ދިވެހިރާއްޖެ
|
މަޤާމު |
ޑިރެކްޓަރ، ކޮލިޓީ އެޝުއަރެންސް އެންޑް އިމްޕްރޫވްމެންޓް ސެކްޝަން |
||||||||||||||
|
ވަޒީފާ އަދާކުރަންޖެހޭ ތަން: |
އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް |
||||||||||||||
|
މަޤާމުގެ ގިންތި: |
ދާއިމީ |
||||||||||||||
|
މަޤާމުގެ ނަންބަރު: |
J-453305 |
||||||||||||||
|
ބޭނުންވާ އަދަދު: |
1 (އެކެއް) |
||||||||||||||
|
މަޤާމުގެ ރޭންކް: |
ޕަބްލިކް ސަރވިސް ރޭންކު 9 - ސްޓެޕް 1 |
||||||||||||||
|
ސްކިލް ލެވެލް: |
ސްކިލް ލެވެލް 4 |
||||||||||||||
|
މަޤާމުގެ މުސާރައާއި އެލަވަންސްތައް:
|
|
||||||||||||||
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |
- ހޮސްޕިޓަލާއި، ހޮސްޕިޓަލުގެ ދަށުން ހިންގާ ތަންތަނުން ކުރެވޭ މަސައްކަތްތަކާއި ޚިދުމަތްތަކުގެ ސްޓޭންޑަޑް، ގައިޑްލައިން، ޕްރޮޓޮކޯލްސް، އެސް.އޯ.ޕީ. އަދި އެހެނިހެން ލިޔެކިއުންތައް ކަމާބެހޭ ތަޖުރިބާހުރި ފަންނީ މީހުންގެ ލަފަޔާ އިރުޝާދުގެ މަތިން ތައްޔާރުކޮށް، ފައިނަލައިޒްކޮށް ޑިސްސެމިނޭޓްކުރުން އަދި އެއަށް އަމަލު ކުރަމުންދޭތޯ ބެލުން. - ހޮސްޕިޓަލާއި ހޮސްޕިޓަލުގެ ދަށުން ހިންގާ ތަންތަނުން ކުރެވޭ މަސައްކަތްތަކާއި ޚިދުމަތްތަކާއި ލިޔެކިޔުންތައް ކަމާއިބެހޭ އިދާރާތަކުން އެކުލަވާލާފައިވާ މިނިމަމް ސްޓޭންޑަޑް ތަކާއި އެއްގޮތަށް ބެހެއްޓިފައިވޭތޯ ބެލުން. - ޞިއްޙީ ޚިދުމަތާއި ގުޅޭ ސްޓޭންޑާރޑްތަކާ ގައިޑްލައިންތަކާ އެސްއޯޕީތަކަށް މުވައްޒަފުން އަހުލުވެރިކުރާނެ ޕްރޮގްރާންތައް ހިންގުން. - ޞިއްޙީ ޚިދުމަތުގެ ފެންވަރާ، ބަލިމީހާގެ ރައްކާތެރިކަން ކަށަވަރު ކުރެވެމުންދާ މިންވަރު ދެނެގަތުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް އިންތިޒާމްކޮށް ކުރުވުން. - ހޮސްޕިޓަލަށް ހުށަހެޅޭ ކޮލިޓީ އާއި ގުޅުންހުރި މައްސަލަތައް ބަލާ، އޭގެން ފާހަގަ ކުރެވޭ ކަންކަން އިސްލާހުކުރުމަށް ކުރަންޖެހޭ ކަންކަންކުރުމާއި، އަޅަންޖެހޭ ފިޔަވަޅުތައް އެޅުން. - ހޮސްޕިޓަލުގެ އެންމެހާ ޑިޕާރޓްމެންޓް ތަކުގެ އިންސްޕެކްޝަން، މޮނިޓްރިން އަދި ކުއަލިޓީ އެސެސްމަންޓް ތައް ހެދުން. - ޞިއްޙީ ޙިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ކުރަންޖެހޭ އިންޓަރނަލް އޮޑިޓްތައް ތައްޔާރުކޮށް، ކުރުން އަދި އިސްލާހުކުރަންޖެހޭ ކަންކަން އިސްލާހު ކުރޭތޯ ބެލުން. - ޞިއްޙީ ޚިދުމަތުގެ ފެންވަރާ، ބަލިމީހާގެ ރައްކާތެރިކަމާއި ގުޅޭގޮތުން އެކުލަވާލާފައިވާ ކޮމިޓީތަކުގައި ބައިވެރިވުން. - ކޮލިޓީ ޑިޕާރޓްމެންޓް ގެ މުވައްޒަފުންގެ މަހުންމަހަށް ހަދަންޖެހޭ ޕާރފޯމަންސް ރިވިއުތައް ހަދާ، ޓާރގެޓްސް ތައް ތައްޔާރުކޮށް ޓާރގެޓްސް ތަކާ އެއްގޮތައް މަސައްކަތްތައް ކުރޭތޯ ބެލުމާއި ޕާރފޯރމަންސް އެޕްރައިސަލް ހެދުން އަދި އިސްލާހުކުރަންޖެހޭ ކަންކަން އިސްލާހުކުރުމަށް އެންގުން. - ސިއްޙީ ޙިދުމަތް ދިނުމުގެ ޤާނޫނާއި އެ ޤާނޫނުގެ ދަށުން