މަސައްކަތް
ނަންބަރު: (IUL)434-A/1/2016/1
ޕަބްލިޝްކުރި ތާރީޚް: 03 ޖަނަވަރީ 2016
ޕަބްލިޝްކުރި ގަޑި: 08:41
ސުންގަޑި: 14 ޖަނަވަރީ 2016 11:00
ނޭޝަނަލް ޑްރަގް އޭޖެންސީ
ދިވެހިރާއްޖެ
'ކުޑަކުދިންނަށް ޚާއްޞަ ޑްރަގް ޓްރީޓްމެންޓް އެންޑް ރިހިބިލިޓޭޝަން ސެންޓަރު' އިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ.

މަސްތުވާތަކެއްޗާބެހޭ ޤާނޫނު ނަންބަރު 17/2011 ގެ 47 ވަނަ މާއްދާގެ ދަށުން ޤާއިމުކުރުމަށް މިއެޖެންސީއަށް ލާޒިމުކުރާ މަރުކަޒުތަކުގެ ތެރޭގައި ހިމެނޭ "ކުޑަކުދިންނަށް ޚާއްޞަ ޑްރަގް ޓްރީޓްމެންޓް އެންޑް ރިހިބިލިޓޭޝަން ސެންޓަރު" ކ.ހިންމަފުށީގައި އިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ދުވަސްތަކުގައި މި އޭޖެންސީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު އަދި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތައް ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

 

ތާރީޚު

ދުވަސް

ގަޑި

މަޢުލޫމާތު ސާފުކުރުން

14 ޖަނަވަރީ 2016

ބުރާސްފަތި

11:00 (މެންދުރުކުރި)

އަންދާސީހިސާބު ހުށަހެޅުއްވުން

24 ޖަނަވަރީ 2016

އާދީއްތަ

11:00 (މެންދުރުކުރި)

23 ރަބީޢުލްއައްވަލް 1437

03 ޖަނަވަރީ 2016