ދިވެހިރާއްޖެ
އިޢުލާން
"މުވައްޒަފުންގެ ތަމްރީނު ޕްރޮގްރާމް" ތައްޔާރުކޮށް ހިންގައިދޭނެ ފަރާތެއް ހޯދުން
މިއޮތޯރިޓީން އިންތިޒާމުކޮށްގެން، މުވައްޒަފުންގެ ފެންވަރު ރަނގަޅުކޮށް، ދޭދޭ މުވައްޒަފުންގެ ގުޅުން ބަދަހިކުރުމުގެ މަޤްޞަދުގައި ހިންގުމަށް ހަމަޖެހިފައިވާ "މުވައްޒަފުންގެ ތަމްރީނު ޕްރޮގްރާމް" ޑިވެލޮޕްކޮށް އަދި ހިންގައިދިނުމަށް ޝައުޤުވެރިވާ ފަރާތެއް ހޯދުމަށް ހުޅުވާލަމެވެ.
މި ތަމްރީނު ޕްރޮގްރާމްގެ TOR އާއި އިވެލުއޭޝަން ކްރައިޓީރިއާ އަދި ލެކްޗަރަރއިންގެ ޝަރުޠުތަކުގެ މަޢުލޫމާތު ސީ.އެމް.ޑީ.އޭގެ ވެބްސައިޓުގެ http://cmda.gov.mv/docs/TOR-Staff-Development-Program_Jan_2016.pdf މިލިންކުން ލިބެން ހުންނާނެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 11 ޖަނަވަރީ 2016 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ތިރީގައިވާ އެޑްރެހަށް ލިއުމުން ހުށަހެޅުން އެދެމެވެ.
ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ، އެމް.ޓީ.ސީ.ސީ ޓަވަރ، 4 ވަނަ ފަންގިފިލާ
ބޮޑުތަކުރުފާނު މަގު، މާލެ، ދިވެހިރާއްޖެ.
ފޯން: 6619 333 ، 3014103 ، 3014104
ފެކްސް: 6624 333
އީމެއިލް:[email protected]
ވެބްސައިޓް:www.cmda.gov.mv
23 ރަބީޢުލްއައްވަލް 1437