ހަދާ ޤަވާއިދު އަދި އެހެނިހެން އުސޫލުތަކާ ގުޅިގެން ކުރަންޖެހޭ ކަންކަން ކުރުމަށް ތާވަލެއް އެކުލަވާލާ އެތާވަލާ އެއްގޮތައް ކަންކަން ކުރުން ޑިވިޝަން ރާވާފައިވާ ގޮތަށްބަލާ ސެކްޝަންގެ މަސައްކަތްތައް ރާވާ ހިންގާނެ ޕްރޮސީޖަރތައް ލިޔެ އެކަންކަން ބެލެހެއްޓުން. - ހެލްތް ސާރވިސް ސްޓޭންޑަރޑަސް އެންޑް ކޭސް ރިވިއު ސެކްޝަންގައި މަސައްކަތްކުރާ ފަރާތްތަކުގެ މަހުންމަހަށް ހަދަންޖެހޭ ޕާރފޯމަންސް ރިވިއުތައް ހަދާ، ޓާރގެޓްސް ތައް ތައްޔާރުކޮށް ޓާރގެޓްސް ތަކާ އެއްގޮތައް މަސައްކަތްތައް ކުރޭތޯ ބެލުމާއި ޕާރފޯރމަންސް އެޕްރައިސަލް ހެދުން އަދި އިސްލާހުކުރަންޖެހޭ ކަންކަން އިސްލާހުކުރުމަށް އެންގުން. - ޑިޕާރޓްމެންޓް ރެޕްރެޒެންޓް ކުރަންޖެހޭ ހާލަތްތަކުގައި ފުރިހަމަ އަށް ބައިވެރިވުން އަދި މިނިސްޓްރީގެ ސިޔާސަތުތައް ހާސިލްކުރުމަށް ކުރެވޭ މަސައްކަތް ތަކުގައި ފުރިހަމައަށް ބައިވެރިވެ ހިއްސާކުރުން. - ޞިއްޙީ އިމަޖެންސީތަކާއި ޕެންޑަމިކް އަދި ކާރިސާތަކުގައި ކުރަންޖެހޭ މަސައްކަތުގައި ޢަމަލީކޮށް ބައިވެރިވެ އެމަސައްކަތް ކުރުން. |
||||||||||||||
|
މަޤާމުގެ ޝަރުޠުތައް: |
ނުވަތަ،
ނުވަތަ،
|
||||||||||||||
|
ތަޢުލީމީ ރޮނގުތައް: |
|
||||||||||||||
|
ވަޒީފާއާއި ގުޅޭ މަސައްކަތުގެ ދާއިރާތައް: |
|
||||||||||||||
|
ހުށަހަޅަންޖެހޭ ލިޔުންތައް: |
(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ (ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. 6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ: (ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.) (ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު". |
||||||||||||||
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
|
||||||||||||||
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި |
މަޤާމަށް އެދި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހުށަހަޅާނީ 31 މޭ 2026 ވަނަ ދުވަހުގެ 13:00 ގެ ކުރިން، އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. |
||||||||||||||
|
އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު |
މިމަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ، 01 ޖޫން 2026 އިން 22 ޖޫން 2026 އާއި ދެމެދު އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ. |
||||||||||||||
|
ޝޯޓް ލިސްޓް ކުރުން |
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ. |
||||||||||||||
|
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން |
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ. |
||||||||||||||
|
އިތުރު މަޢުލޫމާތު |
މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނީ 6885045 ނަންބަރު ފޯނަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ. |