ޢާންމު މަޢުލޫމާތު
ނަންބަރު: 610-A/2026/9
ޕަބްލިޝްކުރި ތާރީޚް: 17 މޭ 2026
ޕަބްލިޝްކުރި ގަޑި: 11:45
ސުންގަޑި: 24 މޭ 2026 00:00
އަރިއަތޮޅު ދެކުނުބުރީ މަހިބަދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
މި ކޯޓަށް ޢާއިލީ މައްސަލަތައް ހުށަހެޅުމަށްޓަކައި ބޭނުންކުރަމުންދާ ފޯމުތައް އަދާހަމަކޮށް ތައްޔާރުކޮށްފައިވާ އައު ފޯމު ސެޓް ޝާއިޢުކުރުމާ ގުޅޭ

މި ކޯޓަށް ޢާއިލީ މައްސަލަތައް ހުށަހެޅުމަށްޓަކައި ބޭނުންކުރަމުންދާ ފޯމުތައް އަދާހަމަކޮށް ތައްޔާރުކޮށްފައިވާ އައު ފޯމު ސެޓް މި ކޯޓުގެ ވެބްސައިޓުގައި ޝާއިޢުކޮށްފައިވާތީ، 2026 މޭ 17 ވަނަ ދުވަހުން ފެށިގެން މި ކޯޓަށް އާއިލީ މައްސަލަތަކާ ގުޅޭ ފޯމްތައް ހުށަހަޅުއްވާއިރު ބޭނުންކުރައްވަންވާނީ އަދާހަމަކުރެވިފައިވާ އައު ފޯމުތައް ކަމުގައި ދަންނަވަމެވެ. މި ފޯމުތައް މި ކޯޓުގެ ވެބްސައިޓް (https://adh-mahibadhoo.courts.gov.mv/downloads) އިން ލިބިވަޑައިގަންނަވާނެއެވެ.

29 ޛުލްޤަޢިދާ 1447

17 މޭ 2026