ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)225-AHRI/225/2016/1
ޕަބްލިޝްކުރި ތާރީޚް: 04 ޖަނަވަރީ 2016
ޕަބްލިޝްކުރި ގަޑި: 08:15
ސުންގަޑި: 14 ޖަނަވަރީ 2016 13:00
ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެސިސްޓެންޓް އެކައުންޓްސް އޮފިސަރ (ވަގުތީ)

މި އިދާރާގެ މިދަންނަވާ މަޤާމަށް 2 އަހަރުދުވަހުގެ މުއްދަތަށް ނުވަތަ ދާއިމީކޮށް މީހަކު ހަމަޖެހެންދެން ވަގުތީ ގޮތުން މީހަކު ބޭނުންވެއްޖެއެވެ.

މަޤާމު:          އެސިސްޓެންޓް އެކައުންޓްސް އޮފިސަރ (ވަގުތީ)

ރޭންކް:          ޖީ.އެސް.3         

ކްލެސިފިކޭޝަން:    އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1

މަޤާމުގެ ނަންބަރު:   254130

އޮފީސް/ އިދާރާ:    ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ

ސެކްޝަން:      ކޯޕަރޭޓް އެފެއާޒް

ވަޒީފާ އަދާކުރަންޖެހޭ ތަން:  ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ

މުސާރަ:         -/4465 ރުފިޔާ

ސަރވިސް އެލަވަންސް: -/1500 ރުފިޔާ

ބޭނުންވާ އަދަދު:     1 (އެކެއް)

ތަޢުލީމާއި ތަޖުރިބާ:

1. މަޤާމު މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލު ކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލުގެ ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތުތައް:

1- ފައިސާ ބަލައިގަތުން (ޖީއެސްޓީ ފައިސާ އެއްގަމާއި ކަނޑުގެ އުޅަނދުގެ އަހަރީފީ އެއްގަމާ ކަނޑުގެ ލައިސަންސްފީ، އެއްގަމާއި ކަނޑުގެ ޓެސްޓުގައި ބައިވެރިވުމަށް ދައްކާފީ، އެއްގަމާއި ކަނޑުގެ އުޅަނދު ރަޖިސްޓަރީ ކުރުމުގެ ފީ، އަދި މިނޫންވެސް އެހެނިހެން ފައިސާ ބަލައިގަތުން)

2- ލިބޭ ފައިސާގެ ދުވަހުފޮތް ލިޔުން.

3- ލިބޭ ފައިސާ ޖަމާކުރާފޮތް ލިޔެ ބޭންކަށް ފައިސާ ޖަމާކުރުން.

4- ލިބޭ ފައިސާ، އެ ފައިސާއާ ގުޅޭ އައިޓަމަށް ނެގުން

5- އާމްދަނީގެ ގޮތުގައި ލިބޭ ފައިސާ ސަރުކާރުގެ އޮފީސްތަކަށް ފޮނުވުމަށް ފައިސާ ޓްރާންސްފަރ ކުރާ ފޯމާއި ޓްރާންސްފަރ ރަޖިސްޓަރީ ލިޔެ ތައްޔާރުކުރުން.

6- ފައިސާ އަދާކުރަންޖެހޭ ފަރާތްތަކަށް ފައިސާ ދޫކުރުމަށް ވައުޗަރ ލިޔެ ޗެކް ތައްޔާރު ކުރުން.

7- ވައުޗަރ ރަޖިސްޓަރީ ކުރުން

8- ފައިސާ ލިބެންވާ ފަރާތަށް ފައިސާ ޓްރާންސްފަރ ކުރުމަށްފަހު އެފައިސާ އެފަރާތަށް ލިބުނުތޯ ބެލުމަށް ފޮނުވަންޖެހޭ ސިޓީ/މެސެޖު ފޮނުވުން.

9- ޗެކް ރަޖިސްޓަރީ ކުރުން.

10- އައިޓަމް ބާކީކުރުން.

11- އާމްދަނީ ފައިސާގެ ރިޕޯޓް ތައްޔާރުކޮށް، ސަރުކާރުގެ އޮފީސްތަކަށް ފޮނުވުން.

12- ނަންބަރު: 001-700416-7714 , 002-700416-7714 ، 004-700416-7714 އެކައުންޓް ބާކީކުރުން.

13- ރިކޮންސިލޭޝަން ސްޓޭޓްމަންޓް ތައްޔާރުކުރުން.

14- ސިޓީ، މެސެޖު ލިޔުން.

15- ތަކެތި ގަތުމަށް އެދޭ ފޯމުތައް ތައްޔާރުކުރުން (އަގު ބަލައި މުދާ ލިބިގަތުމަށް އެދޭ އޯޑަރފޯމް)

16- ފައިލްކުރުން

17- މީގެ އިތުރުން އޮފީހުން ކުރަންޖެހޭ ރަސްމީ މަސައްކަތް ކުރުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ސިވިލް ސަރވިސް ކޮމިޝަނުން 01 އެޕްރީލް 2013 ގައި ޢަމަލުކުރަން ފަށްޓަވާފައިވާ" ސިވިލްސަރވިސްގެ މަޤާމުތަކަށް މީހުން ހޮވުމާއި ޢައްޔަންކުރުމުގެ މިންގަނޑުތަކާއި އުސޫލުތަކުގެ ކްރައިޓީރިއާގައިވާ ގޮތުގެ މަތިން

އިންޓަރވިއު އޮންނާނެ ތަނާއި ތާރީޚު:

މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އޮންނާނެ ތާރީޚާއި ގަޑި ފަހުން ލިޔުމުން އަންގާނެވާހަކަ ދެންނެވީމެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މިމަޤާމަށް އެދިލައްވާ ފަރާތްތަކުން ތިރީގައި ބަޔާން ކުރެވިފައިވާ ލިޔުންތަކާއެކު 14 ޖަނަވަރީ 2016 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލް އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

އުޖޫރައާއި ޢިނާޔަތްތައް:

ސިވިލް ސަރވިސް ގަވާއިދުގައިވާ ގޮތުގެ މަތިން އިތުރުގަޑީގެ ފައިސާއާއި ބަންދު ދުވަހުގެ ފައިސާ ލިބޭނެއެވެ،

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު (ފޯމު މިއިދާރާގެ ކައުންޓަރުންނާއި ސިވިލްސަރވިސް ކޮމިޝަންގެ ވެބްސައިޓުން (www.csc.gov.mv) ލިބެން ހުންނާނެއެވެ.

2. ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް އެމުވައްޒަފަކު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

3. އެކްރެޑިޓް ކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ފޮޓޯކޮޕީ (ސެޓުފިކެޓުތަކުގެ އަސްލު އިންޓަރވިއުއަށް ހާޒިރުވާއިރު ގެންނަންވާނެއެވެ.)

4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް މަސައްކަތްކޮށަފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (ލިޔުމުގެ އަސްލު އިންޓަރވިއުއަށް ހާޒިރުވާއިރު ގެންނަންވާނެއެވެ.)

5. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭހެން އޮތް އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް (އައިޑީ ކާޑުގެ އަސްލު އިންޓަރވިއުއަށް ހާޒިރުވާއިރު ގެންނަންވާނެއެވެ.)

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ މިއިދާރާގެ ނަންބަރު: 6500002 ، 6500068 ފޯނާއެވެ. ފެކްސް ނަންބަރަކީ 6500063 އެވެ. އީމެއިލް ކުރައްވަނީ ([email protected]) އެޑްރެހަށެވެ.

24 ރަބީޢުލްއައްވަލް 1437

04 ޖަނަވަރީ 2016