ދިވެހިރާއްޖެ
1447 އަޟްޙާ ޢީދު ފާހަގަކުރުމުގެ ގޮތުން 2026 މެއި 22 ވަނަ ދުވަހުން ފެށިގެން 2026 މެއި 30 ވަނަ ދުވަހުގެނިޔަލަށް ކުޑަހުވަދޫގައި އެއްވެސް ފަރާތަކުން ޢީދު ކުޅިވަރު ނުވަތަ އެނޫންވެސް ބޭނުމެއްގައި އެއްވެސް ކުޅިވަރެއް ނުވަތަ އިޖްތިމާޢީ ކަމެއް، ރާވާ އިންތިޒާމުކޮށް ކުރިޔަށް ގެންދާނަމަ، އެކަން 2026 މެއި 19 ވަނަ ދުވަހުގެ 14:00 ގެ ކުރިން މިއިދާރާއަށް ލިޔުމަކުން ނުވަތަ މިއިދާރާގެ [email protected] އަށް މެއިލް ކުރައްވާ އަންގަވައިދެއްވުން އެދެމެވެ.
ކުޑަހުވަދޫގައި ހިނގާ ކުޅިވަރުތަކާ އެހެނިހެން ޙަރަކާތްތަކާގުޅޭ މަޢުލޫމާތު މިއިދާރާއަށް ބޭނުންވަނީ، އަޟްޙާ ޢީދުގެ މުނާސަބަތުގައި މިއިދާރާއިން ހިނގާ ޙަރަކާތްތަކާ، އެހެނިހެން ފަރާތްތަކުން ހިންގަވާ ޙަރަކާތްތައް ފުށުނާރާނެހެން، ޙަރަކާތްތައް ކުރިޔަށް ގެންދިއުމަށް މަގުފަހި ކުރުމާ އެއްބާވަތެއްގެ ޙަރަކާތްތަކެއް ދެފަރާތަކުން ހިންގަވާނަމަ، އެޙަރަކާތެއް ކުރިޔަށް ގެންދިއުމުގައި ފަސޭހަވާނެހެން އިންތިޒާމު ކުރުމާއި، އެންމެހާ ޙަރަކާތްތައް ކައުންސިލާއިގުޅިގެން ކުރިޔަށް ގެންދިއުމުން އެކި ޙަރަކާތްތަކަށް ކައުންސިލުން އެހީތެރިކަން ފޯރުކޮށްދިނުމުގައި، ކަންކަން ރާވާ ފަރާތްތަކާ ކައުންސިލަށްވެސް ފަސޭހަވެގެންދާނެތީ ކަމުގައި ދަންނަވަމެވެ.