ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)95-A/95/2016/02
ޕަބްލިޝްކުރި ތާރީޚް: 03 ޖަނަވަރީ 2016
ޕަބްލިޝްކުރި ގަޑި: 08:27
ސުންގަޑި: 19 ޖަނަވަރީ 2016 14:00
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން

ތިރީގައިމިވާ މަޤާމަށް މީހަކު ބޭނުންވެއްޖެ:

މަޤާމް:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ސެކްޝަން:

އެޑްމިނިސްޓްރޭޝަން ސެކްޝަން

ބޭނުންވާ އަދަދު:

1 (އެކެއް)

ރޭންކް:                

GS 3

މަޤާމުގެ  ޝަރުޠު:

1- މަޤާމުގެ   މަސައްކަތްކުރުމުގެ   ހުނަރު /  ޤާބިލުކަން   އިންޓަވިއުގައި   ސާބިތުކޮށްދިނުމާއެކު،   ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ލިބިފައިވުން. ނުވަތަ؛

2- މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒިފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުން ދިޔުމާއެކު، GS-2 ގެ ރޭންކުގައި މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މައިގަނޑު

މަސްއޫލިއްޔަތު:

1. ސްޓޮކް ބެލެހެއްޓުމާއި، ލިބޭ ތަކެތި ސްޓޮކަށް ވައްދައި، ސެކްޝަންތަކަށް ބޭނުންވާ ތަކެތި ދޫކުރުން.

2. ސްޓޮކުން މުދާ ހުސްނުވަނީސް ޕްރޮކިއުމަންޓަށް ރިކުއެސްޓް ފޮނުވައި، މުދާ ހޯދުން.

3. ޚަރަދު ކޮމިޓީއަށް ބޭނުންވާ ލިޔެކިޔުންތައް ތައްޔާރުކޮށް، ބައްދަލުވުންތައް ބޭއްވުމަށް ކުރަންޖެހޭ އެންމެހައި ތައްޔާރީތައްވުން.

4. ޚަރަދުކޮމިޓީގެ ނިންމުންތަކާއި ޔައުމިއްޔާތައް ތައްޔާރުކުރުން.

5. މުވައްޒަފުންގެ އިންޝުއަރެންސް ކްލެއިމް ފޯމުތަަކާއި، އެޕްލިކޭޝަން ފޯމުތައް ލިބޭތާ 2 ދުވަހުގެ ތެރޭގައި އިންޝުއަރެންސް ކުންފުންޏަށް ފޮނުވައި ނިމޭތޯ ޗެކްކުރުން.

މުސާރަ:

-/4465 ރުފިޔާ (ހަތަރުހާސް ހަތަރުސަތޭކަފަސްދޮޅަސް ފަސްރުފިޔާ)

އެލަވަންސްތަކާއި ޢިނާޔަތްތައް: 

ސަރވިސް އެލަވަންސްގެގޮތުގައި މަހަކު -/1500 ރުފިޔާ (ފަނަރަސަތޭކަ ރުފިޔާ) އާއި،  ލިވިންގ އެލަވަންސްގެގޮތުގައި -/2850 ރުފިޔާއާއި، ހަމަޖެހިފައިވާ އުޞޫލުން ޖުޑިޝަލް އެލަވަންސްގެގޮތުގައި މުސާރައިގެ %45 އާއި، އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި:

  1. ވަޒީފާއަށް އެދި ހުށަހަޅާ ފޯމު.
  2. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކުރާ ސެޓްފިކެޓެއް ވަޒީފާއަށް އެދޭފޯމާއެކު ހުށަހަޅާނަމަ، ހުށަހަޅާނީ ޓްރާންސްކްރިޕްޓާއެކު އެކްރެޑިޓްކޮށް ތައްގަނޑުޖަހާފައިވާ އަޞްލުގެ ކޮޕީއެވެ.)
  3. ވަޒީފާއެއް އަދާކޮށްފައިވާނަމަ ނުވަތަ އަދާކުރާނަމަ، އެންމެފަހުން ވަޒީފާ އަދާކުރި ދެއަހަރު ދުވަހުގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ލިބިފައިވާ މާކްސް އެގޭނޭ އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން.
  4. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  5. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)
  6. ސްކޫލް ލީވިންގ ސެޓްފިކެޓުގެ ކޮޕީ (ސްކޫލް ނިންމުމަށްފަހު ވަޒީފާއާ ގުޅޭ މީހުންނާއި، GS3 ގެ ރޭންކުން ފެށިގެން ދަށުގެ ވަޒީފާތަކަށް ކުރިމަތިލާ މީހުން)
  7. ވަޒީފާއެއް އަދާކޮށްފައިވާނަމަ ނުވަތަ އަދާކުރާނަމަ ވަޒީފާގައި އުޅޭ ނުވަތަ އުޅުނުކަމުގެ ލިއުން (ވަޒީފާގެ ނަމާއި، ވަޒީފާގެ މުއްދަތު، ވަޒީފާގެ ކްލެސިފިކޭޝަނާއި، މުސާރައާއި، ވަޒީފާގެ މަސްއޫލިއްޔަތު އެނގޭގޮތަށް) މިފަދަ ލިޔުމެއްގެ ގޮތުގައި އަދާކުރި ނުވަތަ އަދާކުރާ ވަޒީފާގެ ވަޒީފާ ބަޔާނަށް ބަލައި ޕޮއިންޓެއް ނުދެވޭނެއެވެ.
  8.  ޝަރުޢީ ދާއިރާގެ ވަޒީފާ އަދާކުރާ ފަރާތެއްނަމަ ފާއިތުވި އަހަރުގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ފޯމާއި، ހާޒިރީ ރިޕޯޓާއި، މުވައްޒަފުގެ އުޅުމާއި އަޚުލާޤު އެނގޭނޭ ފަދަ ލިޔުމެއް ހުށަހެޅުން (މިހާރު ހައިކޯޓުގައި މަސައްކަތްކުރަމުންދާ މުވައްޒަފެއްނަމަ މި ލިޔުންހުށަހަޅާކަށެއް ނުޖެހޭނެއެވެ.)
  9. ސަރުކާރު ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކުރާ މީހެއްނަމަ މި ވަޒީފާއަށް ހޮވިއްޖެނަމަ ވަޒީފާއިން ވަކިކޮށްދޭނެކަމަށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުން ހުށަނާޅާ ފަރާތްތަކުގެ އެޕްލިކޭޝަންތަކަށް ޢަމަލެއް ނުކުރެވޭނެއެވެ.
ޕޮއިންޓް ދެވޭގޮތް:

