ދިވެހިރާއްޖެ
|
މަޤާމު |
ޑިރެކްޓަރ، އައި.ސީ.ޓީ |
||||||||||||||
|
ވަޒީފާ އަދާކުރަންޖެހޭ ތަން: |
އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް |
||||||||||||||
|
މަޤާމުގެ ގިންތި: |
ދާއިމީ |
||||||||||||||
|
މަޤާމުގެ ނަންބަރު: |
J-453257 |
||||||||||||||
|
ބޭނުންވާ އަދަދު: |
1 (އެކެއް) |
||||||||||||||
|
މަޤާމުގެ ރޭންކް: |
ޕަބްލިކް ސަރވިސް ރޭންކު 9 - ސްޓެޕް 1 |
||||||||||||||
|
ސްކިލް ލެވެލް: |
ސްކިލް ލެވެލް 4 |
||||||||||||||
|
މަޤާމުގެ މުސާރައާއި އެލަވަންސްތައް:
|
|
||||||||||||||
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |
- ހޮސްޕިޓަލުގައި ބޭނުން ކުރަމުންދާ ހޮސްޕިޓަލް އިންފޮމޭޝަން ސިސްޓަމް ހަރުދަނާކޮށް ގެންނަންޖެހޭ ބަދަލުތައް ގެނެސް ދިމާވާ މައްސަލަތައް ހައްލުކުރުމަށް ވިލަރެސްކުރުން - ހޮސްޕިޓަލުގެ އެކި އެކިބޭނުންތަކަށް ހަދާ ސޮފްޓްވެއަރތައް ޑިވެލޮޕްކުރުމާއި ޑިވެލޮޕްކުރުމަށް ވިލަރެސްކުރުން. - އިދާރާއިން ބަލަހައްޓާ މަޢުލޫމާތުތައް ރައްކާތެރިކަމާއެކު ދެމެހެއްޓުމަށް ބޭނުންވާ ޕްލޭންތައް އެކުލަވާލުމާއި، ޑިޒާސްޓަރ ރިކަވަރީ ޕްލޭންތައް އެކުލަވާލުމާއި، އިދާރާގެ ސިސްޓަމްތައް ރައްކާތެރިކަމާއެކު ބޭނުންކުރަމުން ގެންދެވޭނެގޮތްގޮތަށް އައި.ސީ.ޓީ އާ ގުޅުން ހުރި ކަންތައްތައް މެނޭޖްކުރުން. - އިދާރާގެ މަޢުލޫމާތުތައް އެއްކުރުމާއި ރައްކާތެރިކުރުމާއި މެނޭޖް ކުރުމަށްޓަކައި ގާއިމްކޮށްފައިވާ ރިސޯސް ޕްލޭނިން ސިސްޓަމް ތަރައްޤީކޮށް ބިނާކުރުމާއި، އެ މަޢުލޫމާތުތައް ނެޓްވަރކް އިންޓަރފޭސެއް މެދުވެރިކޮށް ގުޅާލުމުގެ އެންމެހައި މަސައްކަތްތައް ރާވާ ހިންގުން. - ޑިޕާރޓްމަންޓްގެ އަހަރީ ބަޖެޓް އެކުލަވާލުން. - ޑިޕާރޓްމަންޓުގެ ޕޮލިސީއާއި، ބެސްޓް ޕްރެކްޓިސް ގައިޑްސް ޑިވެލޮޕްކޮށް އިމްޕްލިމެންޓްކުރުން. - ހޮސްޕިޓަލާއި ހޮސްޕިޓަލްގެ ދަށުގައިވާ ތަންތަނުގައި ހުންނަ އައިޓީ އާބެހޭ ތަކެއްޗަށް ދިމާވާ މައްސަލަތަކުގެ ޓްރަބްލްޝޫޓް ކުރުމާއި ނެޓްވޯކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް ހިދުމަތް މެދުނުކެޑި ދެވޭނެ ގޮތްތައް ހޯދައި އެކަންތައް އިންތިޒާމްކުރުން. އަދި އައިޓީ އާބެހޭ އެއްޗެއް ހަލާކުވެއްޖެނަމަ ރިޕެއާކުރުން އަދި ރިޕެއާރ ނުކުރެވޭތަކެތި އޮފީހުން ބޭރަށް ފޮނުވައިގެން ރިޕެއަރ ކުރުމަށް ލަފާދިނުން. - ހޮސްޕިޓަލުގައި ގާއިމު ކުރެވިފައިހުރި ސިސްޓަމްތައް މެދުވެރިކޮށް ފޯރުކޮށްދޭ ޚިދުމަތްތަކަކީ ލުއި ފަސޭހަ އަވަސް އަދި ފެންވަރު ރަނގަޅު ޚިދުމަތްތަކަކަށް ހެދުމަށްޓަކައި އައި.ސީ.ޓީ އާ ގުޅުންހުރި ހުރިހާ މަސައްކަތްތަކެއް ރާވައި ހިންގުމާއި ބެލެހެއްޓުން. - މަޢުލޫމާތު އެއްކޮށް ރައްކާތެރިކަމާއެކު ބެލެހެއްޓޭނެ ނިޒާމެއް ގާއިމް ކުރުމާއި ކޮމްޕިއުޓަރ ސިސްޓަމްތަކަށް ލިބިދާނެ ގެއްލުންތަކަށް، ހައްލުހޯދުމުގެ ތައްޔާރީތައް ކޮށްދިނުމާއި އެކަންތައްތައް ބެލެހެއްޓުން. - ހޮސްޕިޓަލުގެ ކޮމްޕިއުޓަރ ސެކިއުރިޓީ ރައްކާތެރިކޮށް އިތުރަށް ހަރުދަނާކުރުމަށްޓަކައި ހަދަންޖެހޭ ސިޔާސަތުތަކާއި ފްރޭމްވަރކްތައް ތައްޔާރުކުރުން. - އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަންސް ޓެކްނޯލޮޖީގެ ރައްކާތެރިކަމުގެ ތަމްރީން ޕްރޮގްރާމްތަކާއި ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ރާވައި ހިންގުން. - ޞިއްޙީ އިމަޖެންސީތަކާއި ޕެންޑަމިކް އަދި ކާރިސާތަކުގައި ކުރަންޖެހޭ މަސައްކަތުގައި ޢަމަލީކޮށް ބައިވެރިވުން އެމަސައްކަތް ކުރުން. |
||||||||||||||
|
މަޤާމުގެ ޝަރުޠުތައް: |
ނުވަތަ،
ނުވަތަ،
|
||||||||||||||
|
ތަޢުލީމީ ރޮނގުތައް: |
|
||||||||||||||
|
ވަޒީފާއާއި ގުޅޭ މަސައްކަތުގެ ދާއިރާތައް: |
|
||||||||||||||
|
ހުށަހަޅަންޖެހޭ ލިޔުންތައް: |
(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ (ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.) (ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު". |
||||||||||||||
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
|
||||||||||||||
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި |
މަޤާމަށް އެދި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހުށަހަޅާނީ 21 މޭ 2026 ވަނަ ދުވަހުގެ 13:00 ގެ ކުރިން، އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. |
||||||||||||||
|
އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު |
މިމަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ، 01 ޖޫން 2026 އިން 18 ޖޫން 2026 އާއި ދެމެދު އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ. |
||||||||||||||
|
ޝޯޓް ލިސްޓް ކުރުން |
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ. |
||||||||||||||
|
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން |
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ. |
||||||||||||||
|
އިތުރު މަޢުލޫމާތު |
މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނީ 6885045 ނަންބަރު ފޯނަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ. |