|
ހެލްތްކެއަރ އެޑްމިނިސްޓްރޭޝަން އެސިސްޓެންޓް
|
މަޤާމް:
|
|
J-386861
|
މަޤާމުގެ ނަންބަރު:
|
|
01 (އެކެއް)
|
ބޭނުންވާ ޢަދަދު:
|
|
ވަގުތީ ( 2 އަހަރު ގެ މުއްދަތަށް )
|
މަޤާމުގެ ގިންތި:
|
|
ޕަބްލިކް ސާރވިސް ރޭންކް 3 ސްޓެޕް 1
|
މަޤާމުގެ ރޭންކް:
|
|
-
|
މަޤާމުގެ ކްލެސިފިކޭޝަން:
|
|
ޅ. އަތޮޅު ހޮސްޕިޓަލް
|
ވަޒީފާ އަދާކުރަންޖެހޭ ތަން:
|
|
7585.00ރުފިޔާ
|
މުސާރަ:
|
|
2275.00 ރުފިޔާ
|
މަޤާމުގެ އެލަވަންސް:
|
|
1- ހާޒިރީ އިނާޔަތް: 60ރުފިޔާ (މަސައްކަތަށް ހާޒިރުވާ ދުވަހަކަށް)
|
އެހެނިހެން އެލަވަންސް:
|
- ހޮސްޕިޓަލުގައި ރަނގަޅު ފެންވަރެއްގެ މެޑިކަލް ރެކޯޑް ސިސްޓަމެއް ޤާއިމް ކުރުމަށް ކުރަންޖެހޭ ކަންތައް ކަމާބެހޭ ފަރާތްތަކާ ގުޅިގެން ކުރުން.
- ހޮސްޕިޓަލާއި، ސިއްޙީ ޙިދުމަތް ފޯރުކޮށްދޭ މަރުކަޒުތަކުގެ ހުރިހާ ތަފާސްހިސާބާގުޅޭ މަޢުލޫމާތުތައް އަދާހަމަކޮށް ބެލެހެއްޓުން، ތަފްސީލް ހޮސްޕިޓަލް ހިންގަވަން ހުންނަވާފަރާތަށް ކޮންމެ ހަފްތާއެއްގެ ރަސްމީ ބަންދުނޫން ފުރަތަމަ ދުވަހު ހިއްސާކުރުން
- ހޮސްޕިޓަލާއި، ސިއްޙީމަރުކަޒުތަކުގެ ތަފާސްހިސާބުގެ އަދާއިހަމަ ތަފްސީލް ހޮސްޕިޓަލުގެ ކްލިނިކަލް ސާރވިސްގެ އިސްވެރިޔާގެ އިރުޝާދުގެދަށުން ކޮންމެ ހަފްތާއެއްގެ ރަސްމީ ބަންދުނޫން ފުރަތަމަ ދުވަހު ހޮސްޕިޓަލުގެ މެޑިކަލް ސާރވިސް ޝެކްޝަނަށް ހިއްސާކުރުން ހިއްސާކުރުން.
- ހޮސްޕިޓަލާއި، ޞިއްޙީމަރުކަޒުތަކުގެ ތަފާސްހިސާބުތައް ޤަވާޢިދުން އެއްކޮށް ބެލެހެއްޓުމާއި ފާއިތުވިއަހަރުގެ ޑޭޓާތަށް ޢާއްމުކޮށް ފެންނަ ގޮތަށް ބެހެއްޓުން، ސަރުކާރުގެ އެކިއެކި ދާއިރާތަކަށް ފޮނުވަންޖެހޭ ތަފާސްހިސާބުތައް ކަނޑައެޅިފައިވާ އުސޫލުން ގަވާއިދުން ފޮނުވުން.
- މެޑިކަލް ރެކޯރޑްސް އާއި ގުޅިގެން ، ދުވަހުން ދުވަހަށް، މަހުންމަހަށް ފޮނުވަންޖެހޭ ރިޕޯރޓްތައް ތައްޔާރުކުރުމަށް ބޭނުންވާ މަޢްލޫމާތުތައްއެއްކޮށް ފުރިހަމަކޮށް ޤަވާޢިދުން ފޮނުވަންޖެހޭ ފަރާތްތަކަށް ކަނޑައެޅިފައިވާ ތާރީޚްތަކަށް ފޮނުވުން.
- މެޑިކަލް ރެކޯރޑްސްއާއި، އަދި ބަލިތަކުގެ ކޯޑިންގެ ކޮލިޓީ ހިފެހެއްޓުމަށް ކުރަންޖެހޭ މޮނިޓަރިންގއާއި، އިވެލުއޭޝަންތައް ޤަވާޢިދުން ހެދުން.
