ނީލަން
ނަންބަރު: 557-A/IUL/2026/1
ޕަބްލިޝްކުރި ތާރީޚް: 13 މޭ 2026
ޕަބްލިޝްކުރި ގަޑި: 09:59
ސުންގަޑި: 15 މޭ 2026 14:00
މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ބައުވެފައިވާ ތަކެތި ނީލަން ކިޔުން

    މިކޯޓުގައި ބައުވެ ހަލާކުވެފައިވާ ބައެއް ތަކެތި ދުވަހު ނީލަމުގެ އުޞޫލުން ނީލަންކިޔުން   15މެއި 2026 (ހުކުރު) ދުވަހުގެ މެންދުރު ފަހު 14:00 ގައި މިކޯޓުގައި އޮންނާނެއެވެ. ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ މަޢުލޫމާތާއި، ނީލަން ފެށޭ އަގު، މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ. ނީލަމުން ނަންގަވާ ތަކެތީގެ އަގު 15 މެއި 2026 (ހުކުރު)  ދުވަހުގެ 16:30 ގެ ކުރިން މިނިސްޓްރީ އޮފް ފިނޭންސް ގެ ބަނޑޭރި ޕޯރޓަލް https:/bandeyripay.finance.gov.mv މެދުވެރިކޮށް ދައްކަވާ ނިންމަވަން ވާނެއެވެ. މިމުއްދަތުގައި ފައިސާ ނުދައްކަވާ ނީލަންތައް ކެންސަލްކޮށް އަލުން ނީލަންކިޔޭނެއެވެ. ނީލަމުން ނެންގެވި ތަކެއްޗަށް ފައިސާދައްކަވާފައިވާ ފަރާތްތަކަށް ތަކެތި ދޫކުރުން 15 މެއި 2026 (ހުކުރު) ދުވަހުގެ 14:30ން ފެށިގެން 16:30 އަށް މިކޯޓުގައި އޮންނާނެއެވެ. ނީލަމުގައި ނަންގަވާ ތަކެތި 24 ގަޑިއިރު ތެރޭގައި ގެންދަވަން ވާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރުމަށް މިކޯޓުގެ ނަންބަރު 6560639 އަށް ގުޅުއްވުން އެދެމެވެ.

 ވީމާ، ނީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހިފައިގެން، 15 މެއި 2026 ވާ ހުކުރު ދުވަހުގެ މެންދުރު ފަހު 14:00 އަށް ނ.ވެލިދޫ މެޖިސްޓްރޭޓް ކޯޓަށް ޙާޟިރުވެ، ނީލަމުގައި ބައިވެރިވުން އެދެމެވެ.    

ވީމާ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

13 މޭ 2026