ދެންނެވުން
ނަންބަރު: (IUL)23/1/2026/4
ޕަބްލިޝްކުރި ތާރީޚް: 10 މޭ 2026
ޕަބްލިޝްކުރި ގަޑި: 11:31
ސުންގަޑި: 14 މޭ 2026 13:00
މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ
ދިވެހިރާއްޖެ
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތްކުރާ ކައުންސިލްގެ މެންބަރުން ހޮވުމަށް އިޢުލާންކުރުން

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތްކުރާ ކައުންސިލަށް މެންބަރުން ހޮވުން: 

 

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތްކުރާ ކައުންސިލްގެ ހުސްވެފައިވާ މެމްބަރ (ޞިއްޙީ ދާއިރާގައި މަސައްކަތްކުރާ ޑޮކްޓަރުންގެ ތެރެއިން އެމީހުން އިންތިޚާބުކުރާ މެންބަރު) ކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް ކުރިމަތިލުމަށް ހުޅުވާލަމެވެ.  

 

ދާއިރާ

ޤާނޫނު ނަންބަރު 8/2010 ގެ 5 ވަނަ މާއްދާގެ (ހ) ގެ (3) ޞިއްޙީ ދާއިރާގައި މަސައްކަތްކުރާ ޑޮކްޓަރުންގެ ތެރެއިން އެމީހުން އިންތިޚާބުކުރާ މެންބަރު

ޝަރުޠުތައް

-          ދިވެހި ރައްޔިތަކަށްވުން.

-          މޯލްޑިވްސް މެޑިކަލް ކައުންސިލް ގަބޫލުކުރާ 3 (ތިނެއް) އަހަރަށްވުރެ ކުރު ނޫން އެމް.ޑީ/ އެމް.އެސް ނުވަތަ އެއާ އެއްފެންވަރެއްގެ ޑިގްރީއެއް މެޑިކަލް ސްޕެޝަލްޓީއަކުން ހާސިލްކުރުމަށްފަހު، މޯލްޑިވްސް މެޑިކަލް ކައުންސިލް ގަބޫލުކުރާ 2 (ދޭއް) އަހަރަށްވުރެ ކުރުނޫން ފެލޯޝިޕް ޕްރޮގްރާމެއް މެޑިކަލް ސަބް- ސްޕެޝަލްޓީއަކުން ހާސިލްކޮށްފައިވުމާއެކު، މޯލްޑިވްސް މެޑިކަލް ކައުންސިލްގައި ރަޖިސްޓަރީކޮށް ޕްރެކްޓިސްކުރުމުގެ ހުއްދަ ލިބިފައިވުން.

-          މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގައި ރަޖިސްޓަރީ ކޮށްފައިވުން.

-          ކުޑަކުއްޖަކަށް، ނުވަތަ ނުކުޅެދުންތެރިކަން ހުންނަ މީހަކަށް ، ނުވަތަ އުމުރުން ދުވަސްވީ މީހަކަށް ނުވަތަ ޚާއްޞަ ރައްކައުތެރިކަމާއި އެހީތެރިކަން ބޭނުންވާ ފަރާތަކަށް ޖިންސީ އަނިޔާއެއް، ނުވަތަ ޖިސްމާނީ އަނިޔާއެއް، ނުވަތަ ނަފްސާނީ އަނިޔާއެއް ކުރިކަން ނުވަތަ އިހުމާލުވެފައިވާ ނުވަތަ އެފަދަ ކަމެއްގައި ބައިވެރިވެފައިވާ ނުވަތަ ކުރަން އުޅެފައިވާ ކަމުގެ ތުހުމަތެއް ކުރެވިފައިވާ ކަމުގެ އެއްވެސް ރިކޯޑެއް، ކަމާ ގުޅުންހުރި އިދާރާއެއްގައި އޮތް ފަރާތެއް ކަމުގައި ނުވުން؛

-          އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް، ނުވަތަ ޓެކުން، ނުވަތަ މަކަރާއި ހީލަތް ހެދުން، ނުވަތަ ޚިޔާނާތުގެ ކުށެއް ކުރިކަން ސަރީޢަތަށް ސާބިތުވެފައިވާ ފަރާތެއް ކަމުގައި ނުވުން؛

-          ޖިނާއީ ބޮޑެތި ކުށްކަމުގައި ބެލެވޭ ކުށެށް ކުރިކަން ޝަރީޢަތަށް ޝާބިތުވެފައިވާ ފަރާތެއް ކަމުގައި ނުވުން.

ހުށަހަޅަންޖެހޭ ތަކެތި

  1. ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތްކުރާ ކައުންސިލްގެ އިންތިޚާބަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ސިޓީ.
  1. ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރިޑިޓްކޮށްފައިވާ، އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތެއްގެ ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ ލިއުމެއް)
  2. މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގައި ރަޖިސްޓްކޮށްފައިވާ ލިޔުން
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު.
  4. ކުރިމަތިލާ ފަރާތުގެ ވަނަވަރު.

 

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2026 މެއި 14 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ހުށައަޅަންޖެހޭ ތަކެތި [email protected]  އަށް އީމެއިލް ކުރެއްވުން އެދެމެވެ.  އިތުރު މައުލޫމާތު ހޯދުމަށް 3027522 ގުޅުއްވުން އެދެމެވެ.

10 މޭ 2026