ވަޒީފާގެ ފުރުޞަތު
ނަންބަރު: 60-ADM/2016/2
ޕަބްލިޝްކުރި ތާރީޚް: 04 ޖަނަވަރީ 2016
ޕަބްލިޝްކުރި ގަޑި: 08:30
ސުންގަޑި: 14 ޖަނަވަރީ 2016 12:30
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ޑުރައިވަރަކު ބޭނުންވެއްޖެ

މަޤާމް :ޑުރައިވަރު
ބޭނުންވާ އަދަދު :1

އިޢުލާން

ތިރީގައިމިވާ މަޤާމަށް މުވައްޒަފެއް ބޭނުންވެއްޖެއެވެ.

 މަޤާމު: ޑުރައިވަރު (ވެސަލް)

ޢަދަދު: 01

ކޮންޓްރެކްޓު މުއްދަތު: 1 އަހަރުދުވަސް

އަސާސީ މުސާރަ: 5400.00ރ

މަސައްކަތް ކުރަންޖެހޭ ތަން: އެސްޓީއޯގެ އަމިއްލަ އުޅަނދުފަހަރުގައި ނުވަތަ މެނޭޖުކުރާ އުޅަނދުފަހަރުގައި

 އެހެނިހެން ޢިނާޔަތްތައް:

- ކޮންޓްރެކްޓް އެލަވަންސް: 1080.00ރ

- ފުޑް އެންޑް ހާޑްޝިޕް އެލަވަންސް: 350.00ރ

- ޕެންޝަން: ވަޒީފާއާބެހޭ ޤާނޫނުގައި ކަނޑައެޅިފައިވާ އުޞޫލުގެމަތީން ޕެންޝަނަށް ފައިސާ އުނިކުރެވޭނެއެވެ.

މަޤާމުގެ މަސްޢޫލިއްޔަތު:

- ކުންފުނިން އަންގާގޮތަށް ކަނޑުދަތުރުކުރާ އުޅަނދުފަހަރުގައި ދަތުރުން

- ބޯޓާއި ފަޅުވެރިން ބެލެހެއްޓުން

-  މުދާ ރައްކާތެރިކޮށް ބެލެހެއްޓުމާއި ތިމާވެއްޓަށް ގެއްލުން ނުވާނެހެން ކަނޑުދަތުރު ތަކުގެ އިންތިޒާމު ހަމަޖެއްސުން

ތަޢުލީމާއި ތަޖުރިބާ:

- އެފް ކެޓެގަރީ ޑުރައިވިންގ ލައިސެންސް އޮތުމާއިއެކު، ޞިއްޙަތު ރަނގަޅު ގިނަވަގުތު މަސައްކަތުގައި އުޅެވޭ މީހަކު ކަމުގައިވުން

- ދިވެހި އަދި އިނގިރޭސި ބަސް ލިޔަންކިޔަން އެނގުން

- މަސައްކަތާގުޅޭ ދާއިރާއަކުން މަދުވެގެން 3 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވާ މީހަކުކަމުގައިވުން

ސުންގަޑި:

- މި މަޤާމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2016 ޖަނަވަރީ 14 ވާ ބުރާސްފަތި ދުވަހުގެ 12:30ގެ ކުރިން އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމާއެކު ތިރީގައިވާ އެޑްރެހަށް ހުށަހެޅުއްވުން އެދެމެވެ.

- އެޕްލިކޭޝަން ފޯމު، މި ކުންފުނީގެ ހެޑު އޮފީހުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި ކުންފުނީގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑު ކުރެވެން ވެސް ހުންނާނެއެވެ.

ނޯޓު:

  • ހުށަހަޅުއްވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީގައި އަސްލާއި އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާނަމަ، އިންޓަވިއުއަށް ހާޒިރުވާންވާނީ ސެޓުފިކެޓުތަކުގެ އަސްލާއެކުގައެވެ.
  • މިމަޤާމަށް ހޮވޭނީ ތަޢުލީމީ ސެޓުފިކެޓުތަކާއި މަސައްކަތު ތަޖުރިބާއާއި އިންޓަވިއުއަށް ބަލައި އެންމެ މަތިން މާކްސްލިބޭ ފަރާތެކެވެ.
  • މުސާރަ ހަމަޖައްސާނީ ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓަށް ބަލާފައެވެ.
  • އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓުލިސްޓު ކުރެވޭ ފަރާތްތަކަށެވެ.
  • ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސްރިޕޯރޓު / ކުށުގެ ރިކޯޑަށް ބަލާނެއެވެ.

 އެޑުރެސް: 

  • ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން  ޕލކ ހެޑު އޮފީސް
  • ބޮޑުތަކުރުފާނުމަގު، މާފަންނު، މާލެ – 20345
  • ފޯން:3344272 ފެކުސް:  3344341    ވެބްސައިޓު: www.sto.mv

24 ރަބީޢުލްއައްވަލް 1437

04 ޖަނަވަރީ 2016