ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)213-AD/1/2016/1
ޕަބްލިޝްކުރި ތާރީޚް: 04 ޖަނަވަރީ 2016
ޕަބްލިޝްކުރި ގަޑި: 09:12
ސުންގަޑި: 11 ޖަނަވަރީ 2016 14:00
މޯލްޑިވްސް ޕޮލިޓެކްނިކް
ދިވެހިރާއްޖެ
ލެކްޗަރަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މޯލްޑިވްސް ޕޮލިޓެކްނިކްގެ ފަރާތުން ރާއްޖެތެރޭގެ އެކި ސަރަހައްދުގައި ހިންގުމަށް ހަމަޖެހިފައިވާ ކޯސްތަކުގެ ތެރެއިން އިލެކްޓްރިޝަން ކޯހުގައި ކިޔަވައިދޭނެ މީހުން ހޯދުމަށް ބޭނުންވެއްޖެއެވެ.

ބޭނުންވާ މަޤާމް: ލެކްޗަރަރ

ބޭނުންވާ އަދަދު: 1 (އެކެއް)

މަސައްކަތް ކުރަންޖެހޭ ރަށް: ރ. އަލިފުށި

ބޭނުންވާ ދާއިރާ: ސެޓްފިކެޓް 3 އިން އިލެކްޓްރިޝަން 

އުޖޫރަ: މަސައްކަތުގައި ހޭދަކުރާ ކޮންމެ ގަޑިއެއްގެއިރަކަށް (-/200 ރުފިޔާ)

މަޤާމުގެ ގިންތި: ވަގުތީ

ފެންވަރު/ޝަރުޠު: އިލެކްޓްރިކަލް ދާއިރާއިން ސެޓްފިކެޓް ލެވެލް 4 ހާސިލުކޮށްފައިވުމާއެކު، 1 އަހަރުދުވަހުގެ ތަޖުރިބާ ލިފައިވުން.

މައިގަނޑު މަސައްކަތްތައް:

އިލެކްޓްރިޝަންގެ ދާއިރާއިން މީހުން ތަމްރީނުކުރާ ކޯހުގައި ކިޔަވައިދިނުމާ ގުޅޭ އެންމެހައި ކަންކަން ކުރުން.

މަސައްކަތައް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

ހ. ހާސިލްކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.                        

އިންޓަވިއު ކުރުން:

ހ. ޕާޓްޓައިމް ލެކްޗަރަރއިން ހޮވުމަށް އިންޓަވިއު އޮންނާނީ، 13 ޖަނަވަރީ 2016 އާއި 19 ޖަނަވަރީ 2016 އާ ދެމެދުގެ ތާރީޚެއްގައެވެ.

ށ. އިންޓަވިއުއަށް ކިޔާނީ، މަސައްކަތަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

ހ- ވަޒީފާއަށް އެދި ހުށަހަޅާ ލިޔުން.

ށ- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

ނ- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (ވެލިޑޭޓްކޮށް އެޓެސްޓްކޮށްފައިވާ)

ރ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

ބ- ކުރިން ވަޒިފާއެއް އަދާކޮށްފައިވާނަމަ، ރެފަރެންސް ލެޓަރ

ތަކެތި ހުށަހަޅަންޖެހޭ އޮފީހާއި ސުންގަޑި:

- މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، ގ. ރެހެންދި ހިނގުމުގައި ހުންނަ މޯލްޑިވްސް ޕޮލިޓެކްނިކް (1 ވަނަ ފަންގިފިލާ) ގެ ކައުންޓަރަށެވެ. ނުވަތަ މޯލްޑިވްސް ޕޮލިޓެކްނިކްގެ އީމެއީލް [email protected] އަށް ފޮނުވުން އެދެމެވެ. ނުވަތަ  

 މޯލްޑިވްސް ޕޮލިޓެކްނިކްގެ ރ. އަލިފުށީގެ ސެންޓަރަށް ފޮނުވުން އެދެމެވެ.

- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2016 ޖަނަވަރީ 11 ވަނަ ދުވަހުގެ 14:00 އެވެ.

ނޯޓް:  

- މި އިޢުލާނާ ގުޅިގެން މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި މަސައްކަތް ހަމަޖައްސައިދެވޭނެއެވެ.

- މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މޯލްޑިވްސް ޕޮލިޓެކްނިކްގެ 3305401 ނަންބަރު ފޯނަށް ނުވަތަ 3305405 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

24 ރަބީޢުލްއައްޥަލް 1437

04 ޖަނަވަރީ 2016