- ލިބިފައިވާ ތަޢުލީމާއި ތަމްރީން %40

- ލިބިފައިވާ ތަޖުރިބާ

- ލިބިފައިވާ ހުނަރާއި، ފެންވަރާއި، ސިފަތައް ބެލުމަށް ކުރެވޭ އިންޓަވިއު (ޓެސްޓާއެކު) %40

- މަސައްކަތުގެ ފެންވަރުބެލުން (މި ބަޔަށް ޕޮއިންޓްދެވޭނީ، ޝަރުޢީ ދާއިރާގައި ވަޒީފާ އަދާކުރާ ފަރާތްތަކަށެވެ.)

- މުވައްޒަފުގެ ހާޒިރީ (މި ބަޔަށް ޕޮއިންޓްދެވޭނީ ޝަރުޢީދާއިރާގައި ވަޒީފާ އަދާކުރާ ފަރާތްތަކަށެވެ.) %2.5

- މުވައްޒަފުގެ މަސައްކަތުގެ އުޅުމާއި އަޚުލާޤު (މި ބަޔަށް ޕޮއިންޓް ދެވޭނީ ޝަރުޢީ ދާއިރާގައި ވަޒީފާ އަދާކުރާ ފަރާތްތަކަށެވެ.) %2.5

ނޯޓު:
  • ކޯސް ނިމި ސެޓްފިކެޓް ލިބިފައިނުވާނަމަ، ކޯސް ނިންމާފައިވާކަމަށް ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކުރާ ލިއުމާއި، ޓްރާންސް ކްރިޕްޓާއި، އެ ކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގަބޫލުކުރާ ކޯހެއްކަމާއި، އެ ކޯހުގެ ސެޓްފިކެޓް ލިބުމުން އެފަރާތެއްގެ ސެޓްފިކެޓް ކޯހަށް ކަނޑައެޅިފައިވާ ލެވެލުގައި އެކްރެޑިޓްކޮށްދެވޭނެކަން އެނގޭފަދަ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ލިއުމަކާއެކު ހުށަހަޅަންޖެހެނެއެވެ.
  • ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ޤަވާޢިދުގެ 86 ވަނަ މާއްދާގައިވާގޮތުގެމަތީން މި މަޤާމަށް ހޮވޭ މުވައްޒަފު ދާއިމީކުރެވޭނީ 3 މަސްދުވަހުގެ ޕްރޮބޭޝަން މުއްދަތުގައި އެ މުވައްޒަފުގެ ޕާރފޯމެންސަށް ބެލުމަށްފަހުގައެވެ.
  • މަތީގައިވާ މަޤާމުގެ އިންޓަވިއުއަށް ދަޢުވަތުދެވޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަވިއުއަށް ހާޒިރުވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަޞްލު ގެންނަންވާނެއެވެ.
ސުންގަޑި:

2016 ޖަނަވަރީ 19 ވަނަ ދުވަހުގެ 14:00  

އިތުރު މަޢުލޫމާތު:

- ވަޒީފާއަށް އެދި ފުރިހަމަކުރަންޖެހޭ ފޯމް ހައިކޯޓުގެ ކައުންޓަރުން ލިބެންހުންނާނެއެވެ. އަދި މީގެ އިތުރުން، ހައިކޯޓުގެ www. highcourt.gov.mv ގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ.

- އިތުރު މައުލޫމާތު ހޯއްދެވުމަށް 3325029 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

23 ރަބީޢުލްއައްޥަލް 1437

 

03 ޖަނަވަރީ 2016