ދިވެހިރާއްޖެ
މަޤާމް :ލޭބަރަރ | |
---|---|
ބޭނުންވާ އަދަދު :2 | |
އިޢުލާން ތިރީގައި މިވާ މަޤާމަށް މުވައްޒަފުން ބޭނުންވެއްޖެއެވެ. މަޤާމު: ލޭބަރަރ ގރ.1 އަދަދު: 2 މުސާރަ: 3240.00ރ ވަޒީފާގެ ބާވަތް: ކޮންޓުރެކްޓު (1 އަހަރު) މަސައްކަތް ކުރަންޖެހޭ ތަން: އެޑުމިނިސްޓުރޭޝަން / އެސް.ޓީ.އޯ ހެޑު އޮފީސް އެހެނިހެން ޢިނާޔަތްތައް: - އިތުރު އެލަވަންސް: 1350.00ރ އާއި 2400.00ރ އާއި ދެމެދުގެ ޢަދަދެއް ލިބޭނެއެވެ. - އިތުރުގަޑީގައާއި، ރަސްމީބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ، ވަޒީފާއާބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. - ޕެންޝަން - ހަމަޖެހިފައިވާ އުސޫލުން އެޓެންޑެންސް އެލަވަންސް ލިބޭނެއެވެ. - މެޑިކަލް އިންޝުއަރެންސް (ޕްރޮބޭޝަނަށްފަހު) މަޤާމުގެ މަސްޢޫލިއްޔަތު: - ހެޑު އޮފީސް ފޮޅައި ސާފުކުރުން - ލިޔެކިޔުންތައް އެކިއެކި ފަރާތްތަކަށް ރައްދުކޮށްދިނުން. - މަރާމާތު ކުރުމުގެ މަސައްކަތްތަކުގައި އެހީތެރިވުން ތަޢުލީމާއި ތަޖުރިބާ: - ގުރޭޑު 7 ގެ ފެންވަރު ހުރުން ނުވަތަ ދިވެހި އަދި އިނގިރޭސި ބަސް ލިޔަންކިޔަން އެނގުން. - މި ދާއިރާގައި މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ، ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ފަރާތްތަކަށް އިސްކަންދެވޭނެ. ސުންގަޑި: - މި މަޤާމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2016 ޖަނަވަރީ 11 ވާ ހޯމަ ދުވަހުގެ 12:30ގެ ކުރިން އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމު ތިރީގައިވާ އެޑްރެހަށް ހުށަހެޅުއްވުން އެދެމެވެ. - އެޕްލިކޭޝަން ފޯމު، މި ކުންފުނީގެ ހެޑު އޮފީހުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި ކުންފުނީގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑު ކުރެވެން ވެސް ހުންނާނެއެވެ. ނޯޓު: އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓު ލިސްޓު ކުރެވޭ ފަރާތްތަކަށެވެ. މި މަޤާމަށް ހޮވޭނީ ތަޢުލީމީ ސެޓުފިކެޓުތަކާއި މަސައްކަތުގެ ތަޖުރިބާ އަދި އިންޓަވިއުއަށް ބަލައިި އެންމެ މަތިން މާކުސް ލިބޭ ފަރާތެކެވެ. ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސް ރިޕޯޓު / ކުށުގެ ރިކޯޑަށް ބަލާނެއެވެ. އެޑުރެސް:
24 ރަބީޢުލްއައްވަލް 1437
|