ނީލަން
ނަންބަރު: 557-A/IUL/2026/2
ޕަބްލިޝްކުރި ތާރީޚް: 17 މޭ 2026
ޕަބްލިޝްކުރި ގަޑި: 08:44
ސުންގަޑި: 19 މޭ 2026 14:00
މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ބައުވެފައިވާ ތަކެތި ނީލަން ކިޔުން

 މިކޯޓުގެ ނަންބަރު: 557-A/IUL/2026/1 (   13 މެއި 2026) ޢިއުލާނުގައި ލިސްޓް ކުރި ތަކެތީގެ ތެރެއިން ނުވިކި ހުރި ތަކެތި ދެވަނަ ފަހަރަށް ދުވަހު ނީލަމުގެ އުޞޫލުން ނީލަންކިޔުން   19 މެއި 2026 (އަންގާރަ) ދުވަހުގެ މެންދުރު ފަހު 14:00 ގައި މިކޯޓުގައި އޮންނާނެއެވެ. ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ މަޢުލޫމާތާއި، ނީލަން ފެށޭ އަގު، މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ. ނީލަމުން ނަންގަވާ ތަކެތީގެ އަގު 19 މެއި 2026 (އަންގާރަ)  ދުވަހުގެ 16:30 ގެ ކުރިން މިނިސްޓްރީ އޮފް ފިނޭންސް ގެ ބަނޑޭރި ޕޯރޓަލް https:/bandeyripay.finance.gov.mv މެދުވެރިކޮށް ދައްކަވާ ނިންމަވަން ވާނެއެވެ. މިމުއްދަތުގައި ފައިސާ ނުދައްކަވާ ނީލަންތައް ކެންސަލްކޮށް އަލުން ނީލަންކިޔޭނެއެވެ. ނީލަމުން ނެންގެވި ތަކެއްޗަށް ފައިސާދައްކަވާފައިވާ ފަރާތްތަކަށް ތަކެތި ދޫކުރުން 19 މެއި 2026 (އަންގާރަ) ދުވަހުގެ 14:30ން ފެށިގެން 16:30 އަށް މިކޯޓުގައި އޮންނާނެއެވެ. ނީލަމުގައި ނަންގަވާ ތަކެތި 24 ގަޑިއިރު ތެރޭގައި ގެންދަވަން ވާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރުމަށް މިކޯޓުގެ ނަންބަރު 6560639 އަށް ގުޅުއްވުން އެދެމެވެ.

 ވީމާ، ނީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހިފައިގެން، 19 މެއި 2026 ވާ އަންގާރަ ދުވަހުގެ މެންދުރު ފަހު 14:00 އަށް ނ.ވެލިދޫ މެޖިސްޓްރޭޓް ކޯޓަށް ޙާޟިރުވެ، ނީލަމުގައި ބައިވެރިވުން އެދެމެވެ.    

ވީމާ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

17 މޭ 2026