ބީލަން
ނަންބަރު: (IUL)286-CB/286/2026/34
ޕަބްލިޝްކުރި ތާރީޚް: 11 މޭ 2026
ޕަބްލިޝްކުރި ގަޑި: 00:25
ސުންގަޑި: 20 މޭ 2026 13:00
މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަޟްޙާ ޢީދު ކުޅިވަރުތައް ހިންގުމަށް ޕްރޮޕޯސަލް ހުށައެޅުމުގެ ފުރުޞަތު ހުޅުވާލުން

1446 ވަަނަ އަހަރެކޭ އެއްފަދައިން މިއަހަރުވެސް ކެނދިކުޅުދޫ އިން ދެއަވަށުގައި އީދު ކުޅިވަރުތައް ކުރިއަށް ގެންދިއުމަށް އަވަށު އީދު ކޮމިޓީ ހެދުމަށްފަހު ޕްރޮޕޯސަލް ހުށައެޅުމަށް ހުޅުވާލަމެވެ. ވީމާ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން އަވަށް ތަމްސީލުވާނޭހެން އީދު ކޮމިޓީ ހެއްދެވުމަށްފަހު ކޮމިޓީގެ މަޢުލޫމާތާއި އީދު ކުޅިވަރުތަކުގެ ޕްރޮޕޯސަލްއާއެކު ކައުންސިލަށް ހުށައެޅުމަށް ދަންނަވަމެވެ. ޕްރޮޕޯސަލްގައި ހިމަނަންޖެހޭ ކަންކަމުގެ ތަފްސީލް (ޓީ.އޯ.އާރު) ކަރުދާސް މި އިޢުލާނާއެކު ގެޒެޓްކޮށްފައިވާނެއެވެ.

ވީމާ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 20 މެއި 2026 ވާ ބުދަ ދުވަހުގެ 13:00 އަށް ކައުންސިލަށް ވަޑައިގެން ޕްރޮޕޯސަލް ހުށައެޅުމަށް ދަންނަވެމެވެ.

ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

23 ޛުލްގަޢިދާ 1447

11 މޭ 2026