ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)266-MS/266/2026/88
ޕަބްލިޝްކުރި ތާރީޚް: 06 މޭ 2026
ޕަބްލިޝްކުރި ގަޑި: 13:24
ސުންގަޑި:
06 މޭ 2026 14:00
ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކުޅުދުއްފުށި ސިޓީގައި އާދަޔާ ޚިލާފަށް ޑެންގޫ ހުން އިތުރުވަމުންދާތީ މީހުން ދިރިއުޅޭ ގޭގޭގައި މަދިރި އުފެދި އާލާވާފަދަ ތަންތަން ޗެކްކުރުމާއި ގުޅޭ
ކުޅުދުއްފުށި ސިޓީގައި އާދަޔާ ޚިލާފަށް ޑެންގޫ ހުން އިތުރުވަމުންދާތީ، ކުޅުދުއްފުށީގައި އެކުލަވާލާފައިވާ ޑެންގޫ ޓާސްކްފޯސްގެ ފަރާތުން، މީހުން ދިރިއުޅޭ ގޭގޭގައި މަދިރި އުފެދި އާލާވާފަދަ ތަންތަން ހުރިތޯ ބެލުމަށްޓަކައި ޒިޔާރަތްކުރުމަށްވަނީ ހަމަޖެހިފައެވެ. އެގޮތުން މި ޒިޔާރާތްކުރުން އޮންނާނީ 9، 10 އަދި 11 މެއި 2026 ވަނަ ދުވަހުގެ ހެނދުނު 8 ން ހަވީރު 6 އާއި ދެމެދުއެވެ. ޑެންގޫ ފެތުރެމުންދާ މިދަނޑިވަޅުގައި ހުރިހާ ރައްޔިތުންވެސް، އެފަރާތްތަކުން ދިރިއުޅެމުންދާ ގެތަކުގަޔާއި، އެފަރާތްތަކަށް ދޫކުރެވިފައިވާ ގޯތިތަކުގައި މަދިރި އުފެދޭގޮތަށް ހުރި ތަންތަން ނައްތާލައި، ސާފުތާހިރުކޮށް ބޭއްވުމަށް އިލްތިމާސްކުރަމެވެ.
މިފަދަ ހުރިހާ ކަމެއްގައި ތިޔަ ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުން ފާހަގަކޮށް މިފުރުސަތުގައި ނިހާޔަތަށް ޝުކުރު ދަންނަވަމެވެ.
06 މޭ 2026