ދިވެހިރާއްޖެ
ކ.ކާށިދޫ މެޖިސްޓްރޭޓް ކޯޓުގެ، އިދާރީ ބައިގައި 02 ފޮތްހަރު ޖެހުމަށް ބޭނުން ވެއެވެ.
ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވަން ޝައުގުވެރިވާ ފަރާތްތަކުން 2026 މެއި 17 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ. މި މައްސަކަތާއި ގުޅޭ މަޢުލޫމާތު ޝީޓް، މިއިއުލާނާއި އެއްކަރުދާސް ކުރެވިފައިވާނެއެވެ.
ނޯޓް: މިއިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކޮށް ކޯޓޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. އަދި ކޯޓޭޝަން ހުށަހެޅުމަށް ޙާޟިރުވާއިރު ނުވަތަ އީމެއިލް ([email protected]) ކުރައްވާއިރު އެބޭފުޅެއް ތަމްޞީލު ކުރައްވަނީ ކޮން ކުންފުންޏެއްކަން އެނގޭނެ ރަސްމީލިޔުމެއް (ރަޖިސްޓްރީ ކޮޕީ) ނުވަތަ ކޮންޕަނީގެ ޕޮރޮފައިލް ޝީޓް ހުށަހަޅަން ވާނެއެވެ. އަދި ބަދަލުގައި މީހަކު ފޮނުވާނަމަ ބަދަލު ހަމަޖެއްސިކަން އަންގައިދޭ ސިޓީއެއް ގެންނަން ވާނެއެވެ.