ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މަޤާމް: އެޑްމިނިސްޓްރޭޓިވް އޮފިސަރ
ބޭނުންވާ އަދަދު: 1 (އެކެއް)
މަޤާމުގެ ރޭންކް: ޖީ. އެސް. 3
މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 2
މުސާރަ: -/4،465 ރުފިޔާ
ސަރވިސް އެލަވަންސް: -/1،500 ރުފިޔާ
ވަޒީފާ އޮތް އޮފީސް: މާމެންދޫ ސްކޫލް
މަޤާމުގެ ގިންތި: ދާއިމީ
ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: މާމެންދޫ ސްކޫލް އޮފީސް
ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
1- ދުވަހު ޔައުމިއްޔާއާއި، ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުން.
2- އެކިއެކި ގޮތްގޮތުން ސްކޫލަށް ލިބޭ ސިޓީ، މެސެޖްގެ އެންޓްރީ ބެލެހެއްޓުމާއި، އެތަކެތި ސެކްޝަންތަކާއި ހަވާލުކުރުމާއި، ފޮނުވަންޖެހޭ ސިޓީ މެސެޖް ފަދަ ތަކެތި ފޮނުވުމާބެހޭ ކަންތައްތައް ކުރުން.
3- އޮފީހުގެ އިދާރީ ލޔެކިޔުންތައް ބެލެހެއްޓުން.
4- ސަރުކާރުން ބާއްވާ އިމްތިޙާނުތަކާ ގުޅިގެން ފުރިހަމަކޮށް ފޮނުވަންޖެހޭ ލިޔެކިޔުންތައް ތައްޔާރުކޮށް ފޮނުވުން.
5- އިދާރީގޮތުން އެކިއެކި ފަރާތްތަކަށް އަންގަންޖެހޭ އެންގުންތައް އެންގުން.
6- މުވައްޒަފުންގެ ހާޒިރީ ބެލެހެއްޓުމާއި، ރިޕޯޓް ތައްޔާރުކުރުން.
މަޤާމުގެ ޝަރުޠު:
1. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިންތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:
1. ލިބިފައިވާ ތަޢުލީމާއި ތަމްރީނު.
2. ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ، މަސައްކަތުގެ ހުނަރާއި، ޤާބިލްކަމާއި، ފެންވަރަށް.
3- ރަނގަޅު ޞިއްޙަތެއްގައިހުރި ސާފުތާހިރުކަމަށް ލޯބިކުރާ މީހަކަށްވުން.
4- ގިނަވަގުތު މަސައްކަތުގައި އުޅެވޭ ވަގުތަށް ފަރުވާތެރި މީހަކަށްވުން.
އިންޓަވިއު ކުރުން:
ހ. 12 ޖަނަވަރީ 2016 ގައި އިންޓަވިއު ކުރެވޭނެއެވެ. އިންޓަވިއު އޮންނާނީ، މާމެންދޫ ސްކޫލުގައެވެ. ހަމަޖެހިފައިވާ ތާރީޚަށް ބަދަލެއް އަތުވެއްޖެނަމަ، ޝަރުޠު ހަމަވި ފަރާތްތަކަށް އެކަން އަންގަމުންދާނެއެވެ.
ށ. އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް:
ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު، http://www.csc.gov.mv/category/forms އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
ށ- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)
ރ- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
ބ- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.
ޅ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:
- ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، މާމެންދޫ ސްކޫލުގެ އިދާރާއަށް.
- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2016 ޖަނަވަރީ 10 ވާ އާދީއްތަ ދުވަހުގެ 12:00 އެވެ.
ނޯޓް
- މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.
- މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މާމެންދޫ ސްކޫލުގެ 6800549 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.
19 ރަބީޢުލްއައްޥަލް 1437