ދިވެހިރާއްޖެ
(IUL)95-A/95/2026/12 ނަންބަރު
|
|
|||||||||||||||||||
|
މަޤާމު: |
ކޯޓު އެޑްމިނިސްޓްރޭޝަން އޮފިސަރ (ވަގުތީ) |
||||||||||||||||||
|
ބޭނުންވާ އަދަދު: |
1 |
||||||||||||||||||
|
މަޤާމުގެ ގިންތި: |
ވަގުތީ |
||||||||||||||||||
|
މަޤާމުގެ ރޭންކު: |
ޕަބްލިކް ސާވިސް ރޭންކް 5 |
||||||||||||||||||
|
މަޤާމުގެ ކްލެސިފިކޭޝަން: |
ކޯޓު އެޑްމިނިސްޓްރޭޝަން ޕްރޮފެޝަނަލުން |
||||||||||||||||||
|
ވަޒީފާ އަދާކުރަން ޖެހޭ ތަން: |
ދިވެހިރާއްޖޭގެ ހައިކޯޓު (ބަޖެޓް ސެކްޝަން) |
||||||||||||||||||
|
މުސާރަ: |
-/11,290 ރުފިޔާ (އެގާރަ ހާސް ދުއިސައްތަ ނުވަދިހަ ރުފިޔާ)
|
||||||||||||||||||
|
އެހެނިހެން އެލަވަންސްތަކާއި އިނާޔަތްތައް: |
|
||||||||||||||||||
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |
1- ފައިނޭންސް ސެކްޝަނުގެ އެންމެހައި ފައިސާއާބެހޭ ހުރިހާ މަސައްކަތްތައް ޑިރެކްޓަރގެ ލަފާގެމަތިން ކުރުން : 2- އެސް. އޭ. ޕީ ( (SAP ސޮފްޓްވެއަރއަށް ސެކްޝަނުން އެންޓަރ ކުރާ ބިލްތަކުގެ ޑޮކިއުމެންޓްސްތައް ހަމަތޯ ބަލާ ޗެކުކުރުން. 3- 97 ނަންބަރު (ބަޖެޓް) އެކައުންޓް ޤަވާޢިދާ އެއްގޮތަށް ޚަރަދުކުރުމާއިއެކު ޑިރެކްޓަރގެ ލަފާގެމަތިން ބެލެހެއްޓުން. 4- ބިލްތަކަށް ފައިސާ ދެއްކުމަށްޓަކައި ހަދާ ޕީވީތައް ޗެކްކޮށް ސޮއިކުރުން. 5- ކޮންމެ މަހަކު އެމަހެއްގެ ހަރަދު ރިޕޯޓު ޑިރެކްޓަރުގެ ލަފާގެ މަތިން ތައްޔާރުކުރުން. 6- ޑިރެކްޓަރގެ ލަފާގެ މަތިން އަހަރީ ބަޖެޓް ތައްޔާރުކޮށް ހުށަހެޅުން 7- ޢާމްދަނީގެ ގޮތުގެ ލިބޭފައިސާގެ ޖާނަލްވައުޗަރ ތައްޔާރުކުރުމުން ޗެކްކޮށް ސޮއިކުރުން، އަދި ސެޕްގައި ރެކޯޑު ކުރެވިފައިވަނީ ރަނގަޅައްތޯ ޗެކްކޮށް ފިނޭންސުން ރަގަޅުކުރުމަށް ކޮމެންޓްލާފައިވާނަމަ އެކަމެއް ރަގަޅުކޮށް އަލުން ޕޯސްޓްކުރުމަށް އެހީތެރިވެދިނުން 8- ތިޖޫރީ ބެލެހެއްޓުމާއި ޕެޓީކޭޝް ބެލެހެއްޓުން ޑިރެކްޓަރގެ ލަފާގެމަތިން އަދި ތިޖޫރީ ރިޕޯރޓް ތައްޔާރު ކުރުން. 9- ކޮންމެ މަހަކުވެސް ކޯޓުގެ ހަރަދުތައް ރިކޮންސައިލްކުރަމުންދޭތޯ ކަށަވަރުކުރުން. 10- ކޯޓަށް ލިބިފައިވާ ބަޖެޓުގެ އިތުރަށް ފައިސާ ހޯދަން ޖެހިއްޖެ ނަމަ އެކަމަށްޓަކައި މިނިސްޓްރީ އޮފް ފިނޭންސްގެ ބިޒްނަސް ޕްލޭނިންގ އެންޑް ކޮންސޮލިޑޭޝަން މޮޑިއުލް (ބީޕީސީ) މެދުވެރިކޮށް ފިނޭންސަށް ހުށަހެޅުން. 11- ޕެޓީކޭޝް ރީއެމްބާސް ކުރުމަށްޓަކައި ޕީވީ ތައްޔާރުކޮށް ޕޯސްޓް ކުރުވުން އަދި ފައިސާ އެމްއެމްއޭ އިން ނެގުމުގެ ކަންކަން ކުރުން. 12- އޮޑިޓްކުރުމަށް އޮޑިޓް އޮފީހުން ރިކުއެސްޓްކުރާ ޑޮކިއުމެންޓްސް ޑިރެކްޓަރގެ ލަފާގެ މަތިން ފޯރުކޮށްދިނުން 13- ކޯޓަށް ހޯދުމަށް ބޭނުންވާ ތަކެތީގެ ރިކުއެސްޓް ބަޖެޓް ސެކްޝަނަށް ލިބުމުން ބަޖެޓުން ކުރަންޖެހޭ ކަންކަން ނިންމުމަށްފަހު ކަމާގުޅޭ ސެކްޝަނަށް ފޮނުވިކަން ކަށަވަރު ކުރުން. 14- ކޮންމެ ހަފްތާއެއްގެވެސް އާދިއްތަ ދުވަހު ތިޖޫރީބާކީގެ ރިޕޯރޓް ޑިރެކްޓަރގެ ލަފާގެމަތިން ތައްޔާރުކޮށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށް ފޮނުވުން . 15- ސެކްޝަންގެ ދެ އެޑްމިނިސްޓްރޭޓިވް އޮފިސަރުން ކުރާ މަސައްކަތްތައް ޗެކްކޮށް ރަނގަޅުކުރަންޖެހޭނަމަ ޑިރެކްޓަރގެ ލަފާގެ މަތިން ރަނގަޅުކުރުން. 16- ކޮންމެ މަހެއްގެވެސް މުސާރަދިނުމަށް ބަޖެޓްކޯޑްތަކުގައި ފައިސާ ރިލީސްވެފައި ހުރިތޯ ޗެކްކޮށް ރިލީސްކުރަންޖެހޭނަމަ ކޮންޓްރޯލް ހެދުން 17- އަހަރީ ރިޕޯޓް ތައްޔާރުކުރުމާއި، ފައިނޭންޝަލް ސްޓޭޓްމަންޓް ތައްޔާރުކުރުން.
