ވަޒީފާގެ ފުރުޞަތު
ނަންބަރު: GS43-A/2015/37
ޕަބްލިޝްކުރި ތާރީޚް: 17 ޑިސެންބަރު 2015
ޕަބްލިޝްކުރި ގަޑި: 14:03
ސުންގަޑި: 07 ޖަނަވަރީ 2016 14:00
ޝަރަފުއްދީން ސްކޫލް
ދިވެހިރާއްޖެ
ކައުންސެލަރ

ވަޒީފާގެ ފުރުޞަތު

 

މަޤާމު:

ކައުންސެލަރ

ބޭނުންވާ އަދަދު:

02

ގިންތި:

ދާއިމީ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  • ދަރިވަރުންގެ އަޚުލާޤާ ބެހޭގޮތޮން ކޮންމެ ކުއްޖަކަށް ފައިލް ތައްޔާރުކޮށް ބެލެހެއްޓުމާއި، ކޮމްޕިއުޓަރުގައިވެސް ރެކޯޑުތައް ބެލެހެއްޓުން
  • ދަރިވަރުންނަށް ނަފްސާނީގޮތުންނާއި ޖިސްމާނީގޮތުން އެއްވެސް ގެއްލުމެއް ލިބިފައިވޭތޯ ގަވާއިދުން ދެ ހަފުތާއިން އެއް ހަފުތާގައި ބެލުމާއި، އެފަދަ މައްސަލަތައް ހުރިނަމަ ރެކޯޑްކޮށް އަޅަން އެކަށީގެންވާ ފިޔަވަޅު އެޅުން.
  • ދުވަހުން ދުވަހަށް ބަލަންޖެހޭ އަޚުލާޤީ މައްސަލަތަކާއި، ނަފްސާނީގޮތުން ދަރިވަރުންނަށް ދިމާވާ މައްސަލަތަކާއި، ސްކޫލާއި ގޭތެރޭގައި ދަރިވަރުންނަން ލިބޭ ޖިސްމާނީ އަނިޔާތަކާމެދު ފިޔަވަޅުއެޅުމާއި، ރެކޯޑުކުރުން.
  • ދިމާވާ ބޮޑެތި މައްސަލަތަކާމެދު ފިޔަވަޅު އެޅުމުގައި ސްކޫލުގެ އިސްވެރިޔާގެ މަޝްވަރާއާއި ބެލެނިވެރިންގެ މަޝްވަރާއާއެކު ކުރިއަށްގެންދިއުން.
  • ދަރިވަރުންގެ އަޚުލާޤަށް އަންނަ ބަދަލުތަކާއި، ނަފުސާނީ ޙާލަތަށް އަންނަ ބަދަލުތަކާމެދު ބެލެނިވެރިންނަށް މަޢުލޫމާތު ދިނުން.
  • ދަރިވަރުންނަށް ދިމާވާ ޖިސްމާނީ، ނަފްސާނީ އަދި ޖިންސީ ގެއްލުންތަކާއި ގޯނާތައް ހުއްޓުވުމަށްޓަކައި ބެލެނިވެރިންނާއި މުދައްރިސުންނާއި ދަރިވަރުން ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތައް ރާވައި ހިންގުން.

މަސައްކަތް ކުރަންޖެހޭ އޮފީސް:

ޝަރަފުއްދީން ސްކޫލް / ސ. ހިތަދޫ

މި މަޤާމުތަކަށް ކުރިމަތިލައްވާ ބޭފުޅުންގެ ތެރެއިން ހޮވޭ ބޭފުޅުންގެ މަޤާމު ހަމަޖައްސާނީ ތިރީގައިމިވާ ގޮތަށް ލިބިފައިވާ ސެޓުފިކެޓެއްގެ ލެވެލްއަށް ބަލައިގެންނެވެ.

މަޤާމު ނަން

ކްލެސިފިކޭޝަން

ސިވިލްސަރވިސް ރޭންކް

އަސާސީ ޝަރުޠު

އަސާސީ މުސާރަ

ސާރވިސް އެލަވަންސް

ކައުންސެލަރ

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

އެމް.އެސް1

 

ކައުންސެލިންގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ކައުންސެލިންގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

ކައުންސެލިންގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

ކައުންސެލިންގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން

 

 

 

 

 

 

5610.00

 

 

 

 

 

 

2,000.00

އިތުރު އިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް:

  1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  3. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

ސުންގަޑި:

ޝަރުޠު ހަމަވާ ފަރާތްތަކުން 07 ޖަނަވަރީ 2016 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ތިރީގައި ބަޔާންކުރެވިފައިވާ ތަކެއްޗާއެކު މި ސްކޫލަށް ހުށަހެޅުއްވުން އެދެމެވެ.

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން:

  • އިންޓަރވިއު ކުރުމަށް ހަމަޖެހިފައިވަނީ  10 ޖަނަވަރީ 2016 އިން 14 ޖަނަވަރީ 2016 އާ ދެމެދު ޝަރަފުއްދީން ސްކޫލުގައެވެ.
  • މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރާއި، ތަޖުރިބާއަށާއި، މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު، ޝޯޓްލިސްޓް ކުރެވޭނެއެވެ. އަދި އިންޓަރވިއުކުރެވޭނީ ޝޯޓްލިސްޓް ކުރެވޭއިރު ހޮވޭ ފަރާތްތަކާއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު
  2. ލިބިފައިވާ ތަޢުލީމީ އަދި އެހެނިހެން ސެޓުފިކެޓުތަކުގެ އެކްރެޑިޓް ފޮޓޯކޮޕީތައް. (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ)
  3. ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ ސާބިތުކުރެވޭ، ވަޒީފާ އަދާކުރި އޮފީސްތަކުގެ ލިޔުންތައް
  4. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ފޯން ނަންބަރާއި އީމެއިލް އެޑްރެސް އެނގޭނެހެން)
  5. މުއްދަތު ހަމަނުވާ އައި. ޑީ. ކާޑުގެ ސާފު ފޮޓޯކޮޕީ
  6. ވަޒީފާގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ކޯހާއި ވާރކްޝޮޕްތަކުގެ ލިޔުންތަކުގެ ފޮޓޯކޮޕީ
  7. ސިވިލް ސަރވިސް އަށް ނުވަތަ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މި މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފެއް ވަޒީފާ އަދާކުރައްވާ އޮފީހުގެ ލިޔުމެއް

ނޯޓް: ތަޖުރިބާގެ މުއްދަތު ގުނާނީ ސީވީގައި ބަޔާންކޮށްފައިވާ ތަންތާނގައި ވަޒީފާ އަދާކޮށްފައިވާ ކަމުގެ ރަސްމީ ލިޔުމެއް ހުށަހެޅުމުންނެވެ.

އިތުރު މަޢުލޫމާތު:

1. މި ސްކޫލުގެ އިޢުލާން ނަންބަރު: 2015/28/A-ފGS43ފ(17 ޑިސެންބަރު 2015) އަށް ކުރިމަތިލައްވާފައިވާ ފަރާތްތަކުން އަލުން ކުރިމަތިލައްވަން ނުޖެހޭނެ ވާހަކަ ދަންނަވަމެވެ.

2. މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 6887030 އެވެ. ވަޒީފާއަށް އެދޭ ފޯމު މި ސްކޫލުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

20 ރަބީޢުލްއައްވަލް 1437

17 ޑިސެންބަރު 2015