ދިވެހިރާއްޖެ
ނަމްބަރު: (IUL)262/262/2026/26
އިޢުލާން
5 ގަސް ބަނބުކެޔޮ ކުއްޔަށް ދޫކުރުމާ ގުޅޭ
ހދ.ނޮޅިވަރަންފަރު އެލިއާ އަވަށު ކިލެގެފާނުމަގުގެ އުތުރުން، އެދުރުކަލޭފާނުމަގުގެ އިރުމަތީގައިވާ (A,B/50) ހުސްބިމުގައި ހުރި 05 ގަސް ބަނބުކެޔޮ މީލާދީ 1 އަހަރުދުވަހުގެ މުއްދަތަށް ކުރިއެކޭވެސް އެއްގޮތަށް (އެސަރަހައްދު ކޮންމެ ހަފްތާ އަކު 3 ދުވަހު ކުނިކާ ސާފުކުރުމަށް ޝަރުތުކޮށް) ކުއްޔަށް ދޫކުރުމަށް ކައުންސިލުންވަނީ ނިންމަފައެވެ.
މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ބީލަމުގައި ރަޖިސްޓްރީ ކުރުމަށްފަހު ތިރީގައިވާ ގަޑިއަށް މިއިދާރާއަށް ދުރުވެ
އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުމާ، ރަޖިސްޓްރީކުރުމުގެ ސުންގަޑި: 19 މެއި 2026 (އަންގާރަ)10:00 އަށް
ބީލަމުގައި ރެޖިސްޓްރީ ކުރުމުގެ ލިންކް: https://forms.cloud.microsoft/r/HvHPRtLphg
އަންދާސީ ހިސާބު ހުށަހެޅުން: 24 މެއި 2026 (އާދީއްތަ) 10:00 އަށް
އަދި މިމައުލޫމާތުތަކުގެ އިތުރުން މައުލޫމާތެއް ސާފްކުރުމަށް ބޭނުންވާނަމަ 19 މެއި 2026، 10:00 ގެ ކުރިން ތިރީގައިވާ އީމެއިލް އަށް ލިޔުންތައް ފޮނުއްވައި މައުލޫމާތު ސާފްކުރެއްވުން އެދެމެވެ.
އީމެއިލް އެޑްރެސް: [email protected]
އަދި ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހުގެ 10:00 ގެ ފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.
24 ޛުލްޙިއްޖާ 1447
12 މެއި 2026