޑައެޅިފައިވާ އެންމެފަހުގެ ތާރީޚްއަކީ 2026 މެއި 20 ވާ ބުދަ ދުވަހުގެ 13:00އެވެ. މިތާރީޚްގައި ސްޓޭންޑް – ސްޓިލް މުއްދަތު ހަމަވާނެއެވެ. ޝަކުވާ ނުވަތަ އިވެލުއޭޝަންގެ ތަފްޞީލް ހޯދުމަށްއެދޭއިރު މަސައްކަތުގެ ނަން، ބީލަންވެރިޔާގެ ނަން، ގުޅޭނެ ފޯނު ނަންބަރ އެނގޭނެހެން  [email protected] އަށް އީމެއިލް ހުށައެޅުއްވުން އެދެމެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

18 މޭ 2026