ވަޒީފާގެ ފުރުޞަތު
ނަންބަރު: 60-ADM/2016/8
ޕަބްލިޝްކުރި ތާރީޚް: 05 ޖަނަވަރީ 2016
ޕަބްލިޝްކުރި ގަޑި: 09:20
ސުންގަޑި: 13 ޖަނަވަރީ 2016 12:30
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
އެސިސްޓަންޓު ސޭލްސް ރެޕްރެޒެންޓޭޓިވްއެއް ބޭނުންވެއްޖެ

މަޤާމް :އެސިސްޓަންޓު ސޭލްސް ރެޕްރެޒެންޓޭޓިވް
ބޭނުންވާ އަދަދު :1

އެސްޓީއޯގެ ނަންބަރު 60ADM/2015/391  ގެ އިޢުލާނަށް އެކަށީގެންވާ ވަރަށް ކެންޑިޑޭޓުން ލިބިފައިނުވާތީ، ތިރީގައި މިވާ މަޤާމަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވައިލަމެވެ.

މަޤާމު: އެސިސްޓަންޓު ސޭލްސް ރެޕްރެޒެންޓޭޓިވް / ގރ. 1

ޢަދަދު: 1

މުސާރަ: 3380.00ރ އާއި 4350.00ރ އާ ދެމެދުގެ އަދަދެއް ތަޢުލީމީ ފެންވަރަށް ބަލައި ހަމަޖައްސައިދެވޭނެއެވެ.

ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް (1 އަހަރު)

މަސައްކަތް ކުރަންޖެހޭތަން: އެސްޓީއޯ ސުޕަމާޓު

 އެހެނިހެން ޢިނާޔަތްތައް:

  • އިތުރު އެލަވަންސް: 1500.00ރ އާއި 2100.00ރ އާ ދެމެދުގެ އަދަދެއް ލިބޭނެއެވެ.
  • ޕްރޮބޭޝަނަށްފަހު ސްޓާފް އިންޝުއަރެންސްގައި ބައިވެރި ކުރެވޭނެއެވެ.
  • އިތުރުގަޑީގައާއި ރަސްމީބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ، ވަޒީފާއާބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
  • ހަމަޖެހިފައިވާ އުސޫލުން އެޓެންޑަންސް އެލަވަންސް ލިބޭނެއެވެ.

 މަޤާމުގެ މަސްއޫލިއްޔަތު:

  • ހަރުތަކުގައި މުދާ އެތުރުމާއި، މުދާ ލޭބަލްކުރުން
  • މުއްދަތު ހަމަވާ ތަކެތި ބަލައި، ސުޕަވައިޒަރަށް އެންގުން
  • ގުދަންތެރެ ސާފުކުރުމާއި،  ބެލެހެއްޓުން
  • ގުދަނަށް ގެންނަ މުދަލާ ޙަވާލުވުން

 ތަޢުލީމާއި ތަޖުރިބާ:

  • ޖީސީއީ އޯލެވެލްގެ 2 މާއްދާއިން ސީ ފާހަށްވުރެ މަތި ލިބިފައިވުން ނުވަތަ އެއަަށްވުރެ މަތީ ސަނަދެއް ހާސިލު ކޮށްފައިވުން.
  • މަޤާމާގުޅޭ ދާއިރާއަކުން މަސައްކަތުގެ ތަޖުރިބާ ލިބިފައިވުމާއި، ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ފަރާތްތަކަށް ވަޒީފާ ހަމަޖެއްސުމުގައި އިސްކަންދެވޭނެ.

ސުންގަޑި:

- މި މަޤާމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2016 ޖަނަވަރީ 13 ވާ ބުދަދުވަހުގެ 12:30 ގެ ކުރިން އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމު ތިރީގައިވާ އެޑްރެހަށް ހުށަހެޅުއްވުން އެދެމެވެ.

- އެޕްލިކޭޝަން ފޯމު، މި ކުންފުނީގެ ހެޑު އޮފީހުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި ކުންފުނީގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑު ކުރެވެން ވެސް ހުންނާނެއެވެ.

ނޯޓު:

އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓުލިސްޓު ކުރެވޭ ފަރާތްތަކަށެވެ.

މި މަޤާމަށް ހޮވޭނީ ތަޢުލީމީ ސެޓުފިކެޓުތަކާއި މަސައްކަތުގެ ތަޖުރިބާއާއި، އިންޓަވިއުއަށް ބަލައިި އެންމެ މަތިން މާކުސް ލިބޭ ފަރާތެކެވެ.

ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސް ރިޕޯޓު / ކުށުގެ ރިކޯޑަށް ބަލާނެއެވެ.

އެޑުރެސް:

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން  ޕލކ، ހެޑު އޮފީސް

ބޮޑުތަކުރުފާނު މަގު، މާފަންނު، މާލެ – 20345

ފޯން: 3344264 ވެބްސައިޓް: www.sto.mv   އީމެއިލް: [email protected]

25 ރަބީޢުލްއައްވަލް 1437

 

05 ޖަނަވަރީ 2016