ދިވެހިރާއްޖެ
އަޟުޙާ ޢީދު 1447 ކުލަ ގަދަކޮށް ފާހަގަ ކުރުމަށް ކައުންސިލުން ރާވާފައިވާ ހަރަކާތްތަށް ކުރިއަށް ގެންދިއުމަށް ތިރީގައި މި ދަންނަވާ މަސައްކަތް މި އިދާރާއިންދޭ މައުލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
- ސްޓޭޖް ލައިޓް ސެޓަޕް ހެދުން
- ކުޅިވަރުތަށް ކަވަރ ކުރެވޭގޮތަށް ސްޓޭޖްގެ ސައުންޑް ސެޓަޕް ހެދުން
- ހަރަކާތްތަށް ހޯސްޓް ކުރުން
ވީމާ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 17 މެއި 2026 ވަނަ ދުވަހުގެ 13:00 ގައި ކ. ކާށިދޫ ކައުންސިލް އިދާރާގެ މީޓިންގ ރޫމަށް ދުރުވެ މައުލޫމާތު ސާފުކުރެއްވުންއެދެމެވެ. އަދި އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ 18 މެއި 2026 ވަނަ ދުވަހުގެ 10:30 ގައި ކައުންސިލްގެ އިދާރާގެ މީޓިންގ ރޫމްގައެވެ.މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިގަތުން ހަމަޖެހިފައެއްނުވެއެވެ.
އަންދާސީ ހިސާބު ހުށަހެޅޭނީ، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤަނޫނު ނަންބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކުގެ އިތުރުން ރަޖިސްޓްރީ ކޮށްގެން ހިންގާ ކްލަބް ޖަމިއްޔާ ޖަމާއަތްތަކަށެވެ.އަންދާސީހިސާބު ހުށަހަޅަން ހާޒިރުވާއިރު ވިޔަފާރި ރެޖިސްޓްރީގެ ކޮޕީއެއް ނުވަތަ ކްލަބް ޖަމިއްޔާ ޖަމާއަތުގެ ރަޖިސްޓްރީ ކޮޕީއެއް ހުށަހަޅަންވާނެއެވެ.