ދިވެހިރާއްޖެ
އިޢުލާން
ނޭޝަނަލް ސިންގަލް ވިންޑޯ "ޓްރޭޑިއަން" އިން ދެމުން ގެންދާ ޚިދުމަތްތަކުގެ ތެރެޔަށް، ވެސަލް ޑިކްލެރޭޝަން، ފަޔަރވޯކްސްއިމްޕޯޓް ޕާރމިޓް އަދި ފްލެއަރ އިމްޕޯޓް ޕާރމިޓް ގެ ޚިދުމަތް އިތުރުކުރުން.
ސަރުކާރުގެ ޑިޖިޓަލައިޒޭޝަން ތަސައްވުރާ އެއްގޮތްވާ ގޮތުގެ މަތިން، އިމްޕޯޓް އަދި އެކްސްޕޯޓް އާ ގުޅުންހުރި، ބޯޑަރުގައި ޙަރަކާތްތެރިވާ ސަރުކާރުގެ އިދާރާތަކުން ފޯރުކޮށްދެމުން ގެންދާ ޚިދުމަތްތައް، އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދިނުމަށްޓަކައި، "ޓްރޭޑިއަން" ޕްލެޓްފޯމްގެ ފޭސް އެކެއްގައި ހިމެނޭ ޚިދުމަތްތައް، އިޢުލާން ނަންބަރު (IUL)101-BFS/1/2025/21 ގައި ކަނޑައަޅާފައިވާ ފަދައިން، 20 އޭޕްރިލް 2025 އިން ފެށިގެން ރަސްމީކޮށް ބޭނުންކުރަން ވަނީ ފަށާފައެވެ.
ޓްރޭޑިއަން ޕްލެޓްފޯމް އިން ދެމުންގެންދާ ޚިދުމަތްތައް އިތުރަށް ފުޅާކުރުމަށް ކުރެވެމުންދާ މަސައްކަތުގެ ތެރެއިން، ޕްލެޓްފޯރމް މެދުވެރިކޮށް ފޯރުކޮށްދެމުން އަންނަ ޚިދުމަތްތަކުގެ ތެރެއަށް، ވެސަލް ޑިކްލެރޭޝަން، ފަޔަރވޯކްސް އިމްޕޯޓް ޕާރމިޓް އަދި ފްލެއަރ އިމްޕޯޓް ޕާރމިޓް ޚިދުމަތް 10 މެއި 2026 އިން ފެށިގެން އިތުރު ކުރެވިގެންދާނެ ވާހަކަ ދަންނަވަމެވެ.
އަދި މި ޚިދުމަތްތަކަކީ ޓްރޭޑިއަން ޕްލެޓްފޯމަށް އަލަށް ތަޢާރަފު ކުރެވޭ ޚިދުމަތްތަކަކަށް ވުމާއިއެކު، ޚިދުމަތް ހޯދާ ފަރާތްތަކަށް ޕްލެޓްފޯރމް މެދުވެރިކޮށް ޚިދުމަތްތަކައް އެދުމަށް، އަދި އަހުލުވެރިވުމަށް ފުރުޞަތު ދިނުމުގެ ގޮތުން، ޓްރޭޑިއަން ޕްލެޓްފޯރމް ގެ އިތުރުން މިހާރުވެސް އޮންނަ އުސޫލުން، 10 ޖޫން 2026 ހާއި ހަމަޔަށް، ޚިދުމަތަކަށް އެދުމުގެ ފުރުސަތު އޮންނާނެ ވަހާކަވެސް ދަންނަވަމެވެ. ނަމަވެސް، 11 ޖޫން 2026 އިން ފެށިގެން މި ޚިދުމަތްތަކަށް އެދެވޭނީ، ހަމައެކަނި "ޓްރޭޑިއަން" ޕްލެޓްފޯމް މެދުވެރިކޮށް ކަމަށް އާންމުކޮށް އަންގައި އިޢުލާން ކުރަމެވެ.
ޓްރޭޑިއަން ޕްލެޓްފޯމް އަށް އިތުރު ކުރެވުނު ޚިދުމަތްތައް
|
ޚިދުމަތް ފޯރުކޮށްދޭ ސަރުކާރުގެ އިދާރާ |
ޚިދުމަތްތައް |
# |
|
- މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނެޝަނަލް ސަރވިސް |
ފަޔަރވޯކްސް އިމްޕޯޓް ޕަރމިޓް ހުށަހެޅުން |
1 |
|
- މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނެޝަނަލް ސަރވިސް |
ފްލެއަރ އިމްޕޯޓް ޕަރމިޓް ހުށަހެޅުން |
2 |
|
- މޯލްޑިވްސް ކަސްޓަމްސް ސަރވިސް - މޯލްޑިވްސް ޕޯޓްސް ލިމިޓެޑް - މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނެޝަނަލް ސަރވިސް - ޕޯރޓް ހެލްތް - މޯލްޑިވްސް އިމިގްރޭޝަން - މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯރޓް އެންޑް ޓްރޭޑް |
ވެސަލް ޑިކްލެރޭޝަން |
3 |
ވީމާ، މި އިޢުލާނުގައި ބަޔާންކޮށްފައިވާ ފަދައިން، އިމްޕޯޓް އަދި އެކްސްޕޯޓް އާ ގުޅޭ ޚިދުމަތްތައް ހޯއްދެވުމުގައި، ޓްރޭޑިއަން ޕްލެޓްފޯމް ބޭނުންކުރައްވަމުން ގެންދެވުމަށް ދެންނެވީމެވެ.
މި ބަދަލާ ގުޅިގެން އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން، ޓްރޭޑިއަންގެ ސަޕޯޓް 3334001 އަށް ގުޅުއްވުން، ނުވަތަ [email protected] އީމެއިލް ކުރެއްވުން އެދެމެވެ.
މި އިޢުލާނަކީ، ޓްރޭޑިއަން ޕްލެޓްފޯމްގައި ޝާމިލްވާ ތިރީގައި ބަޔާންކުރެވިފައިވާ އިދާރާތައް ގުޅިގެން ކުރެވިފައިވާ އިޢުލާނެކެވެ.
1- މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯރޓް އެންޑް ޓްރޭޑް
2- މޯލްޑިވްސް އިނޮވޭޝަން އެންޑް ޑިޖިޓަލް ކޮމްޕެނީ (ޓްރޭޑިއަން ޕްލެޓްފޯމް އޮޕަރޭޓަރ)
3- މޯލްޑިވްސް ކަސްޓަމްސް ސަރވިސް
4- ޕޯރޓް ހެލްތް
5- މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނެޝަނަލް ސަރވިސް
6- މޯލްޑިވްސް އިމިގްރޭޝަން