މަސައްކަތް
ނަންބަރު: HDC (161)-A/IU/2016/2
ޕަބްލިޝްކުރި ތާރީޚް: 07 ޖަނަވަރީ 2016
ޕަބްލިޝްކުރި ގަޑި: 08:23
ސުންގަޑި: 12 ޖަނަވަރީ 2016 13:00
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން
ދިވެހިރާއްޖެ
އެއަރކޮންޑިޝަންތައް ސާރވިސްކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ

މިކޯޕަރޭޝަންގެ އެއަރކޮންޑިޝަންތައް 2 (ދޭއް) އަހަރުދުވަހުގެ މުއްދަތަށް ސާރވިސްކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ކުރެވުނު އިޢުލާން ނަންބަރު: HDC(161)-A/IU/2015/126 އާ ހަވާލާދީ ދަންނަވަމެވެ. އެ އިޢުލާނަށް އެކަށީގެންވާ ތަރުހީބެއް ލިބިފައިނެތުމުން އެ އިޢުލާން ބާޠިލުކޮށް، އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން އަލުން އިޢުލާނު ކުރަމެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން 12 ޖަނަވަރީ 2016 ވާ ދުވަހުގެ 13:00 އަށް ހުޅުމާލޭގައި ހުންނަ މިކޯޕަރޭޝަންގެ މައިއޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 18 ޖަނަވަރީ 2016 ވާ ދުވަހުގެ 13:00 އަށް (ބިޑް ޑޮކިއުމެންޓްގައި ބަޔާންކުރެވިފައިވާ މައުލޫމާތު ފުރިހަމަ ކުރެއްވުމަށްފަހު) ހުޅުމާލޭގައި ހުންނަ މިކޯޕަރޭޝަންގެ މައިއޮފީހުގެ މީޓިންގރޫމަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. ޕްރީބިޑް މީޓިންގއަށް ހާޒިރުނުވާ ފަރާތްތަކަށް ބިޑް ހުށަހެޅުއްވުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ މިފުރުޞަތުގައި ދަންނަވަމެވެ.

މިބިޑް ޑޮކިއުމެންޓް މި ކޯޕަރޭޝަންގެ ވެބްސައިޓް http://hdc.com.mv/announcements އިން ލިބެން ހުންނާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

އަދި އިތުރު މަޢުލޫމާތު ބޭނުންފުޅުވެލައްވާނަމަ އެޗް.ޑީ.ސީ. ގެ 3355194 ފޯނާ ގުޅުއްވައި މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

27 ރަބީޢުލްއައްވަލް 1437

07 ޖަނަވަރީ 2016