ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)VMC-PROC/1/2026/17
ޕަބްލިޝްކުރި ތާރީޚް: 17 މޭ 2026
ޕަބްލިޝްކުރި ގަޑި: 14:04
ސުންގަޑި: 19 މޭ 2026 12:00
ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
އަންދާސީ ހިސާބު ހުށަހެޅުމުގެ ސުންގަޑި ބަދަލުކުރުމާ ގުޅޭ

 

                (IUL)VMC-PROC/1/2026/17 :ނަންބަރ

އިޢުލާން

މި ކޯޕަރޭޝަނުން “NAS Storage System”  ހޯދުމަށް ކޮށްފައިވާ އިއުލާން ނަންބަރ: IUL)VMC-PROC/1/2026/16) އާއި ގުޅިގެން ދަންނަވަމެވެ.

އެ އިއުލާނުގައި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަޔާން ކޮށްފައިވާ ތާރީޚް އަކީ 24 މެއި އެވެ. ނަމަވެސް، އެ ދުވަހަކީ ސަރުކާރު ބަންދު ދުވަހަކަށް ވުމާއި ގުޅިގެން، އަންދާސީ ހިސާބު ހުށަހަޅުއްވާ ތާރީޙަށް ބަދަލު ގެނެވިފައިވާ ވާހަކަ ދަންނަވަމެވެ.

މި ގޮތުން އަންދާސީ ހިސާބު ހުށަހެޅުމުގެ އާ ސުންގަޑިއަކީ 1 ޖޫން 2026 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 އެވެ.

އަންދާސި ހިސާބު ހުށަހެޅުމަށް ވަޑައިގަންނަވާނީ މި ކޯޕަރޭޝަން ގެ އޮފީސް ހ.ޒޮނޭރިއާގެ ހަތަރުވަނަ ފަންގިފިލާ އަށެވެ.

ބިޑް ރަޖިސްޓްރީ ކުރެއްވުމަށް ތިރީގައިވާ މަޢުލޫމާތު ފުރިހަމަ ކުރެއްވުމަށްފަހު [email protected]  އީމެއިލް އެޑްރެސް އަށް، 19 މެއި 2026 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 ކުރިން ފޮނުއްވުން އެދެމެވެ.

  • ބިޑު ހުށަހަޅާ ކުންފުނީގެ ނަން:
  • ގުޅޭނެ ފަރާތެއްގެ ނަން:
  • ގުޅޭނެ ފޯނު ނަންބަރ:
  • އީމެއިލް އެޑްރެސް:
  • އީމެއިލްގެ ސަބްޖެކްޓް:  2nd Announcement - Bid Registration To Purchase NAS Storage System for VMC

 

ބިޑް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ އެންމެހާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.  

                       

30 ޒުލްގައިދާ 1447

17 މެއި 2026

17 މޭ 2026