ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)38-AC/38/2026/695
ޕަބްލިޝްކުރި ތާރީޚް: 16 މޭ 2026
ޕަބްލިޝްކުރި ގަޑި: 13:52
އިލެކްޝަންސް ކޮމިޝަން
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2026/HC-I-SH/3 ޤަޟިއްޔާގެ ޙުކުމާ ގުޅިގެން، ކަނޑައަޅާފައިވާ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު 2026 ގެ ރަސްމީ ނަތީޖާ

(IUL)38-AC/38/2026/695 :ނަންބަރު

 

އިޢުލާން

ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2026/HC-I-SH/3ޤަޟިއްޔާއިން، ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު 2026 ގައި މާލެ ސިޓީގައި ބެހެއްޓުނު ތ އަތޮޅު މާލެ-2 (NT.2 | 480) ނަންބަރު ވޯޓު ފޮށީގެ ސެކިއުރިޓީ އުރަތައް ކަނޑައި ވޯޓު ކަރުދާސްތައް ގުނުމަށްފަހު އަލުން އެ ފޮށީގެ ނަތީޖާ ކަނޑައެޅުމަށް ޙުކުމް ކުރައްވާފައިވާތީ، އެ ގޮތުގެ މަތީން އަލުން ވޯޓު ގުނުމަށްފަހު ކަނޑައަޅާފައިވާ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު 2026 ގެ ރަސްމީ ނަތީޖާ މި ދަންނަވަނީއެވެ.

 

ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކުގައި ބޭއްވުމަށާއި، ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށް ޓަކައި، ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވައިފައިވާ "ޤާނޫނުއަސާސީއަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ބިލު" ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރެއްވުމަށް ފެނޭ ހެއްޔެވެ؟

އިންސައްތަ

ލިބުނު ވޯޓު

 

#

31.26%

67680

އާނއެކެވެ.

1

68.74%

148859

ނޫނެކެވެ.

2

 

216539

ޞައްޙަ ވޯޓު

 

4572

ބާޠިލު ވޯޓު

 

221111

ޖުމުލަ ވޯޓު

 

294876

ވޯޓު ދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ޢަދަދު

 

221111

ވޯޓުލީ މީހުންގެ ޢަދަދު

 

74.98%

ވޯޓުލީ މީހުންގެ އިންސައްތަ

 

ވީމާ، ޞައްޙަ ވޯޓުގެ އަޣުލަބިއްޔަތު  ލިބިފައިވަނީ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކުގައި ބޭއްވުމަށާއި، ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށް ޓަކައި، ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވައިފައިވާ "ޤާނޫނުއަސާސީއަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ބިލު" ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރެއްވުމަށް ނުފެންނަކަމަށެވެ.

16 މޭ 2026