މަސައްކަތް
ނަންބަރު: (IUL)232-AG/232/2016/1
ޕަބްލިޝްކުރި ތާރީޚް: 05 ޖަނަވަރީ 2016
ޕަބްލިޝްކުރި ގަޑި: 08:25
ސުންގަޑި: 19 ޖަނަވަރީ 2016 13:00
މާލެއަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސެޓުފިކެޓު 3 އިން އޮފީސް އެޑްމިނިސްޓްރޭޝަން ކޯހަށް ޓްރޭނަރުން ހޯދުމަށް

އިޢުލާން

ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓާއި މާލެއަތޮޅު ކައުންސިލް ގުޅިގެން ހިންގުމަށް ހަމަޖެހިފައިވާ ސެޓުފިކެޓު 3 އިން އޮފީސް އެޑްމިނިސްޓްރޭޝަން ކޯހަށް ޓްރޭނަރުން ހޯދުމަށް ކުރި މިއިދާރާގެ ނަންބަރު IUL)232-AG/232/2015/47) އިޢުލާން ބާޠިލުކޮށް، އަލުން އެކޯހުގައި ކިޔަވައިދެއްވުމަށް ޝައުޤުވެރިވާ ބޭފުޅުން ހޯދަން ބޭނުންވެއްޖެއެވެ.

ކިޔަވައިދިނުމަށް ހަމަޖެހިފައިވާ މޮޑިއުލްތައް

Module Name

NO

Introduction, Fundamentals of Administration and General Office procedure

1

English language proficiency

2

Office Dhivehi

3

Computer proficiency

4

Customer Service, Communication and Telephone Skills

5

Individual excellence: Secrets of Career Success

  • Stress Management
  • Conflict Resolution
  • Time Management Skills
  • Team Building

 6

ޓްރެއިނަރުން ކަނޑައެޅުމުގައި ބަލާނެ ކަންތައްތައް

  • ތަޢުލީމު
  • ކިޔަވައިދިނުމުގެ ތަޖުރިބާ
  • މަސައްކަތުގެ ތަޖުރިބާ

ހަމަޖެހިފައިވާ އުޖޫރަ

1- ނަންގަވައިދެއްވާ ކޮންމެ ގަޑިއަކަށް -/250ރ

2- ޕޭޕަރ ތައްޔާރުކުރުމަށާއި މާކުކުރާ ކޮންމެ ޕޭޕަރަކަށް -/25ރ

ސެޓުފިކެޓު 3 އިން އޮފީސް އެޑްމިނިސްޓްރޭޝަން ކޯހުގައި ކިޔަވައިދިނުމަށް ހަމަޖެހިފައިވަނީ ކަނޑައެޅޭ ހަފުތާތަކެއްގެ ބުރާސްފަތި، ހުކުރު އަދި ހޮނިހިރު ދުވަހުގައެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 19 ޖަނަވަރީ 2016 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން މިކަމަށް އެދި ކިޔަވައިދިނުމަށް ޝައުޤުވެރިވާ ދާއިރާ ބަޔާންކޮށް، ސިޓީއާއި ވަނަވަރު އަދި ތަޢުލީމީ ސެޓުފިކެޓުތަކުގެ އެޓެސްޓްކޮށްފައިވާ ކޮޕީ މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ކޯހުގެ ޓްރެއިނަރުންގެ ގޮތުގައި ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބޭއްވޭ އިންޓަރވިއު އޮންނާނީ ސިވިލް ސަރވިސް ޓްރޭނިންގ އިނިންސްޓިޓިއުޓްގައި އެފަރާތުން ހަމަޖައްސަވާ ދުވަހެއްގައި ހަމަޖައްސަވާ ގަޑިއެއްގައެވެ. އަދި ޓްރެއިނަރުންގެ ގޮތުގައި ޢައްޔަން ކުރެވޭނީ އިނިންސްޓިޓިއުޓުން ކުރާ އިންޓަރވިއުއިން ފާސްވާ ފަރާތްތައް ކަމުގައި ދަންނަވަމެވެ.

25 ރަބީޢުލްއައްވަލް 1437

05 ޖަނަވަރީ 2016