ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)PSM-SCAD/PSM/2026/99
ޕަބްލިޝްކުރި ތާރީޚް: 17 މޭ 2026
ޕަބްލިޝްކުރި ގަޑި: 17:01
ސުންގަޑި: 19 މޭ 2026 20:30
ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
ފީފާ ވޯލްޑްކަޕް 2026 – ޕީއެސްއެމް ކަވަރޭޖްގެ ސްޕޮންސަރޝިޕް ފުރުޞަތުތަކާ ގުޅޭ

(IUL)PSM-SCAD/PSM/2026/99 

ޚާއްސަ ދަންނަވާލުމެއް

ފީފާ ވޯލްޑްކަޕް 2026 – ޕީއެސްއެމް ކަވަރޭޖްގެ ސްޕޮންސަރޝިޕް ފުރުޞަތުތަކާ ގުޅޭ.

ދިވެހިރާއްޖޭގައި ފީފާ ވޯލްޑްކަޕް 2026 ބްރޯޑްކާސްޓް ކުރުމުގެ ރައިޓްސް، ޕަބްލިކް ސަރވިސް މީޑިއާ (ޕީ.އެސް.އެމް) އިން މިހާރު ވަނީ ކާމިޔާބުކަމާއެކު ކަށަވަރުކޮށްފައެވެ. މީޑިޔާނެޓާ މެދުވެރިވެގެން މުބާރާތުގެ ހުރިހާ މެޗެއް އެއްވެސް އިތުރު އަގަކާ ނުލައި ހިލޭ، ޓީވީއެމް (TVM) އަދި ޔެސް ޓީވީ (YES TV) މެދުވެރިކޮށް ބެލުންތެރިންނާ ހަމައަށް ގެނެސްދިނުމަށް ޕީ.އެސް.އެމް އިން ވަނީ ފުރިހަމަ އިންތިޒާމްތަކެއް ހަމަޖައްސާފައެވެ.

ޕީ.އެސް.އެމްގެ ވޯލްޑްކަޕް ކަވަރޭޖަކީ ވިޔަފާރިތަކާއި ބްރޭންޑްތައް އިޝްތިހާރުކޮށް، ގިނަ ބަޔަކަށް ފޯރުކޮށްދިނުމަށް ލިބޭނެ އެންމެ ފަހި އަދި ރަނުގެ ފުރުޞަތެކެވެ. ކުރީ އަހަރުތަކެކޭވެސް އެއްފަދައިން، މިއަހަރުގެ ކަވަރޭޖަކީވެސް މުއްސަނދި މަޢުލޫމާތުތަކާއި، މުނިފޫހިފިލުވުމުގެ ތަފާތު ހަރަކާތްތަކުގެ އިތުރުން، ބެލުންތެރިންނަށް އަގުހުރި އިނާމްތައް ލިބޭނެ "އެންގޭޖް އެންޑް ވިން" ފަދަ ޚާއްސަ ޚަރަކާތްތަކާއިއެކު ކުލަގަދަކޮށް ގެނެސްދޭނެ ކަވަރޭޖެކެވެ. މުބާރާތުގެ ކުރިއާއި، މުބާރާތުގެ ތެރޭގައި އަދި މުބާރާތުގެ ފަހުންވެސް އިޝްތިހާރުކުރުމުގެ ފުރުޞަތު ލިބޭނެހެން ތަފާތު ސްޕޮންސަރޝިޕް ޕެކޭޖުގެ ފުރުޞަތުތަކެއް ހުޅުވާލެވޭނެއެވެ.

ވޯލްޑްކަޕް 2026 ގެ ޕީ.އެސް.އެމް ކަވަރޭޖްގެ ސްޕޮންސަރޝިޕް ފުރުޞަތުތަކާ ބެހޭގޮތުން މަޢުލޫމާތު ދިނުމަށް ބާއްވާ ޚާއްސަ ބައްދަލުވުން އޮންނާނީ ތިރީގައިވާ ތާވަލާ އެއްގޮތަށެވެ.

  • ތާރީޚް: 19 މެއި 2026 (އަންގާރަ ދުވަސް)
  • ގަޑި: ރޭގަނޑު 20:30
  • ތަން: ޕަބްލިކް ސަރވިސް މީޑިއާގެ ހެޑް އޮފީސް (ޓީވީ ބިލްޑިންގ)

ވީމާ، ވޯލްޑްކަޕް 2026 ގެ ކަވަރޭޖް ސްޕޮންސަރ ކުރުމަށް ޝައުޤުވެރިވާ އެންމެހާ ފަރާތްތަކުން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ޕީއެސްއެމްއިން ދަޢުވަތު އަރުވަމެވެ. އަދި ޖާގަ ކަށަވަރު ކުރުމަށްޓަކައި ވަޑައި ގަންނަވާ ބޭފުޅުންގެ ތަފްސީލް  [email protected] އީމެއިލް މެދުވެރިކޮށް އަންގާލަދެއްވުން އެދެމެވެ.

17 މޭ 2026