ދިވެހިރާއްޖެ
މާލެއަތޮޅު ގާފަރު ކައުންސިލްގެ އިދާރާ
ކ.ގާފަރު، ދިވެހިރާއްޖެ ނަމްބަރ:331/331/2026/26(IUL)
އިޢުލާން
1447 ވަނަ އަހަރު ދިވެހި ރައްޔިތުންނަށް ސަޢޫދީ ޢަރަބިއްޔާއިން ހަދިޔާކުރެއްވި ކަދުރު ބެހުމާއި ބެހޭ
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒް އެންޑް އެންޑައުމަންޓްސް ގެ ފަރާތުން މިކައުންސިލާއި ހަވާލު ކުރައްވާފައިވާ ކަދުރު ބެހުމުގެ މަސައްކަތް 2026 މެއި 13 ވަނަ ދުވަހުން ފެށިގެން ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 09:30 ން 12:30 އަށް ކުރިޔަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ.
ކަދުރު ބަހާނީ މިހާރު މީހުން ދިރިއުޅޭ ގެތަކުގެތެރެއިން އެންމެ ފުރަތަމަ އަންނަ ފަރާތްތަކަށް އިސްކަންދޭ އުޞޫލުން މިކައުންސިލަށް ލިބިފައިވާ 117 ޕަކެޓް ކަދުރު ހުސްވަންދެނެވެ. ކަދުރު ދޫކުރުމަށް ހަމަޖެހިފައިވަނީ ކޮންމެ ގެއަކުން ބޭފުޅަކު، އައި.ޑީ.ކާޑު ހިއްޕަވައިގެން ވަޑައިގަތުމުން ކޮންމެ ގެޔަކަށްވެސް 1 ޕަކެޓް ކަދުރެވެ.
ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރަމެވެ.