ޢާންމު މަޢުލޫމާތު
ނަންބަރު: 613-A/2026/8
ޕަބްލިޝްކުރި ތާރީޚް: 17 މޭ 2026
ޕަބްލިޝްކުރި ގަޑި: 12:28
އަރިއަތޮޅު ދެކުނުބުރީ ދިގުރަށު މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
މި ކޯޓަށް ޢާއިލީ މައްސަލަތައް ހުށަހެޅުމަށްޓަކައި ބޭނުންކުރަމުންދާ ފޯމުތައް އަދާހަމަކޮށް ތައްޔާރުކޮށްފައިވާ އައު ފޯމު ސެޓް ޝާއިޢުކުރުމާ ގުޅޭ

މި ކޯޓަށް ޢާއިލީ މައްސަލަތައް ހުށަހެޅުމަށްޓަކައި ބޭނުންކުރަމުންދާ ފޯމުތައް އަދާހަމަކޮށް ތައްޔާރުކޮށްފައިވާ އައު ފޯމު ސެޓް ޝާއިޢުކުރުމާގުޅޭ

މި ކޯޓަށް ޢާއިލީ މައްސަލަތައް ހުށަހެޅުމަށްޓަކައި ބޭނުންކުރަމުންދާ ފޯމުތައް އަދާހަމަކޮށް ތައްޔާރުކޮށްފައިވާ އައު ފޯމު ސެޓް މި ކޯޓުގެ ވެބްސައިޓުގައި ޝާއިޢުކޮށްފައިވާތީ،  2026 މޭ 17 ވަނަ ދުވަހުން ފެށިގެން މި ކޯޓަށް ޢާއިލީ މައްސަލަތަކާ ގުޅޭ ފޯމްތައް ހުށަހަޅުއްވާއިރު ބޭނުންކުރައްވަންވާނީ އަދާހަމަކުރެވިފައިވާ އައު ފޯމުތައް ކަމުގައި ދަންނަވަމެވެ. މި ފޯމުތައް މި ކޯޓުގެ ވެބްސައިޓް (https://adh-dhigurah.courts.gov.mv/downloads) އިން ލިބިވަޑައި ގަންނަވާނެއެވެ.

17 މޭ 2026