- ހިދުމަތް ހޯދާމީހުންގެ މެޑިކަލް ރެކޯރޑްސް ސިސްޓަމަށް ޤަވާޢިދުން ރެކޯރޑްސްތައް އެންޓަރކުރޭތޯ ބަލާ، އިންފޮރމޭޝަން ސިސްޓަމްއަށް މައްސަލެއް ދިމާވެއްޖެނަމަ ވަގުތުން ވަގުތަށް ކަމާއި ބެހޭ ފަރާތްތަކަށް ރިޕޯރޓްކޮށް މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރުން.
- މެޑިކޯ ލީގަލް ކޭސްތަކަށް ބޭނުންވާ ރިޕޯރޓްތައް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވާ ފައިލްކޮށް ބެލެހެއްޓުން.
- ހޮސްޕިޓަލުގެ "ވިހާމަރުވާ'' ފޯރމްތައް ރަނގަޅަށް ޗެކްކޮށް، ފޮނުވަން ޖެހޭ ފަރާތްތަކަށް ޤަވާޢިދުން ފޮނުވުމާއި ރެކޯރޑް ބެލެހެއްޓުން.
- ފަސޭހައިން ހޯދޭފަދަ އިންތިޒާމެއްގެ ދަށުން މެޑިކަލް ރެކޯރޑްސްތައް ފައިލްކޮށް ބެލެހެއްޓުން.
- ނުރައްކާތެރި ބަލިބައްޔާއި ނޮޓިފައިބަލް ޑިޒީޒް ޤަވާޢިދުން ހެލްތް ޕްރޮޓެކްޝަން އެޖެންސީއަށް ފޮނުވަމުންދޭތޯ ދުވަހުން ދުވަހަށް ބަލާ ސްޕަރވައިޒްކުރުން
- ހޮސްޕިޓަލް / ޞިއްޙީމަރުކަޒުގައި ބޭނުންކުރާ މެޑިކަލް ރެކޯރޑްސް ހިމެނޭ ސޮފްޓްވެއަރތައް ބޭނުންކުރާފަރާތްތަކަށް އެހީތެރިކަން ދިނުމާއި އެމަސައްކަތް ކުރާ މުވައްޒަފުން ޗުއްޓީ ނުވަތަ ސަލާމް ގައި ތިބި ނަމަ އެމަސައްކަތްތައް ކުރުން.
- މެޑިކަލް ރެކޯރޑްސް އަށް ބޭނުންވާ ފޯމެޓްތައް ކަމާއި ގުޅޭ ސެކްޝަން ތަކުގެ ޚިޔާލާއި ލަފާގެ މަތިން ތައްޔާރުކޮށް ޚިދްމަތަށް ދަތިނުވާނެ ގޮތުގެމަތިން ހުސްވިޔަ ނުދީ ބެލެހެއްޓުން.
- މެޑިކަލް ރެކޯރޑްސް އަކީ ސިއްރެއްކަން ދެނެގަތުން.
- ސަރުކާރުގެ އެކި ދާއިރާތަކަށް ފޮނުވަންޖެހޭ ތަފާސް ހިސާބުތައް ކަނޑައެޅިފައިވާ ގޮތުގެމަތިން ފޮނުވުން.
- ޕަބްލިކް ހެލްތް ޔުނިޓުން ތައްޔާރުކުރަންޖެހޭ މެޑިކަލް ރެކޯރޑްސް ތައްޔާރުކުރުމުގައި އެހީތެރިވުން.
- ހޮސްޕިޓަލަށް އަންނަ ބަލިމީހުންނާއި ހޮސްޕިޓަލުގައި އެޑްމިޓް ކުރެވޭ ބަލިމީހުންގެ ރެކޯރޑް ބެލެހެއްޓުމާއި އެކަމާގުޅޭގޮތުން ކުރަންޖެހޭ ކަންތައްތައް ކަމާބެހޭ މުވައްޒަފުން ލައްވާކުރުވުމާއި އެމަސައްކަތް ގަވާއިދުން ކުރަމުންގެންދޭތޯބެލުން.
- ހޮސްޕިޓަލަށް އަންނަ ބަލިމީހުންނާއި ހޮސްޕިޓަލުގައި އެޑްމިޓް ކުރެވޭ ބަލިމީހުންގެ ރެކޯރޑް ބެލެހެއްޓުމާއި އެކަމާގުޅޭގޮތުން ކުރަންޖެހޭ ކަންތައްތައް ކަމާބެހޭ މުވައްޒަފުން ލައްވާކުރުވުމާއި އެމަސައްކަތް ގަވާއިދުން ކުރަމުންގެންދޭތޯބެލުން.
- ދުވަހުން ދުވަހަށް ހޮސްޕިޓަލް އިންފޮރމޭޝަން ސިސްޓަމްގެ ބެކަޕްނަގާ ބެލެހެއްޓުން.
