ކުއްޔަށް ހިފުން
ނަންބަރު: FNK-K(T)/FNK/IUL/2015/127
ޕަބްލިޝްކުރި ތާރީޚް: 04 ޖަނަވަރީ 2016
ޕަބްލިޝްކުރި ގަޑި: 11:10
ސުންގަޑި: 11 ޖަނަވަރީ 2016 11:00
ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ގުދަނެއް ހޯދުމާ ގުޅޭ

އިޢުލާން

ގުދަނެއް ހޯދުމާ ގުޅޭ:

މި ކުންފުނީގެ ހެޑް އޮފީސް (ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) ޢިމާރާތާއި ކައިރި ސަރަޙައްދަކުން 1300 އަކަފޫޓަށްވުރެ ކުޑަނޫން ގުދަނެއް ކުއްޔަށް ހިފަން ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވަޑައިގަންނަވާ ފަރާތްތަކުން 11 ޖަނަވަރީ 2016 ވާ ހޯމަ ދުވަހުގެ 11:00 އަށް މި ކުންފުނީގެ ހެޑް އޮފީސް (ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 18 ޖަނަވަރީ 2016 ވާ ހޯމަ ދުވަހުގެ 12:00 ގައި އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވާލީމެވެ.

24 ރަބީޢުލްއައްވަލް 1436  

04 ޖަނަވަރީ 2016