ދިވެހިރާއްޖެ
އިޢުލާން
ފަންނީ އެހީތެރިކަންދޭނެ ފަރާތެއް ހޯދުމާބެހޭ
މި މިނިސްޓްރީގެ ބެލުމުގެ ދަށުގައިވާ ހައުސް ޕްލާޒާ، އައިލެންޑް ޕްލާޒާ، އޯކިޑް ޕްލާޒާ އަދި ނިއުޕްލާޒާ ބިލްޑިންގއަކީ ވަރަށް ގިނަދުވަސްތަކެއްވުމުގެ ސަބަބުން، ވަރަށް ބޮޑަށް ބާވެ، ގިނަ މަރާމާތުތަކެއްކުރަން ޖެހިފައިވާ އަދި މިހާރުވެސް މަރާމާތުކުރަމުންގެންދާ ތަންތަނެކެވެ. އެހެންކަމުން، މިތަނަކީ މީހުން ދިރިއުޅުމަށް ކަމުދާ ހާލަތުގައި ހުރި ތަންތަންތޯ ބެލުމަށްޓަކައި، ހާލަތު ބަޔާންކޮށްދޭ ޓެކްނިކަލް ރިޕޯޓެއް ހަދަން ބޭނުންވެއެވެ.
މަސައްކަތުގެ ތަފުސީލު |
މަޢުލޫމާތު ދިނުން |
ބިޑް ހުށަހެޅުން |
ހާލަތު ބަޔާންކޮށްދޭ ޓެކްނިކަލް ރިޕޯޓެއް ތައްޔާރުކުރުން |
2016 ޖަނަވަރީ 13 13:00ގައި |
2016 ޖަނަވަރީ 19 13:00ގައި |
ވީމާ، މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން، މި މިނިސްޓްރީގެ ވެލުއޭޝަން އެންޑް ޕްރޮޕަރޓީ ސަރވިސަސް ޑިވިޜަނަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި، މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.
23 ރަބީޢުލްއައްވަލް 1437