ދިވެހިރާއްޖެ
އިޢުލާން
ޕްރޮޕޯސަލް ހުށަހެޅުއްވުމުގެ ދަޢުވަތު
މި ކުންފުނީގެ ބޭނުންތަކަށް ތިރީގައި މިދަންނަވާ ސޮފްޓްވެއަރ ގަންނަން ބޭނުންވެގެން ކުރެވުނު (IUL) PSM-FP/PSM/2015/184 ނަންބަރު އިޢުލާނާ ގުޅިގެން މަޢުލޫމާތު ދިނުމަށްފަހު ޕްރޮޕޯސަލް ހުށަހެޅުމުގެ މަރުޙަލާގައި އެކަށީގެންވާ ތަރުޙީބެއް ލިބިފައި ނުވުމުގެ ސަބަބުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު 2 ވަނަ ފަހަރަށް ހުޅުވާލަމެވެ.
* ކުއިކް ބޫކް އެންޓަރޕްރައިޒް އެޑިޝަން ވިތު ފައިވް ލައިސަންސް
ވީމާ، މިކުންފުނިން ދޭ މަޢުލޫމާތު ސްޕެސިފިކޭޝަނާ އެއްގޮތަށް މި ތަކެތި ވިއްކުމަށް ޝައުޤްވެރިވެވަޑައިގަންނަވާ ފަރާތްތަކުން 6 ޖަނަވަރީ 2015 ވާ ބުދަ ދުވަހުގެ11:00 އަށް ޕީ.އެސް.އެމް ގެ ހެޑްއޮފީސް (ރޭޑިއޯބިލްޑިންގ) އަށް ހާޒިރުވެވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 11 ޖަނަވަރީ 2015 ވާ ހޯމަ ދުވަހުގެ 11:00 އަށް ޕީއެސްއެމް ހެޑްއޮފީސް (ރޭޑިއޯބިލްޑިންގ) އަށް ހާޒިރުވެވަޑައިގެން ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.
ޕްރޮޕޯސަލް ހުށަހަޅުއްވާއިރު މިކަމަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ދޫކުރާ މަޢުލޫމާތު ކަރުދާހުގައިވާ ހުރިހާ މަޢުލޫމާތެއް ފުރިހަމަކުރައްވައި ހުށަހެޅުއްވުމަށް ދަންނަވަމެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޒިރުވެވަޑައިނުގަންނަވާ ފަރާތްތަކުގެ ޕްރޮޕޯސަލް ބަލައެއްނުގަނެވޭނެއެވެ.
20 ރަބީޢުލްއައްވަލް 1437