މަސައްކަތް
ނަންބަރު: (IUL)434-A/1/2016/3
ޕަބްލިޝްކުރި ތާރީޚް: 05 ޖަނަވަރީ 2016
ޕަބްލިޝްކުރި ގަޑި: 08:27
ސުންގަޑި: 11 ޖަނަވަރީ 2016 10:00
ނޭޝަނަލް ޑްރަގް އޭޖެންސީ
ދިވެހިރާއްޖެ
ކެއުން ހަމަޖައްސައިދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ.

މި އެޖެންސީގެ ދަށުން ސ.ހިތަދޫގައި ހިންގާ ޑްރަގް ޓްރީޓްމަންޓް އެންޑް ޑިޓޮކްސިފިކޭޝަން ސެންޓަރުގެ ކްލައިންޓުންނަށް 02 އަހަރުދުވަހުގެ މުއްދަތަށް ކެއުން ހަމަޖައްސައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެގެން ކުރެވުނު ނަންބަރު IUL)434-A/1/2015/89)ފ(21 ޑިސެންބަރު 2015) އިޢުލާނަށް އަންދާސީހިސާބު ހުށަހަޅުއްވާފައިވާ 3 ފަރާތުގެ ތެރެއިން 2 ފަރާތަކީ އެއްބައެއްކަން ފާހަގަކުރެވޭތީ، މަޢުލޫމާތު ފުރިހަމަވާ 3 އަންދާސީހިސާބު ނެތުމުގެ ސަބަބުން، އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާންކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 11 ޖަނަވަރީ 2016 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 އަށް މަޢުލޫމާތު ސާފުކުރަން ވަޑައިގެންނެވުމަށްފަހު 17 ޖަނަވަރީ 2016 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީހިސާބު ހުށަހެޅުމަށް ވަޑައިގަންނަވާނީ ސ.ހިތަދޫގައި ހުންނަ ޑްރަގް ޓްރީޓްމަންޓް އެންޑް ޑިޓޮކްސިފިކޭޝަން ސެންޓަރަށެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި، މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތައް ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

25 ރަބީޢުލްއައްވަލް 1437

05 ޖަނަވަރީ 2016