- އެއްވެސް ކަހަލަ ރޯގާއެއް އުޅޭނަމަ ކަމާއިބެހޭ ރިޕޯރޓްތައް ތައްޔާރުކޮށް ފޮނުވުމުގައި އިސްވެރިންނަށް އެހީތެރިވުން.
- ބޭނުންވެއްޖެ ކޮންމެ ވަގުތެއްގައި ހޮސްޕިޓަލްގެ އެކިދާއިރާތަކަށް ތަފާސް ހިސާބުދިނުން.
- ޞިއްޙީ އިމަރޖެންސީތަކާ ، ޕެންޑަމިކް އަދި ކާރިސާ ތަކުގައި ކުރަންޖެހޭ މަސައްކަތުގައި ޢަމަލީ ގޮތުން ބައިވެރިވުން.
- ހޮސްޕިޓަލްގެ އިދާރީ މަސައްކަތް ތަކުގައި ބައިވެރިވެ އެއްބާރުލުން ދިނުމާއި އިދާރީ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ހަމަޖެހިފައިވާ އުޞޫލުތަކާއި އެއްގޮތަށް ކުރުން.
- ހޮސްޕިޓަލުން ހިންގާ ހެލްތް ޕްރޮމޯޝަނަލް އެކްޓިވިޓީ ތަކުގައި ޢަމަލީގޮތުން ބައިވެރިވުމާއި، ޢާއްމުކޮށް މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ދާއިރާފިޔަވައި، އެހެންދާއިރާތަކުގެ މުވައްޒަފުން ބައިވެރިވެގެން ކުރާމަސައްކަތްތަކުގައި އިސްނެގުމާއެކު ޢަމަލީގޮތުން ބައިވެރިވުން.
- އޮފީހުގައި ކުރެވޭ މުހިއްމު މަސައްކަތްތަކަށް އެހީތެރިކަން ދިނުމާއި ސަލާމްބުނާ މުވައްޒަފުންނާއި ޗުއްޓީގައި ތިބޭ މުވައްޒަފުންގެ މަސައްކަތް ވެރިން އަންގަވާގޮތެއްގެމަތިން ޙަވާލުވެ ކުރުން
- ހޮސްޕިޓަލްގެ ޢާއްމުއުޞޫލުތަކާއި، ޤަވާޢިދުތަކަށް ޢާއްމުން އިޙްތިރާމް ކުރުމަށް ބާރުއަޅާ އެކަން އެގޮތުގައި ދެމެހެއްޓުމަށް މަސައްކަތް ކުރުން.
- މުވައްޒަފުންގެ މެދުގައި އެކުވެރިކަމާއި، އެއްބާރުލުން އާލާކުރުމަށް މަސައްކަތްކުރުމާއި، ހޮސްޕިޓަލްގެ ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކުގައި ބައިވެރިވުމާއި ، މުވައްޒަފުން ގުޅިގެންކުރާ މަސައްކަތާއި އެކިއެކި އިޖްތިމާޢީ ، އަދި ޚާއްޞަ ދުވަސްތައް ފާހަގަ ކުރުމުގެ ގޮތުން ހޮސްޕިޓަލްގެ ފަރާތުން ހިންގާ ހަރަކާތްތަކުގައި އަމަލީ ގޮތުން ބައިވެރިވުން
- މަސައްކަތުގައި އިޚްލާޞްތެރިވެ، ހޮސްޕިޓަލުން ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ވަޒީފާ ބަޔާނުގައި ހިމެނިފައި ނެތްނަމަވެސް ހޮސްޕިޓަލުން މުވައްޒަފުގެ އެހީތެރިކަން ބޭނުންވެއްޖެ ހިނދެއްގައި، މަސްއޫލިއްޔަތުތައް ތަންފީޒުކުރުމަށްޓަކައި ހޮސްޕިޓަލުން ޙަވާލުކުރެވޭ އިތުރު މަސައްކަތްތައް ފުރިހަމައަށް އަދާކުރުން.
- ހޮސްޕިޓަލްގެ ޑެއިލީ ސެންސަސް ބެލެހެއްޓުމާއި، ސަމަރީ ރިޕޯޓް ތައްޔާރުކުރުން.
- ހޮސްޕިޓަލްގައި އެނދުމަތިކޮށްގެން ފަރުވާދޭ މީހުންގެ ރިކޯޑްތައް ޑަބްލިޔު.އެޗް.އޯ އިން ބޭނުންކުރުމަށް ކަނޑައަޅާފައިވާ އައި.ސީ.ޑީގެ ވަރޝަނާ (މިސާލަކަށް އައި.ސީ.ޑީ-10) އެއްގޮތަށް ކޯޑްކުރުމުގެ މަސައްކަތްކޮށް އެ މަޢުލޫމާތުތައް ޑޭޓާބޭސްއަށް އެންޓަރކުރުން.
