ބީލަން
ނަންބަރު: (IUL)KRH/PLD/2026/39
ޕަބްލިޝްކުރި ތާރީޚް: 10 މޭ 2026
ޕަބްލިޝްކުރި ގަޑި: 14:22
ސުންގަޑި: 20 މޭ 2026 13:00
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ބޭނުންވާ ބިދޭސީ މުވައްޒަފުން ރެކްރޫޓްކުރުމާއި ވާރކް ޕާރމިޓް މެނޭޖްމަންޓުގެ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުން

މި އިޢުލާނަކީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ބޭނުންވާ ބިދޭސީ މުވައްޒަފުން ރެކްރޫޓްކުރުމާއި ވާރކް ޕާރމިޓް މެނޭޖްކުރުމުގެ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު: (IUL)KRH-PLD/2025/115 (19 ނޮވެންބަރ 2025) އިޢުލާން ބާޠިލް ކުރުމަށްފަހު މަސައްކަތުގެ ޓީ އޯ އާރ އަށް ބަދަލު ގެނައުމަށްފަހު އަލުން ކުރެވޭ އިޢުލާނެކެވެ.

ވީމާ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

ބީލަން ހުށަހަޅާ ފަރާތްތަކުން ސަމާލުކަން ދޭންވީ ކަންތައްތައް

  1. ޚިދުމަތް/ތަކެތި ފޯރުކޮށްދޭ ފަރާތަކީ ސަރުކާރުގެ ޤަވާއިދާ އެއްގޮތްވާގޮތުގެ މަތީން، ސަރުކާރުގެ ތަންތަނަށް މަސައްކަތް ކޮށްދިނުމަށް އެއްބާރުލުމަށް އެއްބަސްވާ ފަރާތެއް ކަމުގައިވާން ވާނެއެވެ.
  2. މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން ރެޖިސްޓްރޭޝަން ލިންކް https://forms.gle/35y2GUmpgwFyLQoG6    މެދުވެރިކޮށް 10 މޭ 2026 ވާ އާދީއްތަ ދުވަހުން ފެށިގެން 20 މޭ 2026 ވާ ބުދަ ދުވަހުގެ މެންދުރު  13:00ގެ ކުރިން ރަޖިސްޓްރޭޝަން ފޯމު ފުރިހަމަކުރެއްވުމަށް ދަންނަވަމެވެ.
  3. ފޯމު ފުރިހަމަ ކުރެއްވުމުން ކޮންފޮމޭޝަން މެސެޖް އީ-މެއިލްގެ ޒަރީއާއިން ލިބި ނުލައްވާނަމަ، ރަސްމީ ގަޑީގައި މި ހޮސްޕިޓަލުގެ ޕްރޮކިއުމަންޓް ނަންބަރު 6524029  / 6528180 އަށް ގުޅުއްވައި އެކަން އެންގުމަށްވެސް ދެންނެވީމެވެ.
  4. މި ބީލަމާއި ގުޅިގެން ކުރަންޖެހޭ މަސައްކަތުގެ ތަފްޞީލު، މި ބީލަމުގައި ރަޖިސްޓްރީ ވުމުން ފޮނުވޭ ކޮންފޮމޭޝަން މެސެޖާއި ރަޖިސްޓަރ ކުރައްވާ ފަރާތާއި ހިއްސާކުރެވޭނެއެވެ. އަދި އީ-މެއިލްގެ ޒަރީއާއިން މި މަޢުލޫމާތު ލިބި ނުލައްވާނަމަ ރަސްމީ ގަޑީގައި މި ހޮސްޕިޓަލަށް ގުޅުއްވައި އެކަން އެންގުމަށްވެސް ދެންނެވީމެވެ.
  5. މި އިޢުލާނާ ގުޅޭ އެއްވެސް މަޢުލޫމާތެއް ސާފުކުރަން ބޭނުންފުޅުވެލައްވާނަމަ، 10 މޭ 2026 ވާ އާދީއްތަ ދުވަހުން ފެށިގެން 21 މޭ 2026 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން ސަބްޖެކްޓުގައި އިޢުލާން ނަންބަރު ޖެއްސެވުމަށްފަހު،[email protected]  އަށް އީ-މެއިލް ފޮނުއްވުން އެދެމެވެ. އަދި އީ-މެއިލް ފޮނުވުމަށްފަހު މެއިލް ލިބުނުކަން ޔަޤީން ކުރެއްވުމަކީ ބީލަމުގައި ބައިވެރިވާން އެދޭ ފަރާތުގެ ޒިންމާއެކެވެ.
  6. ބީލަން ހުށަހެޅުމުގައި މި ބީލަމާއި ގުޅޭ އެންމެހާ މަޢުލޫމާތުތައް ރަނގަޅަށް ކިޔާ ދިރާސާކުރުމަށް ހަނދުމަފުޅުކޮށް އަރުވަމެވެ.
  7. ބީލަން ހުށަހަޅާއިރު ހުށަހަޅަންވާނީ ބީލަން ހުށަހެޅުމަށް އިރުޝާދު ދެވިފައިވާ ގޮތަށް ކަމުގައި ދަންނަވަމެވެ.
  8. ރަޖިސްޓްރީ ކުރައްވާފައި ނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ވެސް ދަންނަވަމެވެ.

 

ބީލަން ހުށަހެޅުން

  • ތަން: އަލިމަސް މާލަން (ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ މީޓިންގ ރޫމް)          
  • ތާރީޚް: 3 ޖޫން 2026 ވާ ބުދަ ދުވަސް
  • ގަޑި: 11:00 ގައި

 

10 މޭ 2026