ކުއްޔަށް ހިފުން
ނަންބަރު: (IUL)BAH-AHR/F15-HP/2015/1
ޕަބްލިޝްކުރި ތާރީޚް: 30 ޑިސެންބަރު 2015
ޕަބްލިޝްކުރި ގަޑި: 11:24
ސުންގަޑި: 14 ޖަނަވަރީ 2016 13:00
ބ.އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
އިމާރާތެއް ކުއްޔަށް ހިފުމާ ބެހޭ

އިޢުލާން

އިމާރާތެއް ކުއްޔަށް ހިފުމާ ބެހޭ

ބ. ފެހެންދޫ ޞިއްޙީ މަރުކަޒު ހިންގުމަށް (2 ކޮޓަރި، ސިޓިންގ ރޫމް، ފާޚާނާ ހިމެނޭ) އިމާރާތެއް 1 އަހަރުދުވަހުގެ މުއްދަތަށް ކުއްޔަށް ހިފުމަށް ބޭނުންވެއްޖެއެވެ.

ވީމާ، އިމާރާތް ކުއްޔަށް ދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 14 ޖަނަވަރީ 2016 ވާ ބުރާސްފަތި ދުވަހު 13:00 އަށް ބ.އަތޮޅު ހޮސްޕިޓަލަށް ނުވަތަ ފެހެންދޫ ޞިއްޙީ މަރުކަޒަށް ގެ ކުއްޔަށްދެވޭނެ އަގު ބަޔާންކޮށް ސިޓީއަކުން ހުށަހެޅުއްވުން އެދެމެވެ.

  • އަގަށް ޕޮއިންޓް ދޭނެގޮތް:

އެންމެ ކުޑަ އަގު ހުށަހަޅާފައިވާ ފަރާތަކަށް ލިބޭނީ 80 ޕޮއިންޓެވެ. (މިގޮތުން ޕޮއިންޓް ދެވޭނީ އެންމެ ކުޑަ އަގެއް ހުށަހަޅާ ފަރާތަކަށް އެންމެ މަތީ ޕޮއިންޓް ދިނުމަށްފަހު، އެއަށްފަހު ޕޮއިންޓް ދެވޭނީ ރޭޝިއޯ އިންނެވެ.

  • ގޭގެ ފެންވަރަށް ޕޮއިންޓް ދޭނެގޮތް:

އެންމެ ރަގަނޅު ފެންވަރުގެ ގެއެއް ހުށަހަޅާފައިވާ ފަރާތަކަށް ލިބޭނީ 20 ޕޮއިންޓް އެވެ. (މިގޮތުން ޕޮއިންޓް ދެވޭނީ ގެ އިމާރާތްކޮށްފައިހުރި ފެންވަރާއި ގޭގެ ތަނަވަސްކަމަށް ބަލައި އެންމެ މަތީ ޕޮއިންޓް ދިނުމަށްފަހު، އެއަށްފަހު ޕޮއިންޓް ދެވޭނީ ރޭޝިއޯ އިންނެވެ.

19 ރަބީޢުލްއައްވަލް 1437

30 ޑިސެންބަރު 2015