- އައި.ޕީ.ޑީ، އޯ.ޕީ.ޑީ، ކެޝުއަލްޓީ އަދި އެކްސިޑެންޓް އެމަޖެންސީގައި ފަރުވާދޭ މީހުންގެ ޑައިގްނޯސިސްތައް ޑަބްލިޔު.އެޗް.އޯ އިން ބޭނުންކުރުން ކަނޑައަޅާފައިވާ އައި.ސީ.ޑީގެ ވަރޝަނާ (މިސާލަކަށް އައި.ސީ.ޑީ-10) އެއްގޮތަށް ކޯޑުކުރުމުގެ މަސައްކަތްކޮށް، އެ މަޢުލޫމާތުތައް ޑޭޓާބޭސްއަށް ގަވާއިދުން އެންޓަރކުރުން.
- ޞިއްޙީ ޙިދުމަތްތައް ފޯރުކޮށްދޭ ތަނުގެ ޕޭޝަންޓް މެޑިކަލް ރިކޯޑްސް އާކައިވްކުރުމާއި، ރިޓްރީވްކުރުމުގެ މަސައްކަތް ރާވައި ހިންގުން.
- މެޑިކޯ ލީގަލް ކޭސްތައް ރިޕޯޓް ކުރުމުން ވީއެންމެއަވަހަކަށް ޙާޟިރުވެ، ބޭނުންވާ ރިޕޯރޓްތައް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވާ ފައިލްކޮށް ބެލެހެއްޓުން.
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު ތަކާއި ވާޖިބްތައް:
|
|
1- ސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިޙާނަކުން 02 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއި އެކު، " ސެކަންޑަރީ ސްކޫލް " ، ނުވަތަ " ހަޔަރ ސެކަންޑަރީ ސްކޫލް " ސެކްފިކެޓް އިމްތިޙާންގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ: ގްރޭޑް ލިބިފައި ވުން
|
މަޤާމުގެ ޝަރުތުތައް:
|
|
-
|
ތަޢްލީމީ ރޮނގުތައް
|
|
1- އެޑްމިނިސްޓްރޭޝަން
2- މެނޭޖްމަންޓް
|
ގުޅޭ ވަޒީފާގެ ދާއިރާތައް:
|
- ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން ، ހޮސްޕިޓަލްގެ ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) https://www.csc.gov.mv/download/2023/51/Annex%202%20-%20Application%20form1pnd4eve.a2u.docx
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:
(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)
(ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
|
- އަސާސީ ޝަރުތު ހަމަވުން %30
- އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޢްލީމް %5
- އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޖްރިބާ %5
- އެސެސްމަންޓް ( އިމްތިޙާން ނުވަތަ ޕްރެކްޓިކަލް ) 25%
- އިންޓަރވިއު 35%
|
ވަޒީފާ އަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް.
|
|
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 20 މެއި 2026 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން ޅ. އަތޮޅު ހޮސްޕިޓަލަށެވެ. ފޯމާއި ލިޔުންތައް އީ މެއިލް (jobs@lhah.gov.mv) މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ.
އަދި އިޢުލާންގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ.
|
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:
|
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާރކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.
|
ޝޯޓްލިސްޓް ކުރުން:
|
|
މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އަދި އެސެސްމަންޓް އޮންނާނީ 31 މެއި 2026 އިން 15 ޖޫން 2026 އާއި ދެމެދު ޅ. އަތޮޅު ހޮސްޕިޓަލް ގައެވެ. ވުމާއެކު މިވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުން ، އެ ތާރީޚްތަކުގައި އިންޓަރވިއުއަށް އަދި އެސެސްމަންޓް އަށް ޙާޟިރުވުމަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ.
|
އިންޓަރވިއު އޮންނާނެ ތަނާއި މުއްދަތު:
|
|
އިންޓަރވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި " ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނުގޮތުގެ ޝީޓް ( A2 ފޯމު ) ޢާއްމުކޮށް ފެންނާނެހެން މި އިދާރާގައި އަދި މިއިދާރާގެ ވެބްސައިޓްގައި ޢާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު ޢާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދުނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް ޅ. އަތޮޅު ހޮސްޕިޓަލަށް ހުށަހަޅަންވާނެއެވެ.
|
ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމް ) ޢާންމުކުރުން:
|
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ ރަސްމީގަޑީގައި 6620150 ނަމްބަރ ފޯނާއެވެ. އީ މެއިލް ކުރާނީ (jobs@lhah.gov.mv) އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.
|