|
||||||||||||||||||
|
މަޤާމުގެ ޝަރުޠުތައް: |
މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6ގެ ސަނަދެއް ހާޞިލްކޮށްފައިވުން |
||||||||||||||||||
|
ތަޢުލީމީ ރޮނގު |
އެކައުންޓިން / އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް / ހިއުމަން ރިސޯސް / މަޤާމާއި ގުޅުންހުރި އެހެނިހެން ތަޢުލީމީ ރޮނގުތައް |
||||||||||||||||||
|
ގުޅޭ ވަޒީފާގެ ދާއިރާތައް |
އެކައުންޓިންގ / އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް / ހިއުމަން ރިސޯސް |
||||||||||||||||||
|
|
ޕްރިފަރޑް ޑިސިޕްލިންތައް: ނެތް މަޤާމުގެ ކޯ ޑިސިޕްލިންތައް: އެކައުންޓިންގ / އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް / ހިއުމަން ރިސޯސް ނޯޓު: ކޯ ޑިސިޕްލިންއާ ގުޅޭ ސަނަދެއް ވަޒީފާއަށް ކުރިމަތިލާ ފަރާތުން ހުށަހަޅާފައިވާނަމަ، އެފަރާތަކަށް ކްރައިޓީރިއާގައި ކޯ ޑިސިޕްލިންއަށް ދިނުމަށް ކަނޑައަޅާފައިވާ ޕޮއިންޓް ދެވޭނެއެވެ.
|
||||||||||||||||||
|
އެހެނިހެން ޝަރުޠު |
1.ވަޒީފާއަށް އެދި ހުށަހަޅާއިރު، މީލާދީގޮތުން އުމުރުން 18 އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން. 2.ވަޒީފާއަށް އައްޔަންކުރެވޭ ކޯޓުގެ (ނުވަތަ އިދާރާގެ) މުވައްޒަފެއްގެ (ނުވަތަ ފަނޑިޔާރެއްގެ) ގާތްތިމާގެ މީހަކު ކަމުގައި ނުވުން. 2.1 ކާފަ ނުވަތަ މާމަ (ދޮންކާފަ އަދި ދޮންމާމަ ހިމެނޭ ގޮތަށް)؛ ނުވަތަ 2.2 މަންމަ ނުވަތަ ބައްޕަ (ދޮންމަންމަ އާއި ދޮންބައްޕަ ހިމެނޭ ގޮތަށް)؛ ނުވަތަ 2.3 ދައްތަ ނުވަތަ ބޭބެ (އެއްބަނޑު އެއްބަފާ ނުވަތަ އެއްބަނޑު ނުވަތަ އެއްބަފާ މީހުންނާއި ދޮން މަންމަ ނުވަތަ ދޮންބައްޕަގެ ދަރިން)؛ ނުވަތަ 2.4 އަނބިމީހާ ނުވަތަ ފިރިމީހާ؛ ނުވަތަ 2.5 ދަރިން (ކާފަ ދަރިންނާއި މާމަދަރިން އަދި ދޮންދަރިންވެސް ހިމެނޭގޮތަށް)؛ |
||||||||||||||||||
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ ނުވަތަ ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ (ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. 5. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ: (ހ) ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ނ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.) (ރ) ދަޢުލަތުގެ އުވާލާފައިވާ އިދާރާއެއްގައި، ނުވަތަ އުވާލާފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވާލާފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 6 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް". |
||||||||||||||||||
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
|
||||||||||||||||||
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: |
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 20 މެއި 2026 ގެ 13:00 ގެ ކުރިން، ހައި ކޯޓަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއ |
||||||||||||||||||
|
ޝޯޓްލިސްޓުކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ. |
||||||||||||||||||
|
އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު: |
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު، އިމްތިޙާނާއި އަދި ޕްރެޒެންޓޭޝަން އޮންނާނީ، 21 މެއި 2026 ން 21 ޖޫން 2026 އާ ދެމެދު، ދިވެރާއްޖޭގެ ހައިކޯޓު ގައެވެ. |
||||||||||||||||||
|
އިތުރު މަޢުލޫމާތު |
|
||||||||||||||||||
|
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން |
ސްކްރީނިންގ ޕްރޮސެސް ނިމުމުން "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި ކޯޓުގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި ކޯޓަށް ހުށަހަޅަންވާނެއެވެ. |
||||||||||||||||||
|
|||||||||||||||||||
23 ޛުލްޤައިދާ 1447
11 މެއި 2026