ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)434-PRC/434/2026/53
ޕަބްލިޝްކުރި ތާރީޚް: 14 މޭ 2026
ޕަބްލިޝްކުރި ގަޑި: 16:41
ސުންގަޑި: 02 ޖޫން 2026 10:00
ނޭޝަނަލް ޑްރަގް އޭޖެންސީ
ދިވެހިރާއްޖެ
މި އޭޖެންސީއަށް ގަންނަން ބޭނުންވާ 20 ކޮމްޕިއުޓަރ ސިސްޓަމް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް

މި އޭޖެންސީއަށް ގަންނަން ބޭނުންވާ 20 ކޮމްޕިއުޓަރ ސިސްޓަމް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

މި ޕްރޮޖެކްޓަށް އަންދާސީ ހިސާބު ހުށަހެޅުމަށް ޝައުޤުވެރިވާ ފަރާތްތައް 14 މެއި 2026 ވާ ބުރާސްފަތި ދުވަހުން ފެށިގެން 31 މެއި 2026 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން [email protected] އަށް ގެޒެޓް ކުރެވިފައިވާ ރެޖިސްޓްރޭޝަން ފޯމް ފުރުމަށްފަހު، އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. އަދި ރެޖިސްޓަރ ކުރައްވާފައި ނުވާ ފަރާތްތަކާއި، އަންދާސީ ހިސާބު ހުށަހަޅަން ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.

މިކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކަށް، ތިރީގައިވާ ތާވަލާއި އެއްގޮތަށް، އަންދާސީ ހިސާބު ހުށަހެޅުން އޮންނާނެއެވެ. މި އިއުލާނާއި ގުޅޭ ރެޖިސްޓްރޭޝަން ފޯމް، މަސައްކަތުގެ މަޢުލޫމާތު ޝީޓް އެއްކަރުދާސް ކުރެވިފައިވާނެއެވެ.

 

ތާރީޚް

ގަޑި

ތަން

އަންދާސީ ހިސާބު ހުށަހެޅުއްވުން

02 ޖޫން 2026

(އަންގާރަ)

10:00 (މެންދުރުކުރި)

ނޭޝަނަލް ޑްރަގް އޭޖެންސީ މައި އޮފީސް (މ. ސީޓްރެކްސް ބިލްޑިންގ / 2 ވަނަ ފަންގިފިލާ / ގުރާބުތުނޑި ހިނގުން / މާލެ)

14 މޭ 2026