ކުއްޔަށް ހިފުން
                	
                ނަންބަރު: Gs-163/2015/10
                    ޕަބްލިޝްކުރި ތާރީޚް: 30 ޑިސެންބަރު 2015
                    ޕަބްލިޝްކުރި ގަޑި:  11:14
                                            ސުންގަޑި: 
                            05 ޖަނަވަރީ 2016 11:30
                        
                    
                ނާލާފުށީ ސްކޫލް
ދިވެހިރާއްޖެ
            ދިވެހިރާއްޖެ
2016 ވަނަ އަހަރަށް ސްކޫލު ފެރީއެއް ހޯދުމާ ބެހޭ
                                އިޢުލާން
2016 ވަނަ އަހަރަށް ސުކޫލު ފެރީއެއް ހޯދުމާ ބެހޭ
ހިނގަމުން މިދާ 2015 ވަނަ އަހަރެކޭވެސް އެއްފަދައިން ކުރިއަށް އޮތް 2016 ވަނަ އަހަރުވެސް މ.ނާލާފުށީ ދަރިވަރުން މ.މުއްޔަށް ކިޔަވަން ދިއުމަށްޓަކައި ފެރީއެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މި ކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 5 ޖަނަވަރީ 2016 ވާ އަންގާރަ ދުވަހުގެ 11:30 އަށް ސުކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 7 ޖަނަވަރީ 2016 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މައުލޫމާތު ސާފުކުރަން ހާޒިރުވެ ނުލައްވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
އަންދާސީހިސާބު ހުށަހަޅުއްވާއިރު ތިރީގައިވާ ޝަރުޠަށް ފުރިހަމަވާ އުޅަނދެއް ހުށަހެޅުމަށް ސަމާލުކަން ދެއްވަންވާނެއެވެ.
- ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ހުއްދަ ދެއްވާފައިވާ ސަލާމަތީ ސެޓްފިކެޓް އޮތް އުޅަނދަކަށް ވުން.
- ކިޔަވާކުދިން އުފުލަން އެކަށީގެންވާ ގޮތަށް ތައްޔާރުކުރެވިފައިވާ އުޅަނދެއްކަމުގައި ވުން.
- ފާޚާނާގެ ނިޒާމު ގާއިމު ކުރެވިފައިވާ އުޅަނދެއްކަމުގައި ވުން.
- ދަތުރުކުރާ ވަގުތުތަކުގައި މުވާސަލާތީ ނިޒާމު ހަމަޖެހިފައި ވުން.
                30 ޑިސެންބަރު 2015