ދިވެހިރާއްޖެ
އަޟުޙާ ޢީދު 1447 ކުލަ ގަދަކޮށް ފާހަގަ ކުރުމަށް ކައުންސިލުން ރާވާފައިވާ"ސަޤާފީ ކުޅިވަރު" ޝޯ ދިނުމަށް ބޭނުންވާ ސްޓޭޖް މި އިދާރާއިންދޭ މައުލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައި އަޅައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 17 މެއި 2026 ވަނަ ދުވަހުގެ 13:30 ގައި ކ. ކާށިދޫ ކައުންސިލް އިދާރާގެ މީޓިންގ ރޫމަށް ދުރުވެ މައުލޫމާތު ސާފުކުރެއްވުންއެދެމެވެ. އަދި އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ 18 މެއި 2026 ވަނަ ދުވަހުގެ 11:00 ގައި ކައުންސިލްގެ އިދާރާގެ މީޓިންގ ރޫމްގައެވެ.މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިގަތުން ހަމަޖެހިފައެއްނުވެއެވެ.
އަންދާސީ ހިސާބު ހުށަހެޅޭނީ، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤަނޫނު ނަންބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކުގެ އިތުރުން ރަޖިސްޓްރީ ކޮށްގެން ހިންގާ ކްލަބް ޖަމިއްޔާ ޖަމާއަތްތަކަށެވެ.އަންދާސީހިސާބު ހުށަހަޅަން ހާޒިރުވާއިރު ވިޔަފާރި ރެޖިސްޓްރީގެ ކޮޕީއެއް ނުވަތަ ކްލަބް ޖަމިއްޔާ ޖަމާއަތުގެ ރަޖިސްޓްރީ ކޮޕީއެއް ހުށަހަޅަންވާނެއެވެ.