ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: GS-20/IUL/2016/01
ޕަބްލިޝްކުރި ތާރީޚް: 05 ޖަނަވަރީ 2016
ޕަބްލިޝްކުރި ގަޑި: 09:40
ސުންގަޑި:
17 ޖަނަވަރީ 2016 13:00
ހދ.އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ސްޓޭޝަނަރީއާއި އެހެނިހެން ތަކެތި ހޯދައިދޭނެ ފަރާތެއް ބޭނުންވެއްޖެ
އިޢުލާނު
އަންދާސީހިސާބު ހުށަހެޅުމުގެ ދަޢުވަތު
މި ސްކޫލްގެ ފައުންޑޭޝަން ލެވެލް (އެލްކޭޖީ ، ޔޫކޭޖީ) ދަރިވަރުންނަށް ބޭނުންވާ ސްޓޭޝަނަރީއާއި އެހެނިހެން ތަކެތި ހޯދައިދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.
ވީމާ، ސްކޫލުން ދޭ މަޢުލޫމާތާ އެއްގޮތަށް މި ތަކެތި ފޯރުކޮށްދޭން ޝައުޤުވެރިވެލައްވާ ފަރާތްތަކުން 17 ޖަނަވަރީ 2016 ވާ އާދީއްތަ ދުވަހު 13:00 އަށް މަދަރުސާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 20 ޖަނަވަރީ 2016 ވާ ބުދަ ދުވަހުގެ 13:00އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވެނުލައްވާ ފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބުތަކާއި ކަނޑައެޅިފައިވާ ގަޑިއަށްވުރެ ފަހުން ހުށަހަޅާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
25 ރަބީޢުލްއައްވަލް 1437
05 ޖަނަވަރީ 2016